September 21, 2024 02:46
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: އައިހަމް އާއި ކުރުނބާ!

އައިހަމް ކިޔަވަނީ މަރަދޫ ސްކޫލްގެ ގްރޭޑު 7 ގައެވެ. ސްކޫލް ޗުއްޓީ ތެރޭގައި އައިހަމްގެ މަންމަ ޝަބީބާ ޢާއިލާގެ ހުރިހާ އެންމެން ގޮވައިގެން ފަޅު ރަށަށް ދަތުރު ދާން ނިންމިއެވެ.

އެފަޅުރަށަކީ ޝަބީބާގެ ރައްޓެއްސަކަށް އޮންނަ ފަޅު ރަށެކެވެ.

ކާއެއްޗިއްސާއި ބޯނޭ ދަޅުތަކާއި ފުޅިގަނެ ތައްޔާރުކޮށް އެދުވަހު ފަތިހާ ޝަބީބާއާއި ގޭގެ ހުރިހާ އެންމެން ލޯންޗެއްގައި އެރަށަށް ދާން ފުރައިފިއެވެ. އެރަށަށް ލެފީ ފުރިތާ 20 މިނިޓް ފަހުންނެވެ.

Advertisement

އެރަށަކީ ފަޅުތެރެ ރީތި ރަށެކެވެ. މުޅިރަށް ފުރާލާފައި އޮތީ އެކި ވަރުވަރަށް ހެދިފައިހުރި ރުއްތަކުންނެވެ.

އެންމެން އެރަށަށް ފައިބައި ސައިބުއިމުގެ ކަންތަކުން ނިމިގެން، މޫދަށްދާ މީހުން މޫދަށް، ކުޅިވަރު ކުޅޭމީހުން ކުޅިވަރާއިގެން މަސްއޫލުވެގެންފި އެވެ.

އައިހަމް ދިޔައީ 3 ކުއްޖަކާއި އެއްކޮށް މޫދަށެވެ. މޫދުގައި ކުޅެ ސަކަރާތްޖަހަން ގަޑިއެއްހާއިރު ތިބުމަށްފަހު އައިހަމްމެން އެއްގަމަށް އަރާ ކޯކުދަޅެއް ހިފައިގެން ބޯލަން އެތާހުރި ރުކެއްގެ ހިޔާދޮށުގައި ޖައްސާލިތަނާ ރުކަކުން ބޮޑު ކާއްޓެއް ވެއްޓި ބިންމަތީގައި ޖެހިފައި އައިސް އައިހަމްގެ ފައިގައި ޖެހުމުން އައިހަމް ސިއްސައިގެން ގޮސްފައި ބުނެފިއެވެ.

އައިހަމް: އޭބަލަ! ކާއްޓާ. މީހުންގެ ގައިގައި ޖެހޭ ގޮތަށްތަ! ވެއްޓެނީ؟

ކާށި: އަހަރެންނަށް ވެސް ތަދުވެއޭ. ރުކުގައި އޮވެއޮވެ ހިކިގެން އެހާމަތިން ވެއްޓުނީމާ. އެކަމަކު ކީއްކުރާނީ ތިޔަކުދިންނަށް ވެސް ނުކެރޭ ވިއްޔާ ފަޅުރަށަށް އަންނައިރު ކުރުނބާއެއް ބޯލާކަށްވެސް.

އައިހަމް: ކާށި އަޅާމީހުން އައިސް އަޅާނެއެއްނޫންތަ.

ކާށި: މިރަށަށް ކާށި އަޅާމީހުން އަންނަނީ ވަރަށް މަދުން

އައިހަމް: އެއީ ކީއްވެތަ؟

ކާށި: މިރަށުގައި މީހުން ނޫޅޭތީއާ މިހާރު ގިނަމީހުން ކާށި ބޭނުންނުކުރާތީ.

އައިހަމް: އެކަމަކު ވަރަށް ގިނަމީހުން ދަތުރުވެސް އާދެއެއްނޫންތަ؟

ކާށި: އާނ ދަތުރުއާދޭ. އެކަމަކު ކޮންމެ ބަޔަކުވެސް އަންނައިރު އަންނާނީ ކޯކާ ފެންޓާކަހަލަ ބުއިންތައް ހިފައިގެންއައިސް ތިމާވެށި ހަލާކުކުރަން ހުސްފުޅިތަކާއި ދަޅުތައް ގޮނޑުދޮށަށް އުކާލާފައޭ ދަނީ.

އައިހަމް: އަހަރެން މިއަދު މަންމަ ގާތު ތިޔަވާހަކަ ބުނާނަން.

ކާށި: އާނ ގައިމު ހަށިގަނޑަށް މާފައިދާ ލިބިފައި އަވަހަށް ކަރުހިއްކުން ފިލާނެ ވިއްޔާ! ބަނޑަށްވެސް ރަނގަޅު ބުއިމެއް. ކުރުނބާ ފެނަކީ

އައިހަމް: އެހެންދޯ! އަހަރެންނަށް ވަރަށް މީރޭ ކުރުނބާ ފަނި.

ކާށި: އެހެންވިއްޔާ މަންމަގާތު ބުނެގެން ކުރުނބާ އަޅުވަންވީނު. އެއިރުން އަބަދަކު ކާއްޓެއްވެސް ނުފައިބާނެއެއް ނޫންތަ.

އައިހަމް: އާނ. ދަތުރު އަންނަ ކޮންމެދުވަހަކު ހުރިހާ އެންމެންވެސް ކުރުނބާ ބޯނަމަ ކާށި ބޭކާރު ނުވާނެއެއްނު ދޯ ކާއްޓާ

ކާށި: އާނ. އަހަރެމެން ހިކިގެން ބިންމައްޗަށް ފައިބާ ތަންކޮޅެއް މޫދާއި ކައިރީގައި ހުންނަ ރުއްރުކުގެ ކާށި ރާޅާއި އެއްކޮށް ބެހިގެންވެސް ދެއޭ. ގިނަކާށި ހަމަ ބޭކާރޭވަނީ

އައިހަމް: ދެން އަހަރެމެން ދަތުރު އަންނަ ދުވަސް ދުވަހު އެއްވެސް ބޯއެއްޗެއް ނުގެންނާނަމޭ. އިނގޭ ކާއްޓާ

ކާށި: ތިޔަހެން ވިއްޔާ ރަނގަޅު

ދެން އެވާހަކަ މަންމަގާތުގައި ބުނުމުން ލޯންޗުގެ ފަޅުވެރިއަކުލައްވާ ކުރުނބާ އަޅުވާފައި އެންމެންވެސް ބުއެވެ.

އޭގެ ފަހުން ދަތުރުދާ ދުވަސްދުވަހު ބުއިމަކަށް މުޅިންވެސް ބޭނުންކުރަނީ އެރަށުން ކުރުނބާ އަޅައިގެންނެވެ.

އައިހަމްގެ މަންމަ އެރަށަށް ދަތުރުދާ އެންމެންކައިރީގައި އެރަށުން ކުރުނބާއަޅައިގެން ބޯން ބުންޏެވެ.

އަދި ރަށަށް އަންނަމުންވެސް ކޮންމެ ފަހަރަކު ދެތިން ކުރުނބާއިހާ ގެނެއެވެ.

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް