Advertisement
header ad
XeeTimesXeeTimes
ހާދިސާ: ދޮންވެލިން ދަތް އުނގުޅާ ހައްވަ! ހާދިސާ

ހާދިސާ: ދޮންވެލިން ދަތް އުނގުޅާ ހައްވަ!

ހައްވައަށް ދަތް އުނގުޅަން ކަމުދަނީ ދޮންވެއްޔެވެ. އެހެންވެ ދޮންވެލިކޮޅެއް ބަލާ ފަތިހާ ހޭލައިގެން ބާރު ބާރަށް އަތިރިއާއި ދިމާލަށް ދަނިކޮށް، ފުރޮއެއް ކޮނޑު އަޅައިގެން އައި އަލިފުޅާއި ދިމާވެގެން އަލިފުޅު ހައްވަގާތުން އަހާލިއެވެ.

އަލިފުޅު: ހައްވާ މާބާރަކަށް ކޮންތާކަށް؟

ހައްވަ: މިދަނީ ވެލިކޮޅެއްބަލާ އަތިރިމައްޗަށް! ބަލަ އަލިފުޅު ނާހަންތަ އަޑުފޮށިން ގޮވާ ގޮވެލިފަތިވެސް؟

Article - in content
Advertisement

އަލިފުޅު: ކޮން ގޮވެލި ފައްޗެއްތަ؟

ހައްވަ: މިއަދު ރާއްޖޭގެ ހުރިހާ ރަށެއް އެއްރަށަކަށް ހަދާފައި އެއްފަސްކޮށް ފަސްގަނޑުވެސް އުސްކުރާ ވާހަކައެއް ނާހަންތަ؟  

އަލިފުޅާ ދެނެއް އަހަރެމެންނަކަށް ދަތް އުނގުޅަން ވެލިކޮޅެއްހާ ހިސާބުވެސް ނުލިބޭނެ.

އެއީ ފަސްގަނޑު އުސްވެފައި މޫދުތިރިކަމުން ގޮނޑުދޮށާއި ހަމައަށް ހައްވައަށް ނުފޭބޭނެ ވިއްޔަ! އެހެންވެ ބާރަށް މިދަނީ ދޮންވެލިކޮޅެއް އަތުޖެހޭތޯ.

އަލިފުޅު: ބަލަ ހައްވާ ކިހިނެއް ފަސްގަނޑު އުސްކުރާ ވާހަކައެއް ތިޔަބުނީ؟

ހައްވަ: މިބުނީ އެއްރަށް މައްޗަށް އަނެއްރަށް ބަރި ބަރިއަށް ޖަހާފައި އުސްކުރާ ވާހަކަ! އެމެރިކާގެ ކުންފުންޏަކާ ހަވާލުކޮށްފިއޭ

އެމީހުން 2-3 ދުވަސްވެސް ނުނަގާނެ ރާއްޖެ ހިމާލިއާ ފަރުބަދަހާ އުސްކޮށްލަންވެސް ޚަބަރުވެސް ނާހަންތަ؟

އަލިފުޅު: ތިޔަ ޚަބަރެއް މަށެއް ނާހަމޭ! ކީއްކުރާނީ ހައްވަގެ އަޑުފޮށިން އަންނަނީ އެހެން ޚަބަރެއް ވިއްޔާ!

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —