Advertisement
header ad
XeeTimesXeeTimes
އުރީދޫ ފަން ރަންގެ ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯއެއް، ސަޅި އިނާމުތަކެެއް ލިބޭނެ! ވިޔަފާރި

އުރީދޫ ފަން ރަންގެ ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯއެއް، ސަޅި އިނާމުތަކެެއް ލިބޭނެ!

އުރީދޫ ފަން ރަންގެ ބައިވެރިންނަށް އުރީދޫ މޯލްޑިވްސް އިން ފަން ރަން ދުވަހު ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އުރީދޫ ފަން ރަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް

އޮޓަމެޓިކުން މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ނަސީބުވެރި ތިން މީހަކަށް ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރު ކުރާ ފްލައިޓް ޓިކެޓް، ފިޓްސް އެއާރގެ ފަރާތުން ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް

Article - in content
Advertisement

ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓްގެ އިތުރުންވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ.

މި ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގައެވެ.

އުރީދޫ ފަން ރަން އަކީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —