Advertisement
header ad
XeeTimesXeeTimes
ބިރުވެރި ހާދިސާ:  ދޫނި ބިސް ހޯދަންދިޔަ ދަތުރުގައި 3 މީހަކު މަރުވެދިޔަ ގޮތް! ހާދިސާ

ބިރުވެރި ހާދިސާ: ދޫނި ބިސް ހޯދަންދިޔަ ދަތުރުގައި 3 މީހަކު މަރުވެދިޔަ ގޮތް!

ދުވަސްވަރަކީ މީގެ ފަންސާސް އަހަރު ކުރިއެވެ. އެދުވަސްވަރު ގއ. ބަކައްތާ އަކީ ހަމަ އެއަތޮޅު ކަނޑުހުޅުދޫ ގެ ބެލުމުގެ ދަށުގައި އޮތް ރަށެކެވެ. އެދުވަސްވަރުގައި ރާއްޖެ އަށް ވަނީ ވަރަށްބޮޑަށް ތަދުމަޑުކަން ވެރިވެފައެވެ. ކޮންމެވެސް ވަރަކަށް ކާށި ގަބުޅި ކުރުބާ ލިބެން ހުރެއެވެ. އެއީވެސް ވަރަށް މަދުންނެވެ. މި ދަތި ދުވަސްވަރުގައި ކަނޑުހުޅުދޫ ކަތީބަކީ އަބުދުލް ކަރީމް ކިޔާމީހެކެވެ. އެއްދުވަހަކު މީނާ ކުރިކަމަކީ ސަންގު ފުމެ ރަށުގެ ރައްޔިތުން އޮފީސް ކައިރިއަށް ޖަމާކުރުވިއެވެ. އަދި އެއްވި މީހުންނާއި ވާހަކަ ދައްކަމުން ކަރީމް ބުނަންފެށިއެވެ.

" މިދުވަސްވަރަކީ ވަރަށް ތަދުމަޑު ދުވަސްވަރަކަށްވެފައި އަތްމަތިވެސް ދަތި ދުވަސްވަރެއް. ވީމާ މިރަށުގެ ކުރިމަތީގައި އެއޮތް ބަކައްތާގައި ޒުވާރި ހައްދަމާ ހިނގާ. މަސައްކަތެއް ނުކޮށް ތިބޭކަށް ނުވާނެ. ދިހަކިލޯ ޒުވާރި ލިބިދާނެ. ވީމާ މިކަން ކުރަންވީ ނޫންތަ؟" ރައްޔިތުމީހުން މިކަމާއި އެއްބަސްވިއެވެ.

އޮފީހުން ކަނޑައެޅީ ގުރޫޕު ހަދައިގެން ކޮންމެ ގުރޫޕަކަށް ވެސް ވަކިވަރެއްގެ ބިން ދޫކުރުމަށެވެ. އެގޮތުން އެކުލަވާލީ ދިހަ ގުރޫޕެވެ. ކޮންމެ ގުރޫޕަކަށްވެސް ފައްސަތޭކަ ފޫޓުގެ ބިމެކެވެ. ހުރިހާ ގުރޫޕަކުންވެސް ވަރަށް ފޯރިއާއެކު އެރަށަށް ގޮސް އެގުރޫޕެއްގެ ދަނޑު ކޮށާ ސާފުކޮށްފިއެވެ. ދެން މުޑުވަށް ކުރުމަށް ކަނޑައެޅިފައިވާ ދުވަހަށް އެރަށަށް ގޮސް މުޑުވަށް ކޮށް ނިމިއްޖެއެވެ.

Article - in content
Advertisement

ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްގުރޫޕަކުން އެރަށަށް ގޮސް ދަނޑުތަކަށް ފެންދެމުން އައިސް މިހާރު ގަސްފަޅާ ބޮޑުވަމުން އެބައާދެއެވެ. ބައެއް ގަސްތަކުން ކުރާ ވެސް އައިސްފައިވެއެވެ. ބަކައްތާ އަކީ ވަރަށްބޮޑު ދޮންވެލި ތުނޑިއެއް އޮންނަ ރަށެކެވެ. ވަރަށް ގިނަ ދޫނި ރޭކުރާ ރަށެކެވެ. އެހެންވުމުން ގިނައަދަދެއްގެ ދޫނި ބިސްވެސް ހުރެއެވެ. އަދި ރޭގަނޑު އެއްވެސް ބަޔަކު އެރަށަށް ގޮސް ނޫޅެއެވެ. މިއީ އަތޮޅު އެއްމެން ދަންނަ ޙަޤީޤަތެކެވެ. އެދުވަސްވަރު ދަނޑު ހައްދާމީހުން ނޫން އެހެން ބަޔަކު އެރަށަށް އެރުން އޮންނަނީ އޮފީހުން މަނާ ކޮށްފައެވެ. ނަމަވެސް މިއަމުރާއި ހިލާފަށް ކަނޑުހުޅުދޫ ދެތިންކުއްޖަކު ދަތުރެއް ރޭވިއެވެ.

ބަކައްތާ އަށް ގޮސް ދޫނިބިސް ނެގުމުގެ ދަތުރެކެވެ. މިގޮތުން ރަށުގެ ރައްޔިތުންނަށް ސިއްރުން މިކުދިން އެއްރެއަކު ބަކައްތާ އަށް ދަތުރަކުދިޔައެވެ. މިކަމުގައި އިސްވެ ހުރީ ކަނީރުގޭ އަޝްރަފް އެވެ. ދެންތިބީ ބޯގަންވިލާ ޝަރީފް އާއި ނޫރީގޭ ހުސައިން އެވެ. މި ތިންމީހުން ފިސާރި ފޯރީގައި ބަކައްތާ އަށް ދަތުރު ގޮސްފިއެވެ. އަދި މުޅިރަށް ވަށާ ހިނގާލުމަށްފަހު ދޮންވެލިގަޑުމަތީ ތިބެ ކޮންމެވެސް އެއްޗެއް ކާންފެށިއެވެ. ކެއުމުން ނިމިގެން ތިންމީހުންވެސް ތައްޔާރު ވަމުން މިދަނީ ދޫނިބިސް ނެގުމަށެވެ.

ތިންމީހުން ބޮޑު ތިން ކޮތަޅު ހިފައިގެން ތިންދިމާއަށް ހިނގާގެންފިއެވެ. ފުރަތަމަ ބިސް ނަގަންފެށީ އަޝްރަފް އެވެ. މިހާރު ތިންމީހުންވެސް ބިސްނަގަމުން ދަނިކޮށް އަޝްރަފަށް ފެނުނީ އޭނަގެ ބޯމަތީން ކަޅުދޫނި ތަކެއް އުދުހެނިކޮށެވެ. އަޝްރަފު ވަރަށް ބިރުގަންފިއެވެ. ދޫނިތައް އެއާގޮތަށް އަޝްރަފް ވަށައިލިއެވެ. އެއާއެކު ދޫނިތަކުގެ އަނގައިން އަލިފާން ދޫކުރަން ފެށުމާއެކު އަޝްރަފު އެހެންމީހުނަށް ގޮވަންފެށިއެވެ. އެހެން މީހުން ތިބި ހިސާބު ދުރުވީމާ އަޑުއިވޭގޮތެއްނުވިއެވެ. މިހާރު ދޫނިތައް ސިފަ ހުތުރު ޝައިތާނުން ތަކަކަށް ބަދަލުވެއްޖެއެވެ. އަޝްރަފް ހޭނެތިގެން ވެއްޓިއްޖެއެވެ. މަރުވީނޫންކަމެއްވެސް ނޭގެއެވެ. އާދެ! ހަމަމަރާލީއެވެ. ދެން މިދޫނިތައް ދިމާކުރީ ޝަރީފް އާއިއެވެ.

ފުރަތަމަވެސް ދޫނީގެ ސިފައިގައި ގޮސް ޝަރީފުގެ ބޯމައްޗަށް ތިރިކުރީއެވެ. އޭގެފަހުގައި ފުރޭތައަކަށް ބަދަލުވެ ހޫނު ވަޔެއް ދޫކޮށް ޝަރީފު އަންދާލީއެވެ. އެންމެފަހުން ދޫނިތައްގޮސް ހުސައިނު އާއި ދިމާކޮށްލީ މާރިދުންގެ ގޮތުގައެވެ. މާރިދުންގެ ވަކިތަކުން ހުސައިނު ނޮޅާލިއެވެ. މިޝައިތާނުންގެ އަތްދަށުވެ މިތިންމީހުންވެސް މަރުވީއެވެ. އަނެއްދުވަހު ދަނޑުތަކުގެ ވެރިން ބަކައްތާ އަށް ދިޔައިރު ބޮއްކުރައެއް އޮއްވާ ފެނުނެވެ. އެމީހުން ހީކުރީ ދަނޑުތަކުން ވައްކަން ކުރަން އައިސްގެން އުޅޭ ބައެއްކަމަށެވެ. ނަމަވެސް ރަށަށް އަރާ ބަލާލި އިރު އަޝްރަފު މަރުވެފައި އޮއްވާ ފެނުނެވެ. އަދިހަމަ އެހެންދިމާއަކުން ޝަރީފް މަރުވެފައި އޮއްވާ ފެނުނެވެ. ހަމަ އެއާއެކު ހުސައިނު ވެސް މަރުވެފައި އޮއްވާ ފެނިގެން މިމީހުން ވަރަށް ކަންބޮޑުވެއްޖެއެވެ. ދަނޑުތަކަށްވެސް ނުވަދެ މި ތިން ގަބުރު ގޮވައިގެން ރަށަށް ގޮސް ކުޑަސަހަރާގައި ވަޅުލީއެވެ. މިކުޑަސަހާރާ އަކީ ގޮތްނޭގޭ ގޮތަށް މަރުވާ މީހުން ވަޅުލާތަނެކެވެ.  

މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައިވާނެއެވެ.

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

މއ 01ޖުލައި2021

ފާލުބެލީކަންނޭގެ ނޫނީ ޖިންނި ގެނައީމަ ކިޔާދިނީކަމައްވެސް ވެދާނެ! 17

Kaloa 20ޖޫން2021

E jinmi thah evaahaka dhekeee ehenve engunee 5

Ekanimeehaa 20ޖޫން2021

ތިޔަހާދިސާގަ މަރުވިމީހުންގެ އާއިލާ ކޮބާތަ އަދިއެއީކޮނބައެއް 19

Dhoonibis 20ޖޫން2021

Thiyahaa thadhu dhuvas varehveema naseebehnun jinnithah emeehun kaanulikan 🤣🤣 3

މޮހޮރުތަޅާ 20ޖޫން2021

އައްދޮއްޔޯ ޝުކުރިށްޔާ 2

މުންތި 20ޖޫން2021

ވަރަށް ހައިރާންވާ ކަހަލަ، ދޮގުވާހަކައެއް. 8

investigate 20ޖޫން2021

Thee hingee kamekefehey investigate kerannan bajeheikun 1

Sanfa 19ޖޫން2021

Vaahkaa nimunu iru ebaoiy bunefa vaahakaige aslu nugehlay gothah badhalu genevifa oiy vaahaka. Ehn v ma emyhun maruvi goiy eothy hiyaalee kurehumeh gothah geneh dheefa. I guess 4 3

މީމު 19ޖޫން2021

ބުހުތާނަ ދޮގަ! އެގަ ތިނަވެނަ ތެއްޔެހެ ކަމަކަ ކޮޅޯ ސިއްރުން! ދެނަހުއްޓީ މީހަކުން ނެތާ! އެކޫދު ދަނތަރާ ރޭވީ ލިކާއި, ރަޓުތެރޭ ކޮޅަ ކަންކަން ކެޔޭދިންނޫ ކާކަ! ތުއްތީދީބޭ ލޭފޭއޮތަ ދޮގަ ވާހަކަޔަކަ! އެރަށު ހެދެވީ ސާމާނަ ބޮޑުންނަގަ މީހަނަ ކަންނަވެގޮހޮ ޖެހީ މަޅިޔަކަޓަސް ވެޔަންނޭ! 3 1

ކަޅުސޮރު 19ޖޫން2021

ސީސީ ކެމެރާ ޔަށް އަރާފަ ހުރީ އެހެން ވީމަ އެނގުނީ 26 2

Jj 19ޖޫން2021

Fake dhw 6

Mohamd 19ޖޫން2021

3 meehunves maruvee kihineh haadhisaa egenee 5

hiyaalee 19ޖޫން2021

thi hama hiyaalee vaahaka eh 10

ހސނ 19ޖޫން2021

މުޅިއަކުން ރަނގަޅު ވާހަކައެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ، ބޮޑަށް ބެލެވޭ ގޮތުގައި ބަޔަކު އެމީހުން މަރާލުމަށްފަހު ޙަޤީޤަތް އޮޅުވާލީ ކަމަށް ބެލެވޭ 31 2

Sanfa 19ޖޫން2021

Vaahaka liyuny moyaeh kamah ninmaifin 🤣🤣🤣 21 1

Anonymous 19ޖޫން2021

މިކަމުގަ ބައިވެރިވި ތިނމީހުންވެސް މަރުވީ އެކަމަކު ހާދަ ތަފުސީލުކޮއްތިކިޔައިދިނީ 18

haalufolhi 19ޖޫން2021

thin meehun maruvi goi ehaa saafukoh kiyaidhiny kaakuba? hini ves ai 3 gaburu govaigen rashah dhiyaee ey bunyma… 4 1

hehe 19ޖޫން2021

varah furihama samaasaa adhabeh. shukuriyya. 7

Ifa 19ޖޫން2021

Saabahey. Maraali fureytha kiyaadhinee 17

Akoo 19ޖޫން2021

Rangalhah viyya tbi group meehun emeehun maraanee. Thadhu dhivasvare veema, komme kamaka ves varahbhoonuvaane dhoa. Emeehun maraa andhaafa adhi molhu story eh hadhaafa thiothee. 12

Ahsan 19ޖޫން2021

Diya emmen maruvi ekam maruvi gothaai emeegunnaai thihurihaakameh dhimaavigoh kiyaadhinnee kaakubaa fenuneekaahbaa heheheh 26 1

Aadhanu 19ޖޫން2021

3meehun maruveemavx engeythr emeehuna dhima kuri ehchehi jehssi vahtharaa ai sifa? 47

Lol 19ޖޫން2021

E zamaanuga ves e rashuga CCTV camera hury tha ?? 52

ގޮހޮޑާބެ 19ޖޫން2021

ތިން މީހުން މަރުވި ގޮތާއި ތަރުތީބު މިހާ ސާފުކޮށް ކިޔައިދިނީ ކާކުބާ؟ 120 1

Anonymous 18ޖޫން2021

Kihine ethinmeehun maruvee kihinehkan egunee 48 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —