Advertisement
header ad
XeeTimesXeeTimes
ހާދިސާ: ވޯޓު ހޯދަންވީމަ މީހުންނަށް މިއަންނަ ބަދަލެއް! ހާދިސާ

ހާދިސާ: ވޯޓު ހޯދަންވީމަ މީހުންނަށް މިއަންނަ ބަދަލެއް!

ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަނީ އެވެ. ވޯޓު ހޯދުމަށް އެކަކު އަނެކަކަށް ގުޅުމުގަ އެންމެންވެސް އުޅެނީ އަވަދިނެތިއެވެ. މިއީ މިގޮތަށް މަސައްކަތްކުރާ ކެންޑިޑޭޓެއްގެ ވާހަކައެވެ.

ހަސަން: އޭ އަޒޫ މިގުޅާލީ ވޯޓު ހޯދަން

އަޒޫ: އޭ ކީކޭ. ވޯޓު ހޯދާށޭ. ކާކަށް ތިގުޅީ.

Article - in content
Advertisement

ހަސަން: މިގުޅީ ޢަލީ ގޯތި އަޒޫ އަށް. ތިއީ އަހަރެމެން ރަށު ކުއްޖެއްނު.

އަޒޫ: ބަލަ އަހަރެން އިހަކަށްދުވަހު ރަށުން ގޯތި ހޯދަން ފޯމު ލީމަ ބުނެފި އަހަންނަކީ ރަށުގަ އުޅޭ މީހެއް ނޫނޭ. އެކަމަކު އަހަރެންގެވެސް ދަރިން އެބަތިބި. ރަށުގަ ނުއުޅެނީ އަމިއްލަތަނެއް ނެތީމަ. އެކަމަކު ޝަރުތު ހަމަވިކަމަކަށް ނުވި. ވޯޓު ހޯދަންވީމަ އަހަރެންނަކީ ރަށު މީހެއް. ގޯތި ދޭންވީމަ އަހަރެންނަކީ ބޭކާރު މީހެއް. މަށަށް ގުޅާނެ ކަމެއް ނެތް. ނުދޭނަން ތިއިން މީހަކަށް ވޯޓެއް. އަހަރެން ވޯޓު ދޭނެ މީހެއް އެނގޭނީ އަހަންނަށް.

ހަސަން: ބަލަ އެއީ އަހަރެން ކުރި ކަމެއް ނޫނެއްނު. އަހަރެންދެކެ ތިހާ ރުޅި އަންނާކަށް ނުވާނެއްނު. އެއީ ކައުންސިލްގެ މެޖޯރިޓީއިން ނިންމި ނިންމުމެކޭ. އަހަރެން މިކުރިމަތިލީ އެކަހަލަ ކަންތަކަށް ހައްލު ހޯދަން. އެހެން ނޫނަސް އަހަރެންނަކީ އަޒޫގެ ތިމާގެ މީހެއްނު. ތިމާގެ މީހެއްގެ ހައިސިއްޔަތުން ވޯޓު ދޭންވީނު.

އަޒޫ: ބަލަ ހައްލޭ ބައްލޭ ކިޔާނެ ކަމެއް ނެތް. ތިމީހުންގެ ޕާޓީ މީހުންނެއްނު މެޖޯރިޓީގަތިބީ. ނުވާނެ ރަނގަޅެއް ތިއިން އެކަކުވެސް. ކޮންމެ ފަހަރަކު އިންތިޚާބެއް އަންނައިރަށް އެބަ އާދޭ ތިމާގެއޭ ރައްޓެއްސެކޭ ކިޔައިގެން ވޯޓު ހޯދަން. އިންތިޚާބު ނިމޭއިރަށް ބަޚަބަރު. ނުނަގާނެ ފޯނެއްވެސް. އެހާހިސާބުން ތިބޭނީ ރަސްކަމުގެ ތަޚުތުގަ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —