Advertisement
header ad
XeeTimesXeeTimes
ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ދީން

ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!

ވެހޭތާ ފެންނަގާށޭ ބުނާ ފަދައިން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ. ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކޮށް ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލާ ކުރެވޭ ފާފަތަކުން މާތް ﷲ އަޅުގަނޑުމެން ސަލާމަތް ކުރައްވާނެ ކަމެއްކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

" ސުވަރުގެޔަށް ދިއުމަށް މަގުކޮށާ ބަޔަކު ކަމުގައި ވާނަމަ ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތަށް ޢަމަލު ކުރަންވާނެ. ނޭނގޭ ކަމަށް ބުނެ ބަރަކާތާއި ރަޙްމަތުގެ ދުވަސްތައް ނަގައި ނުލާ. ދަންނަމީހުން ކުރެން އަހައި އޮޅުން ފިލުވާ. ދީނީ ދަރުސްތައް އަހައި ޙުކުމްތައް އޮޅުންފިލުވައި ތިމާގެ އަމިއްލަ ނަފްސު އިސްލާމީ ޢިލްމުން މުއްސަނދި ކުރޭ" ޚުތުބާގައި ފާހަގަކުރިއެވެ.

މާތް ﷲ އަށް ތަޤްވާވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާންގެ ނަހީ ކުރެއްވިހައި ކަމަކުން ދުރުހެލިވުން ކަން ހަނދާންކޮށްދީ ހެޔޮކަންތަކުގައި ދެމިތިބުމަށް ޚުތުބާގައި ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.  

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —