Advertisement
header ad
XeeTimesXeeTimes
އުރީދޫ ފަން ރަންއަށް އިމާރާތް ދިއްލާލި ވީޑިއޯ ހިއްސާކޮށްގެން ޚާއްސަ އިނާމެއް! ވިޔަފާރި

އުރީދޫ ފަން ރަންއަށް އިމާރާތް ދިއްލާލި ވީޑިއޯ ހިއްސާކޮށްގެން ޚާއްސަ އިނާމެއް!

އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިންގ ކޮންމެ ރެއަކުވެސް ދަނީ ދިއްލަމުންނެވެ. އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދާ އުރީދޫ ފަންރަން ޑިސެމްބަރ 19 ގައި ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަން ރަންގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އުރީދޫ މޯލްޑިވްސްގެ މި ހަރަކާތް އިތުރަށް ހާއްސަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ 'ފަން ރަން ބިލްޑިން' ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފަ އެވެ. އަދި ވީޑީއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބައިވެރިވުމަށް:

Article - in content
Advertisement
  1. އުރީދޫ ފަން ރަންއަށް ހާއްސަކޮށް އުރީދޫ ބިލްޑިންގ ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގާލާ
  2. އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށްލާ
  3. އުރީދޫ މޯލްޑިވްސް ޓެގްކޮށް އަދި އުރީދޫ ފަންރަން ހޭޝްޓެގް ބޭނުންކޮށްލާ

ooredoomaldives #OoredooFunRun#

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ 2025ގެ ނިޔަލަށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —