Advertisement
header ad
XeeTimesXeeTimes
އިންސާނުންގެ މިސާލަކީ ހެދިބޮޑުވަމުންދާ ގަހެއްގެ މިސާލު! ދީން

އިންސާނުންގެ މިސާލަކީ ހެދިބޮޑުވަމުންދާ ގަހެއްގެ މިސާލު!

އިންސާނުންގެ މިސާލަކީ ހެދިބޮޑުވަމުންދާ ގަހެއްގެ މިސާލެވެ. އެ ގަސް ހެދި ބޮޑުވެ ވަރުގަދަވެއެވެ. އާރޯ ކަމާއި ތާޒާކަން އައިސް އޭގެ ފަހުން ހީނަރުވާން ފަށައެވެ. އަދި ގަހުގެ ތާޒާކަން ގެއްލި އެންމެފަހުން ބަލިކަށިވެ ފަނާވެދެއެވެ.

" އަޅުގަނޑުމެންނަށް ވެސް ވާނީ އެހެން. އަޅުގަނޑުމެންގެ ކުރީގެ މީހުންނަށް ވެސް ވީ ހަމަ އެހެން. ވިސްނައި ފިކުރުކުރޭ. ތިބާ ކުރިއަށް އޮތް ދަތުރަށް ތައްޔާރުކޮށްފައި ވަނީ ކޮންކަހަލަ ޢަމަލުތަކެއް؟ ހެޔޮ ޢަމަލު؟ ނުވަތަ ނުބައި ޢަމަލު؟"

ކުރިއަށް އޮތީ ފަސޭހަ މަރުޙަލާތަކެއް ނޫނެވެ. މަރުހިއްޕަވާ ވަގުތެވެ. ކައްވަޅުގެ އެކަނިވެރިކަމެވެ. މަޙްޝަރުގެ މައިދާނެވެ. ޞިރާތު މަގު ހުރަސް ކުރުމެވެ. ހިސާބު ބެއްލެވޭވަގުތެވެ.

Article - in content
Advertisement

ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ކަމެއްކަން ހަނދާންކުރާށެވެ. މާދަމާވެސް ލޯ މަރާލަން ޖެހިދާނެއެވެ. ތަޢުބާވެ އިސްތިޢްފާރު ކުރާށެވެ. ތިބާގެ ޢަމަލުތަކާއިމެދު ވިސްނައި ފިކުރު ކުރާށެވެ.

ރަމަޟާންމަހަކީ އެތައް ގޮތަކުން ޚާއްސަވެގެންވާ މަހެކެވެ. މާތްވެގެންވާ މަހެކެވެ. ބަރަކާތްތެރިވެގެންވާ މަހެކެވެ. ރޯދަވެރިޔާ ރޯދައަށް ހުންނައިރު އެހުންނަނީ މަތިވެރި އަޅުކަމެއްގައެވެ.

" ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުޢާ ރޯދަވެރިޔާ އަށް ލިބިލިބި ހުންނާނެ. ރޯދަވެރިޔާގެ ދުޢާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤާބޫލުވެވިގެންވާ ދުޢާއެއް. ވަކިން ޚާއްސަ ގޮތެއްގައި ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތު ކުރާ ދުޢާ"

އަދި ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަހެއް ކަމަށާއި އެހެންނަމަވެސް ބޮޑު ފާފައަކަށް އަރައިގަނެވިފައިވާ މީހާ، އެކަމަށް ތަޢުބާވާން ޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

 

ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތު ނަގާފައިވަނީ މިއަދުގެ ހުކުރު ޚުތުބާ އިންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —