November 22, 2024 19:37
Advertisement

-Advertisement-

ފޮނިތޮށި ތައްޔާރުކުރަނީ ކިހިނެއްކަން އެނގޭތަ؟

ފޮނިތޮށި އުފެއްދުމަކީ ވަރަށްގިނަ ވަގުތު ހޭދަކޮށްގެން ކުރެވޭ މަސައްކަތެކެވެ. އެ މަސައްކަތް ކުރުމުގެ ހުނަރު އެންމެ ފުރިހަމައަށް ލިބިފައިވާ މީހުންނަށްވެސް ދުވާލެއްގެ މައްޗަށް އުފެއްދެނީ ވަރަށް މަދު އަދަދެއްގެ ފޮނިތޮއްޓެވެ. ބައިކިލޯގެ ފެންވަރު ރަނގަޅު ފޮނިތޮށި ޔޫރަޕްގެ ބައެއް ޤައުމުތަކުން ލިބެނީ ގާތްގަނޑަކަށް 400 ރުފިޔާއަށެވެ.

ފޮނިތޮށި ގަސް

ސްރީލަންކާގައި އުފައްދާ ފޮނިތޮއްޓަކީ ޔޫރަޕްގެ ޤައުމުތަކުގެ މީހުންގެ މެދުގައި ވަރަށް މަޤުބޫލު މީރުވަސްދުވާ ރަހަމީރު ފޮނިތޮއްޓެކެވެ. 'ސިނަމަން ކަސިއާ' ނަމަކަށްކިޔާ ލޯކޮލިޓީ ފޮނިތޮށި ހުރެއެވެ. މި ބާވަތުގެ ފޮނިތޮށި އުފައްދަނީ ޗައިނާ، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުންނެވެ. މި ފޮނިތޮށި ހުންނަނީ މުރަނަކޮށް ގަދަމުށި ކުލައިގައެވެ. 'ރިއަލް ސިނަމަން' ނަމުން މަޝްހޫރު ސްރީލަންކާ ސިނަމަން ހުންނަނީ މަޑުމުށި ކުލައެއްގައެވެ.

ފޮނިތޮއްޓަކީ 'ސިނަމަމަމް ވެރަމް' ނަމަކަށް ކިޔާ ގަހެއްގެ ތޮށިތައް ހިއްކައިގެން ތައްޔާރުކުރާ އެއްޗެކެވެ. މި ގަސް ހައްދާ މީހުން ގަސް އިންދުމަށްފަހު ފޮނިތޮށި ކެނޑުމަށް ހަތަރު އަހަރު ވަންދެން މަޑުކުރަންޖެހެއެވެ. ސްރީލަންކާގައި މި މަސައްކަތްކުރާ މީހުން ފަތިހު ހޭލައިގެން މަސައްކަތަށް ނުކުމެއެވެ. ގަސް ކެނޑުމަށްފަހު އެންމެ ގިނައިރު ހޭދަވަނީ ތޮށި ނެއްޓުމުގައެވެ.

Advertisement

ގަސްތައް ރަގަޅަށް ނުބަލަހައްޓާނަމަ އެކި އެކި ގޮތްގޮތަށް ގަސްތައްހެދިފައި ހުރުމުން ތޮށި ނައްޓަން އުނދަގޫވެއެވެ. ސްރީލަންކާގައި މި މަސައްކަތްކުރަނީ އަތުން ވަޅިއެއްކަހަލަ އާލާތެއް ބޭނުންކޮށްގެންނެވެ. އެންމެ ފުރަތަމަ ކަނޑާފައި ހުންނަ ގޮފިތަކުގެ ބޭރު ފަށަލަ ސާފުކުރުމަށްފަހު ތޮށިގަނޑު ނައްޓަނީއެވެ. ބޯކޮށް ހުންނަ ތޮއްޓަކީ އެންމެ ކޮލިޓީ ރަނގަޅު ވައްތަރެވެ. ތޮށިތައް ނެއްޓުމަށްފަހު އިރުގެ އަވީގައި ތޮށިތައް ހިއްކަނީއެވެ. އެންމެ ކުޅަދާނަ މީހަކަށްވެސް ދުވާލެއްގެ މައްޗަށް ތައްޔާރު ކުރެވެނީ އެއްކިލޯގެ ފޮނިތޮށި ކަމަށް ވެއެވެ. މިތަކެތި 3 ނުވަތަ 4 ދުވަސް ވަންދެން އަވިން ހިއްކައެވެ. އެއަށްފަހު އެހެން ތަނަކަށް ގެންގޮސް މިތަކެތި ގްރޭޑުކޮށް ލޭބަލް ކުރެއެވެ.

ފޮނިތޮށި ގަސް ކެނޑުމަށްފަހު ތޮށި ނެއްޓުމުގެ މަސައްކަތް ކުރަނީ

ފޮނިތޮށިން ސިއްޙަތަށް ކުރަނީ ކޮންކަހަލަ ފައިދާއެއް؟

ފޮނިތޮށި ކެއުމުގައި ބޭނުންކުރުމުން ލޭގައި ދައުރުވާ ހަކުރުގެ ލެވެލް ދަށްކޮށްދެއެވެ. ކާތަކެތީގެ ސަބަބުން ދިމާވާ ހަޖަމުގެ މައްސަލައާއި ވައިހެދުމުން ސަލާމަތް ކޮށްދެއެވެ. އަދި ރާއްޖެބަލީގެ ސަބަބުން ތަންތަނަށް ތަދުވުމާއި ދުޅަވުމާއި ރިއްސުމަށް ލުއެއް ލިބެއެވެ. ކާއެއްޗެހިން ހަށިގަނޑަށް އެތެރެވާ ބެކްޓީރިއާއިން ދިފާއު ކޮށްދެއެވެ. ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމާއެކު، ކޮލޮސްޓްރޯލް ލެވެލް ދަށް ކޮށްދިނުމަށް ފޮނިތޮށި އެހީތެރިވެއެވެ. 

މާބަނޑު އަންހެނުންނާއި، އެލާޖިކްވާ މީހުންނާއި، 6 އަހަރުން ދަށުގެ ކުޑަކުދިން ފޮނިތޮށި ބޭނުންކުރުން އެހާ ރަނގަޅެއް ނޫނެވެ.

މިރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތު ނަގާފައިވަނީ: ކޫސިން އެންޑް ހެލްތް ޑޮޓް ކޮމް، ބިޒިނަސް އިންސައިޑަރ

+1
0
+1
6
+1
2
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް