Advertisement
header ad
XeeTimesXeeTimes
މުސްލިމް އަޚާ މުސީބާތްތަކުން ސަލާމަތްކުރުމަށް އެހީވެދޭށެވެ! ދީން

މުސްލިމް އަޚާ މުސީބާތްތަކުން ސަލާމަތްކުރުމަށް އެހީވެދޭށެވެ!

މުސްލިމް އަޚާ ދުނިޔޭގެ މުސީބާތްތަކުން ސަލާމަތްކުރުމަށް އެހިވެދޭ މީހާގެ ކިބައިން ޤިޔާމަތް ދުވަހުގެ މުސީބާތެއް މާތްﷲ ދުރުކޮށް ދެއްވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ބުނެފައެވެ. އަދި އިސްލާމް ދީނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ދީން ކަމަށާއި، ސަލާމަތާއި އަމާންކަމުގެ ދީނުގެ އިތުރަށް، އަނިޔާވެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅު ދީން ކަމަށް ވަނީ ބުނެފައެވެ. މީސްތަކުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުން ފަދަ ހަރުކަށި، އަނިޔާވެރި، އަމަލުތަކުން އިސްލާމް ދީން ބަރީއަވެގެންވާ ކަމަށްވެސް ވެއެވެ.

ރަސޫލު ﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ހައްޤު ނޫން ގޮތެއްގައި މުއުމިނެއްގެ ނަފްސު ޤަތުލު ކުރުމަށްވުރެ މުޅިދުނިޔެ ހަލާކުވެ ނެތިދިއުން ވަނީ ﷲ ގެ ހަޟްރަތުގައި ކުޑަކަމެއްގެ ގޮތުގައެވެ. އަދި އުޑުތަކުގެ އަހުލުވެރިންނާއި ބިމުގެ އަހުލުވެރިން މުއުމިނު ނަފްސެއް ޤަތުލު ކުރުމުގައި ބައިވެރިވި ކަމުގައިވިއަސް ﷲ އެ އެންމެން ނަރަކައަށް ވައްދަވާ ހުއްޓެވެ".

ނިރުބަވެރި ޢަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެ މީހުންނަށް ހަރުކަށި އަދަބު ދެވިގެން މެނުވީ މުޖުތަމަޢުގެ އަމްނު އަމާން ކަމާއި، ހަމަޖެހުން ދެމި ނޯންނާނެ ކަމަށާއި، މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —