Advertisement
header ad
XeeTimesXeeTimes
މެޑިކަލް ޑޮލަރަށް އެދި ހުށަހެޅުމަށް ފަސޭހަ އިންތިޒާމެއް ބީއެމްއެލްއިން ހަމަޖައްސައިފި ވިޔަފާރި

މެޑިކަލް ޑޮލަރަށް އެދި ހުށަހެޅުމަށް ފަސޭހަ އިންތިޒާމެއް ބީއެމްއެލްއިން ހަމަޖައްސައިފި

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު  ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް މި ޚިދުމަތަށް ފަސޭހަމަކާއެކު ހުށަހެޅޭނެއެވެ. އަދި ޑޮލަރު ގަތުމަށް އެދިހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕްއިން ބަލައިލެވޭނެއެވެ.

އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކައެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ.

Article - in content
Advertisement

ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ. ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް އެކައުންޓް ހުޅުވައިލެވޭނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —