September 21, 2024 02:33
Advertisement

-Advertisement-

ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވާނެ ކަމެއް!

ދަތިޙާލުގައި މީސްތަކުން އުޅޭއިރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަގުތެއްގައި، ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ. މީސްތަކުންނަށް ތަކެތި ގަތުމަށް ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި މުދަލުގެ އަގު ބޮޑުކޮށްގެން ވިއްކުމަކީ ވިޔަފާރި ހުއްދަ ކުރެވުނު ޝަރުޢީ މަސްލަހަތާ ފުށުއަރާ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

" ވިއްކާ މީހާއަށް މިނިވަންކަން ލިބިގެންވުމާއި، ވިއްކާ މުދަލުގެ ފައިދާލާނެ ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވޭ. ނަމަވެސް އިސްލާމް ދީނުގެ ސަމާޙަތްތެރިކަމާއި ލުއިދިނުން ފަދަ ޝަރްޢީ އަދަބުތަކަށް ރިޢާޔަތް ކުރުމަކީ ލާޒިމު ކަމެއް. މީސްތަކުންގެ މަސްލަޙަތު އިސްކުރުމަކީ ވިޔަފާރީގައި ﷲ ބަރަކާތްލައްވާނޭ ކަމެއް. މުދާ ޠާހިރު ކުރައްވައި އިތުރު ކުރައްވާނޭ ކަމެއް. އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަމެއް ނޫން" ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިޙްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުންކަމަށާއި، ވަކިން ޚާއްސަކޮށް ކޮއްތުގެ ގޮތުގައި މީސްތަކުން ބޭނުންކުރާ ބާވަތްތައް އިޙްތިކާރު ކުރުމުގެ ފާފަ ވަކިން ބޮޑުކަމަށްވެސް ޚުތުބާގައިވެއެވެ.

Advertisement

" އަދި ވިޔަފާރީގެ ގޮތުގައި ވިއްކާ އެއްޗެއްގައި ނެތް ސިފައެއް، ހުރިކަމަށް ބުނެ އެއެއްޗެއްގެ ތަޢުރީފު ކުރުމަކީ އޮޅުވާލުމާއި މަކަރު ހެދުން. އެގޮތަށް ވިޔަފާރީގެ މުޢާމަލާތް ކުރާނަމަ އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ މައިން ބަފައިންނާއި އަނބިދަރިން ނަރަކައަށް ވައްޓާލަނީ ނޫންހެއްޔެވެ؟ އެބައިމީހުންގެ ކުށަކީ ކޮބައި؟ މިކަމާމެދު ފުންކޮށް ވިސްނަން ނުޖެހޭހެއްޔެވެ؟ މުސްލިމް އަޚުންނޭވެ! ލިބޭ އާމްދަނީ މަދުވެގެން އާމްދަނީ އިތުރުކުރުމަށްޓަކައި ދީނުގައި ހުއްދަނޫން މަގުތައް އިޚުތިޔާރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް"

ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި އަސްލު ތަކެތީގެ ގޮތުގައި ވިއްކުމަކީ އާންމުވަމުންދާ ކަމެއް ކަމަށާއި، ކާބޯތަކެތި ގަޑުބަޑުކުރުމަކީ ބައެއް ފަހަރު މީސްތަކުންގެ ފުރާނައަށް ގެއްލުންހުރި ނުރައްކާތެރި ކަމެއްކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޙައްޤު ގޮތުގައި ޙަލާލު ރިޒުޤު ހޯދުމަށް މަސައްކަތްކޮށް، ޙަލާލު ތަކެތިން ކައިބޮއި އުޅޭ ބަޔަކު ކަމުގައިވުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ.

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް