June 8, 2026 11:54
Advertisement

-Advertisement-

ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި، މިއީ ލިބުނު ކުރިއެރުމެއް

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ މާލީ ހަރުދަަނާކަމާއި، މާކެޓުގައި އޮތް އިސް މަގާމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗް ރޭޓިންގްސް އިން ބީއެމްއެލްއަށް ކްރެޑިޓް ރޭޓިންގްއެއް ދީފިއެވެ.
" ފިޗުން ބީ.އެމް.އެލްގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް ކަނޑައަޅާފައިވަނީ 'ސީސީސީ-' ގައި. އަދި ބޭންކުގެ އައުޓްލުކް ވަނީ 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގައި. މީގެ އިތުރުން، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ+' ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެއް. މިއިން ދޭހަވަނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަކަން." ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ. 
މި ރޭޓިންގް ދީފައިވަނީ، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިންގް މަތިކުރުމުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިންމު ދައުރެއް އަދާކުރިއެވެ.
" ރާއްޖެއަށް ބަލާއިރު، މި ރޭޓިންގްތަކުން ދޭހަވަނީ ސަރުކާރުން އަޅަމުންދާ އިގުތިސާދީ ފިޔަވަޅުތަކާއި މާލީ ނިޒާމަށް ގެންނަ ހަރުދަނާ ބަދަލުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގަންނަމުންދާކަން. ފިޗުން ވަނީ ދިވެހި ބޭންކިންގް ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ހިއްސާއާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ޚިދުމަތްތަކާއި، ވާދަވެރި މާކެޓެއްގައި އޮތް ވަރުގަދަ މަގާމު ފާހަގަކޮށްފައި.  ބޭންކަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ ނެޓްވޯކަކާއި ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް މެދުނުކެނޑި ޚިދުމަތް ދެމުންދާ ބޭންކެއް". 
ބީ.އެމް.އެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗްގެ މި ވަޒަންކުރުމަކީ ބޭންކުގެ މާކެޓް ލީޑަރޝިޕާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާތަކާއި، ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކުވެސް ކުރިއަށްދިއުމުގެ ގާބިލުކަން ބަލައިގަތުމެވެ.
އަދި ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި، ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖެއިން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، ބީއެމްއެލްގެ މި ރޭޓިންގްއިން ހާމަވަނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމަށް ގައުމީ ބޭންކެއްގެ ދައުރު މުހިންމު ކަމެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް