Advertisement
header ad
XeeTimesXeeTimes
މުސްލިމެއްގެ މުސީބާތެއް ދުރުކޮށްދީފި މީހަކަށް ޤިޔާމަތް ދުވަހު މުސީބާތެއް ދުރުކޮށް ދެއްވާނެ! ދީން

މުސްލިމެއްގެ މުސީބާތެއް ދުރުކޮށްދީފި މީހަކަށް ޤިޔާމަތް ދުވަހު މުސީބާތެއް ދުރުކޮށް ދެއްވާނެ!

ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް ޤިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ދުރުކޮށް ދެއްވާނެއެވެ. ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާނެއެވެ.

އަދި އޭނާގެ އަޚާ ދުޝްމަނެއްގެ އަތްމައްޗަށް ދޫކޮށެއްވެސް ނުލާނެއެވެ. ތިމާގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ﷲ ދެމިވޮޑިގެންވެއެވެ.

" ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއް. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކްލީފެއްގައި މިގުނަވަންވެސް ބައިވެރިކުރަންޖެހޭ. މިއީ މުސްލިމުންގެ މިސާލު. ކޮންމެ މީހަކުވެސް އަނެކާއަށް އަޅާލައި އެހީތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް"

Article - in content
Advertisement

އިސްލާމީ މުޖުތަމަޢުތަކުގައި ވެސް އެހެންމީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ މީހުން ދިރިއުޅެމުންދާއިރު އެފަދަ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން ޖެހެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ފަޤީރުންނާއި ޔަތީމުންނާއި އަޅާލާނެ ބަޔަކު ނެތް މީހުންނަށް އޯގާތެރިކޮށް ހިތަންޖެހެއެވެ. އެމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން އެބަޖެހެއެވެ.

މަޢުލޫމާތު: ހުކުރު ޚުތުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —