Advertisement
header ad
XeeTimesXeeTimes
ކުޑަކުދިންގެ ހާދިސާ: ލިލީ އާއި އަނބު ހާދިސާ

ކުޑަކުދިންގެ ހާދިސާ: ލިލީ އާއި އަނބު

ލިލީ އަކީ ވަރަށް މަޑުމައިތިރި ބަސްއަހާ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ލިލީގެ ގޭގެ ގޯތިތެރޭގައި ގަސް ހައްދާފައި އޮންނަ ވަރަށްބޮޑު ހުސްތަނެއް އޮވެއެވެ. ލިލީ ވަރަށްގިނައިން ކުޅޭ ސާމާނު އަތުރައިގެން އެތާނގައި ކުޅެންއުޅެއެވެ.

އެއްދުވަހަކު ލިލީ ކުޅެން އުޅެނިކޮށް އަނބުގަހުން ވަރަށް ދޮންއަނބެއް ވެއްޓުނީ ލިލީގެ ފައިކައިރިއަށެވެ. ދޮން އަނބު ލިލީ އަށް ވަރަށް މީރެވެ. އެކަމަކު ލިލީ ސިއްސައިގެން ދިޔައިމަ އަނބާ ދިމާއަށް ބުންޏެވެ.

ލިލީ: އަނބާ! އަނބު ވަރަށް ގޯސް ދޯ. ލިލީ ދިޔައީ ސިއްސައިގެންނޭ.

Article - in content
Advertisement

އަނބު: އަހަރެން ކުޑަކޮށް ސަމާސާ ކޮށްލީއޭ. ރުޅި ނައިސް ކާލަންވީނު. މިގޮތަށް ދޮންވެ ފައްކާވެގެން ވެއްޓޭ އަނބު މާމީރުވާނެ.

ލިލީ: އެހެންތަ. އެހެން ވެއްޖެއްޔާ ދޮވެލައިގެން ކާލާނަން.

އަނބު: އަހަރެންނަށް ރަނގަޅީވެސް އަހަރެން ގަހުގައި އޮއްވާ ބިނދެގެން ކެއުމަށްވުރެ ދޮންވެގެން ވެއްޓުނީމާ ހޮވައިގެން ކެއީމަ.

ލިލީ: އެއީ ކީއްވެ؟

އަނބު: އެއީ އަނބު ބިންނައިރު ކުދި އަނބުތައްވެސް ބިންމައްޗައް ވެއްޓޭތީ. އަދި އަނބުތައް އެއްލާލަނީ. އަނބުފަންޏާއި ސެލެޑު ބާވަތްތައް ވެސް ހެދޭނެއެއްނު. މީރުވެފައި ވިޓަމިން ލިބޭނެވިއްޔާ.

ލިލީ: އެހެންތަ! ތިޔަވާހަކަ މަންމަ ގާތު ބުނާނަން. އަދި އަނބު ބިންނަ މީހުން ކައިރީގައިވެސް ބުނާނަން. އެކަމަކު ގަސް ކައިރީގައި ބުނޭ ކޮންމެ ދުވަހަކު ލިލީ ކުޅެން ހުންނައިރު އަނބެއް ވައްޓާލައްޗޭ. ދެނެއް ސިއްސައިގެން ނުދާނޭ.

ލިލީ އަނބު ގެންގޮސް މަންމަ އަތަށް ދިނުމުން ދޮވެފައި ކޮށާލަދިނެވެ. ލިލީ އަނބު ކާލައިފިއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —