Advertisement
header ad
XeeTimesXeeTimes
ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމަށް ޚާއްސަ ޕްރޮމޯޝަނެއް! ވިޔަފާރި

ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމަށް ޚާއްސަ ޕްރޮމޯޝަނެއް!

މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި ވަނީ "ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާހުކޮށްފައެވެ. މި ޕްރޮމޯ ފައްޓަވައިދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޖަމްޝީދު އެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ފެބުރުއަރީ 15 އިން 31 މާރިޗް 2026ގެ ނިޔަލަށެވެ.

މިޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމެވެ. މި ޕްރޮމޯގެ ދަށުން ގަންނަ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 10 ޕަސެންޓުގެ ބުކިންފީއެއް 31 މާރިޗް ނުވަތަ އެދުވަހުގެ ކުރިން ދައްކާ އިންޖީނުގެ އޯޑަރ ޔަގީންކުރަންވާނެއެވެ.

އެމްޓީސީސީއަކީ މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ ކޯ ސްޕޮންސަރެކެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އައު މެރިން އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.  

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —