Advertisement
header ad
XeeTimesXeeTimes
އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހްކޮށްފި ވިޔަފާރި

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހްކޮށްފި

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތަރައްގީއަށް ފައިނޭންސިންގ ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމްގައި މިއަދު އިފްތިތާހްކޮށްފިއެވެ. މި ކެމްޕެއިން އިފްތިތާހްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އެވެ.

" އެސްއެމްއީ 360 ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެސްއެމްއީ ޑިޖިޓަލްގެ އަދާ ކުރާ ދައުރަށް ހޭލުންތެރިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކެމްޕެއިނެއް. މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލްއާއި ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދުގައި ކުދި ވިޔަފާރީގެ ދައުރު ފުޅާކޮށް ބާރުވެރިކުރަން އެހީތެރިވެދޭނެ". 

އާއްމުން ޝައުގުވެރިވާ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ސަރަހައްދުތަކަށް ދަތުރުކޮށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރާވާފައިއެވެ. މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުދި ވިޔަފާރިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިއެވެ.

Article - in content
Advertisement

ކެމްޕެއިން ތައާރަފްކުރުމާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "އެސްއެމްއީ 360 އަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްތާކުން ހުރިހާ ހިދުމަތެއް ދެވޭނެ ބްރޭންޑެއް ބިނާކުރުމަށް ގެންގުޅޭ ތަސައްވުރުގެ ރަމްޒެއް. މި ކެމްޕެއިން ރާއްޖޭގެ ވިޔަފާރީގެ މައި ހަބެއްކަމުގައިވާ އައްޑޫ ސިޓީގައި ތައާރަފް ކުރެވުން މިއީ ލިބުނު ވަރަށް ބޮޑު ފަހުރެއް، މިހާތަނަށް އެސްއެމްއީ ޑިޖިޓަލް އިން އައްޑޫ ސިޓީގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައި. އުއްމީދަކީ ކެމްޕެއިންގެ ޒަރީޔާއިން، ކުދި ވިޔަފާރިތަކާއި އެސްއެމްއީ ޑިޖިޓަލްގެ ގުޅުން ބަދަހިވެ ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގެ ބައިވެރިއަކަށްވުން" ކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —