Advertisement
header ad
XeeTimesXeeTimes
ހާދިސާ: ހައްވަ އާއި ކަފަލޮލީ ހާދިސާ

ހާދިސާ: ހައްވަ އާއި ކަފަލޮލީ

ޢީދު ދުވަހު ހަވީރު ނަލަހެދިގެން މާމަދަރިން ގޮވައިގެން އާޓިފިޝަލް ބީޗަށް ހައްވަ ދިޔައިރު ރަހުމަތްތެރި އައިސާފާނު އޭނާގެ މާމަދަރިފުޅު ކުޅެން ބައިންދައިގެން އިށީދެގެންއިނެވެ.

ހައްވަ: އައިސާފާނު ކޮބާ ކިހިނެއް؟

އައިސާފާނު: ރަނގަޅު. ހައްވަ ކިހިނެއް؟ މާލަހުންދޯ މިއަދު ތިއާދެވުނީ!

Article - in content
Advertisement

ހައްވަ: އާނ މިއަދު ނަމާދުން ފޭބުނީ ތަންކޮޅެއްލަހުންނޭ. އަނެއްކާ ހުރިހާ ކުޅިވަރެއް ނިމުނީހޭ ބުނެ ވަށައިގެން ބަލާލިއިރު ކަފަލޮލީ ވިއްކަންހުރި މީހެއް ފެނިގެން ހައްވަ ހިތަށް އެރި. ހާދަހާ ރީތި 'ތަންފޮހި' ތަކެކޭ. އޭގައިން 'ތަންފޮއްސެއް' ގަންނަންވެއްޖެ.

އެހެންހިތާ އައިސާފާނަށް ގޮވާފަ ބުންޏެވެ.

ހައްވަ: ހިނގާބަލަ އެތަނުން 'ތަންފޮއްސެއް' ގަންނަން.

އައިސާފާނާއި ހައްވަ މާމަދަރިން ގޮވައިގެން ކަފަލޮލީ ވިއްކާ މީހާ ކައިރިއަށް ދިޔައެވެ.

ހައްވަ: ދީބަލަ ތިތަނުން 'ތަންފޮއްސެއް' ގަންނަން.

އައިސާފާނު: ބަލަ ހައްވާ ކޮންމެ މީހަކަށް އެކަތި ގަންނަންވާނެއްނު.

ހައްވަ: ކުދިން ކީއްކުރަން އުޅޭ 'ތަންފޮއްސެއްތަ'؟ މަވިއްޔާ ތަންތަން ފޮޅާ ސާފުކުރަނީ.

އައިސާފާނު: ހީގެންފައި ބަލަގަ ހައްވާ މަހީނުކުރަމޭ ހައްވައަށް ނޭނގިގެން ކަމަށް 'ތަންފޮއްސޭ' ތިކިޔަނީ. ތީ ކަފަލޮލީ އޭ. ލޮލީ ބޯ ގޮތަށް ބޯ އެއްޗެކޭ. ތަންތަންފޮޅާ ސާފުކުރާ އެއްޗެއް ނޫނޭ ތިއީ.

އައިސާފާނު އެހެން ބުނުމުން ހައްވަ އަޑުނީވޭ ކަމަށް ހެދެމުން އަނގައިން ނުބުނެ ކޮންމެ ކުއްޖަކަށް އެކަތި ގަނެދީފިއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —