September 19, 2024 23:37
Advertisement

-Advertisement-

ކަރަންފޫ ހަދަނީ އަދި އެންމެ ފުރަތަމަ ބޭނުންކުރެވުނީ ކިހިނެއް؟

ކަރަންފޫ އެންމެ ފުރަތަމަ ބޭނުންކުރެވިފައިވަނީ 1720ވަނަ އަހަރު ސީރިއާގެ ތަރްގާގައި ޗައިނާގެ އެމްޕަޔަރުން އުޅުނުއިރު އަގައިން ދުވާ ވަސްކެނޑުވުމަށް 'މައުތް ރިފްރެޝްނަރ'އެއްގެ ގޮތުގައިކަމަށް ދިރާސާތަކުން ދައްކައެވެ. އެއަށްފަހު މިސްރުގެ ބައެއް ހިސާބުތަކުގައިވެސް ކަރަންފޫ ބޭނުންކުރެވެން ފެށިއެވެ.  އޯމާނުގެ ކަނޑުދަތުރުކުރާ ބޯޓުތަކުގައި އިންޑިއާ އަދި އެފްރިކާގެ ޤައުމުތަކަށް ކަރަންފޫ އިމްޕޯރޓް ކުރެވެންފެށިއެވެ.

ދުނިޔޭގައިހުރި އެންމެގިނަ ދުވަސްވީ ކަރަންފޫގަސް- ބީބީސީ ނިވްސް

ދުނިޔޭގައި ހުރި އެންމެގިނަ ދުވަސްވީ ކަރަންފޫ ގަހަށް 350 ނުވަތަ 400 އަހަރު ވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. "އާފޯ"ގެ ނަމުން ނަންދެވިފައިވާ މިގަސް ހުންނަނީ އިންޑޮނޭޝިއާގެ ޓެރްނާރޓްކިޔާ ރަށެއްގައެވެ. މިގަހުން އޮށްނަގައިގެން އެހެން ޤައުމުތަކުގައި ކަރަންފޫ ހައްދާ އެއިން ވިޔަފާރި ކުރާކަމަށްވެސް މިގަސް ބަލާލަން އަންނަ ފަތުރުވެރިންނަށް މަޢުލޫމާތު ހިއްސާކުރާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ކަރަންފޫގަސް ހެދުމަށްފަހު ކަރަންފޫ އެޅުމަށް ގާތްގަނޑަކަށް 6 އަހަރު ހޭދަވާކަމަށް މަޢުލޫމާތުލިބެއެވެ.

Advertisement

ކަރަންފޫ ހަދާގޮތް:

ގަހުން ކަރަންފޫ ބިންނަން ޖެހެނީ، މަލުން އުފައްދާ ކަރަންފޫގެ ކުލަ ފެހިކުލައިން މަޑު ފިޔާތޮށިކުލައަށް އެރުމުންނެވެ. މިއީ 5 ނުވަތަ 6 މަސްދުވަހުގެ ތެރޭގައި ފޮޅޭ މާ ކަރަންފޫއަށް ބަދަލުވާ ވަގުތުކަމުގައި ދަނޑުވެރިން ފާހަގަކުރެއެވެ. އެއަށްފަހު 4 ނުވަތަ 5 ދުވަސް ވަންދެން އަވީގައި ހިއްކަން ބަހައްޓައެވެ. މިދުވަސްތަކުގެ ތެރޭގައި ކަރަންފޫގެ ކުލަ ގަދަ ޗޮކްލެޓްކުލައަށް ބަދަލުވެއެވެ.

ކަރަންފޫއިން އިންސާނާގެ ހަށިގަނޑަށް ކުރާ ފައިދާތަކަށް ބަލާއިރު، ދުވަހުގެ ޑައިޓް ޕްލޭންގައި ކަރަންފޫ ހިމެނުމަކީ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލޭގެ ޕްރެޝަރ އާއި ހަށިގަނޑުގައި ހުންނަ ބެކްޓީރިއާތައް މެރުމަށް ކަރަންފޫ ބޭނުން ކުރެވިދާނެއެވެ.

ދިވެހިރާއްޖޭގެ އިތުރުން ވަރަށްގިނަ ޤައުމުތަކުގައި ކާނާ ތައްޔާރުކުރުމަށް ކަރަންފޫ ބޭނުންކުރެއެވެ. ނަމަވެސް ދިވެހިންގެތެރޭގައި ކަރަންފޫ ބޮޑަށް ބޭނުންކުރެވެނީ ދުފުމުގެ އިތުރުން ދިވެހި ބޭސް ތައްޔާރުކުރުމަށެވެ.

ދުނިޔޭގެ ބާޒާރުގައި ކަރަންފޫ ކިލޯއެއްގެ އަގު 88 ޑޮލަރުގައި ހުރިއިރު މިއީ ރާއްޖެ ރުފިޔާއިން ބަލާނަމަ 1300 ރުފިޔާއެވެ. ކޮވިޑް19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމަކަށް އިޤްތިސޯދީ ގޮތުން ދިމާވެފައިވާ ދަތިތަކާއި އެކު ދުނިޔޭގެ ބާޒާރުގައިވެސް ކަރަންފޫގެ އަގުމަތިވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

 

މަސްދަރު: ބީބީސީ 

+1
0
+1
5
+1
0
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް