September 20, 2024 06:44
Advertisement

-Advertisement-

މަސްޖިދުލް އަޤްސާ ހިމާޔަތްކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާށި!

މަސްޖިދުލް އަޤްޞާއަކީ ދަތުރުހަދައިގެން އެމިސްކިތްތަކަށް ދިޔުމަށް ބާރުއެޅިފައިވާ ތިން މިސްކިތުގެ ތެރެއިން އެއްމިސްކިތެވެ. މަސްޖިދުލްއަޤްޞާ ބިނާކުރެއްވީ، ސުލައިމާން ޢަލައިހިއްސަލާމް ކަމުގައި ބުނެވެއެވެ.

އަދި ސުލައިމާން ޢަލައިހިއްސަލާމްގެ ކުރިންވެސް މަސްޖިދުލްއަޤްޞާ ވާކަމުގައި ބުނެވެއެވެ. އަދި ސުލައިމާން ޢަލައިހިއްސަލާމު ބިނާކުރެއްވި ބިނާއަކީ، ކުރީގެ ބިނާ އާކުރެއްވުމުގެ ގޮތުން އެޅުއްވި ބިނާއެކެވެ.

އެއީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ރިވާވެފައިވާފަދައިންނެވެ. އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެންމެ ފުރަތަމަ ބިމުގައި ބިނާކުރެވިފައިވާ މިސްކިތަކީ ކޮން މިސްކިތެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ މަސްޖިދުލް ޙަރާމްއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ދެން އެއަށްފަހުގައި ކޮންމިސްކިތެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ މަސްޖިދުލް އަޤްޞާއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އެ ދެމެދުގައި ކިހާދުވަހެއް ވޭހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ސާޅީސް އަހަރެވެ. ދެންފަހެ ތިބާވީ ކޮންމެ ތަނެއްގައިވީނަމަވެސް ނަމާދު ވަގުތުވަދެއްޖެނަމަ އެތަނެއްގައި ނަމާދުކުރާށެވެ. ފަހެ އެއީ އެންމެ ރަނގަޅުވެގެންވާ ގޮތެވެ.

Advertisement

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (މަސްޖިދުލް ޙަރާމްއިން މަސްޖިދުލް އަޤްޞާއަށް) އިސްރާކުރެއްވުނެވެ. އަދި އެބަރަކާތްތެރިވެގެންވާ މިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންނާއިގެން އިމާމުވެ ނަމާދުކުރެއްވެވިއެވެ. ﷲ ޞުބުޙާނަހޫވަތަޢާލާ ވަޙިކުރައްވާފައިވެއެވެ.

﴿ سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ﴾  [الإسراء: ١]

މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، މަސްޖިދުލް ޙަރާމްއިން، މަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހު ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.

 

ބަރަކާތްތެރިވެގެންވާ މި ރަމަޟާންމަހުގައި ފެނިގެންދަނީ މަސްޖިދުލް އަޤްސާ މިސްކިތުގެ ތެރެއަށް އިސްރާއީލުގެ ސިފައިން ވަދެ ގެއްލުންދެމުންދާ މަންޒަރެވެ. މަސްޖިދުލް އަޤްސާ ހިމާޔަތްކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާށިއެވެ. އާމީން.

 

ނޯޓް: މަސްޖިދުލް އަޤްސާ އާއި ގުޅޭ މަޢުލޫމާތު ނަގާފައިވަނީ ދިސަލަފިއްޔާ.

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް