Advertisement
header ad
XeeTimesXeeTimes
އުރީދޫގެ ކަސްޓަމަރ ޑޭ ތަފާތު، ސޯޝަލް މީޑިއާގައި ޖަވާބު ދެއްވީ ސީސީއޯ ނިޔާޒު! ވިޔަފާރި

އުރީދޫގެ ކަސްޓަމަރ ޑޭ ތަފާތު، ސޯޝަލް މީޑިއާގައި ޖަވާބު ދެއްވީ ސީސީއޯ ނިޔާޒު!

ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސްތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފައެވެ. އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ މައުލޫމާތުތައް ވަނީ ހޯދާފައެވެ.\

މި ހަރަކާތުގެ ސަބަބުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމަށް ވަނީ މަގުފަހިވެފައެވެ.

" އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެއް. އުރީދޫއިން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އެނގުމަށް އެހީތެރިވެދޭ ކަމެއް. މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އަދި މެނޭޖްމަންޓް ގެ އިތުރުން މުވައްޒަފުން ވަނީ ބައިވެރިވެފައި". އުރީދޫއިން މައުލޫމާތު ދިނެވެ.

ކަސްޓަމަރ ޑޭގެ ހަރަކާތަކީ އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމެކެވެ.  މި އަހަރުގެ އުރީދޫގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް" އެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —