Advertisement
header ad
XeeTimesXeeTimes
އިސްރާއާއި މިޢުރާޖުގެ ވާހަކަ ދީން

އިސްރާއާއި މިޢުރާޖުގެ ވާހަކަ

އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ މާތް ﷲ ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމް އަށް ދެއްކެވި މަތިވެރި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިހާނެކެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލް އަޤްސާއަށް މާތް ނަބިއްޔާ ކުރެއްވި ދަތުރުފުޅެވެ. އެމިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށްވެ ވަޑައިގެން ވަނީ ނަމާދުކުރައްވާފައެވެ.

މިޢުރާޖުގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ. އެއްވެސް މީހަކަށް ވާސިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާސިލުވެ ވަޑައިގަތެވެ. މިމަތިވެރި ދަތުރުފުޅުގެތެރޭގައި މާތް ﷲ މި އުއްމަތަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުމެވެ.

"ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންގެ އަރިހުގައި އިމާމުވެވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން، އިސްލާމްދީނުގެ މިރުކުނުގެ މަތިވެރިކަން ހާމަވެގެންދޭ. ނަމާދަކީ ދީނުގެ ތަނބު. އެއީ އީމާންކަން މިނެދޭ މިންގަނޑު. މަޙްޝަރުގެ ބިމުގައި، އެންމެފުރަތަމަ ހިސާބު ބެލެވޭނީ ނަމާދާބެހޭގޮތުން. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި އެންމެފަހުން ކުރެއްވި ވަސިއްޔަތަކީ ނަމާދަށް ރައްކާތެރިކުރެއްވުމަށް ކުރެއްވި ވަސިއްޔަތް"

Article - in content
Advertisement

މަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން ޙަރަމްފުޅުގެ ތެރެއިން އެއް ޙަރަމްފުޅެވެ. އެއީ ކީރިތި ރަސޫލާ އިސްރާ ކުރެއްވި ބަރަކާތްތެރި ބިމެވެ. އެއީ ދިގު ދަތުރުކޮށް، ބުރަ އުފުލައިގެން ވިޔަސް ޒިޔާރަތްކުރުމަށް ބާރު އެޅުއްވިގެންވާ ތިން މިސްކިތުގެތެރެއިން އެއް މިސްކިތެވެ.

ނޯޓް: މިލިޔުމުގައިވާ މަޢުލޫމާތުތައް ނަގާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އާންމުކޮށްފައިވާ ހުކުރު ޚުތުބާއިންނެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —