Advertisement
header ad
XeeTimesXeeTimes
ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ ދަށުދަރަޖައިގެ ކަމެއް ނޫން- ހުކުރު ޚުޠުބާ ދީން

ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ ދަށުދަރަޖައިގެ ކަމެއް ނޫން- ހުކުރު ޚުޠުބާ

އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީނެވެ. މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވާލާ ދީނެވެ. އިންސާނުން ދިރިއުޅުމަށްޓަކައި ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެކެވެ. އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެވެސް އެއްބަޔަކު ކުރަންޖެހޭ ކަމެކެވެ.

މަސައްކަތްކުރުމަށް ގޮވާލާ މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. " ފަހެ ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އެބަހީ ހަޔާތުގެ މައިދާނަށް ނުކުންނާށެވެ) އަދި ތިޔަބައިމީހުން ﷲ ގެ ފަޟްލު ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ. އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ".

އިސްލާމް ދީނުގައި ހުއްދަ ކުރައްވައިފައިވަނީ ހަލާލު ގޮތުގައި އާމްދަނީ ހޯދުމެވެ. ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ ހަރާމްކުރައްވައިފައެވެ.

Article - in content
Advertisement

އިސްލާމްދީނުގައި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހެއެވެ. އެފަދަ ބަޔަކަށް ވެވޭނީ އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެންނެވެ. ﷲ ތަޢާލާ ވަނީ ދުނިޔޭގެ ބިމާއި އެ ބިމުގައި އުފެދޭ ގަސްގަހާގެއްސާއި ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި އެހެނިހެން ތަކެތި އިންސާނާއަށްޓަކައި ޚިދުމަތްތެރި ކުރައްވައިފައެވެ.

ދަނޑުގޮވާންކުރުމާއި މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ ދަށުދަރަޖައިގެ ކަމެއް ނޫނެވެ. މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީންނެވެ. އެ ބޭބޭކަލުން ވެސް މަސައްކަތްކުރެއްވިއެވެ.

މާތް ﷲ ރޭގަނޑު އަނދިރިކުރައްވައި ދުވާލު އަލިކުރައްވައިފައިވަނީ ހިކުމަތަކަށްޓަކައެވެ. ރޭގަނޑުގެ ވަގުތު ލައްވައިފައިވަނީ އަރާމުކުރުމަށާއި ނިވަލެއްކަމުގައެވެ. އަދި ދުވާލު ލައްވައިފައިވަނީ ދިރިއުޅުމަށްޓަކައި މަސައްކަތްކުރާން އޮތް ވަގުތެއްކަމުގައެވެ.

އިސްލާމް ދީނަކީ އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި މަސައްކަތްކުރާން އަންގަވާ ދީނެވެ. މިކަމުގައި މުސްލިމުން ލަދުވެތިވެގެން ނުވާނެއެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —