Advertisement
header ad
XeeTimesXeeTimes
އަސަރުގަދަ ވާހަކަ ލިޔުންތެރިޔާ ޒެލް އާއި އެކު ވަގުތުކޮޅެއް! ފަރުދުން

އަސަރުގަދަ ވާހަކަ ލިޔުންތެރިޔާ ޒެލް އާއި އެކު ވަގުތުކޮޅެއް!

ލިޔުންތެރިކަމަކީ ވަރަށް ތަފާތު ހުނަރެކެވެ. މި ހުނަރު ތަފާތު ވަނީ ލިޔުންތެރިން އެބައިމީހުންގެ ލިޔުންތަކުގެ ޖާދޫގައި ފަސޭހަކަމާއެކު ކިޔުންތެރިން ޖައްސައި ޖަޒުބާތުގައި ޖައްސާތީއެވެ. މީގެ ތެރެއިންވެސް ވާހަކަ ލިޔުންތެރިކަން ވަކިން ޚާއްސަކޮށް ފާހަގަކޮށްލަމެވެ. ވާހަކަ ލިޔުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މި ލިޔުން މި ޚާއްސަކޮށްލަނީ ޒުވާން، އަސަރުގަދަ ވާހަކަ ލިޔުންތެރިޔާ ޒެލް އަށެވެ.

ފ. ބިލަތްދޫއަށް އުފަން އިބްރާހީމް ޒިހުނީ އާންމު ނަމުންނަމަ ޒެލް އަކީ ވާހަކައިގެ ދުނިޔޭގައި ވަރަށްމަދު ދުވަސްކޮޅެއްގެ ތެރޭގައި ފިޔަޖަހަންފެށި ޒުވާނެކެވެ. އޭނާ ވާހަކަ ލިޔަން ޝައުގުވެރިކަން އުފެދިގެން ދިޔައީ އޭނާގެ ތުއްތަ ވާހަކަ ލިޔެ އުޅޭތަން ފެނިގެންނެވެ.

އިބްރާހީމް ޒިހުނީ (ޒެލް)

"ފުރަތަމަ ލިޔަން ފެށުނީ ތުއްތަ ލިޔާ ތަން ފެނިގެން އިންސްޕަޔާ ވެގެން. އެއީ ގާތްގަނޑަކަށް މީގެ އަށް އަހަރު ކުރިން. އޭރު ފެށިގޮތަށް މި ލިޔަނީ. އާންމުންނަށް އަޅުގަނޑުގެ ވާހަކަތައް ފެނިގެން ދިޔައީ ވާހަކަ.ކޮމް އަށް ވާހަކަ ލިޔަން ފެށުމާއެކު." ވާހަކަ ލިޔަން ފެށުނުގޮތް ކިޔައިދެމުން ޒެލް ބުންޏެވެ.

Article - in content
Advertisement

ދިރާގު ކަސްޓަމަރ ސަރވިސްގައި މަސައްކަތްކުރާ ޒެލް މިހާރު ވާހަކަ ލިޔަނީ 'އަވަސް' އަށް ކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ސިލްސިލާ ދެ ވާހަކަ އަވަސްގައި ޝާއިޢުކޮށް ނިމިފައިވާއިރު އާ ސިލްސިލާ ވާހަކައެއް ކަމުގައިވާ 'ވީމޭ ކަލާޔާ ނުލާ' ފަށައިފައިވާކަމަށް ވަނީ މައުލޫމާތުދީފައެވެ.

" މިހާތަނަށް ފަސް ސިލްސިލާ ވާހަކަ ޝާއިޢުކޮށްފައި ވާނެ. 70 ކުރުވާހަކަވެސް ޝާއިޢުކޮށްފައި ވާނެ. ޝާއިޢުނުކުރާ ކުރުވާހަކަ ވެސް އެބަހުރި. ހުރިހާ ކުރުވާހަކަތަކެއް އެއްކޮށްލުމުން 100 ކުރުވާހަކަ ވާނެ" ޒެލް ބުންޏެވެ.

ޒެލްގެ ވާހަކަތައް އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖު އަދި ވައިބަރ ގުރޫޕުގައިވެސް ހިއްސާ ކުރެއެވެ. އޭނާގެ ފޭސްބުކް ޕޭޖު 'ޒެލް' ގައި 9000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު ވައިބަރ ކޮމިއުނިޓީ ގުރޫޕުގައި 1500 މެންބަރުން އެބަތިއްބެވެ.

ޒެލް ލިޔެފައިވާ ބައެއް ވާހަކަތައް

މިހާ ހިސާބުން 'ޒީޓައިމްސް'ގެ ފަރާތުން ނެގި އިންޓަރވިއުގެ މުހިންމު ބައިތައް ކިޔުންތެރިންނަށް ގެނެސްދޭނަމެވެ.

ސ: މިހާ ހިސާބަށް އައިއިރު އެންމެ ހިތްހަމަޖެހޭ ގޮތަށް ލިޔެވުނީ ކޮން ވާހަކައެއް؟

ޒެލް: "އެގޮތަށް ވަކި ވާހަކައެއްގެ ނަން ބުނަން އުނދަގޫވޭ. ކިޔުންތެރިންނަށް އެންމެ ކަމުދާ ވާހަކަ އަޅުގަނޑަށްވެސް އެންމެ ހިތްހަމަ ޖެހޭ ވާހަކައަށް ވެފަ އޮންނަނީ. އެގޮތަށް ފާހަނގަކޮށްލާނަން 'ވެވުނީ ލޯތްބޭ' 'ޔާރުހުވާ' 'ބަޑި' 'ބީ' 'ގިލަން' ފަދަ ވާހަކަތައް".

ސ: ކިޔުންތެރިންގެ ފަރާތުން ލިބުނު އެންމެ ޕޮޒިޓިވް އަދި އެންމެ ނެގެޓިވް ކޮމެންޓަކީ ކޮބާ؟

ޒެލް: "ވަރަށް ގިނައިން ޕޮޒިޓިވް ކޮމެންޓްސް ލިބޭ. ވަރަށް ހަނދާންވާ ކޮމެންޓެއް އެއީ ކިޔުންތެރިއެއް ޕޭޖްގަ އިންނަ ނަމްބަރަކަށް ގުޅާފަ ބުނި އަޅުގަނޑުގެ ވާހަކައެއް ކިޔާފަ އޭނަގެ ދިރިއުޅުން ސަލާމަތްވި ވާހަކަ. ވަރަށް ހިތްވަރު ލިބުނު ކަމަށް. ދެން ނެގެޓިވް ކޮމެންޓްސް ވެސް ލިބޭ. ކޮންމެ ބިނާ ކުރަނިވި ފާޑުކިއުމެއް އުފަލާއެކު އަޅުގަނޑު ބަލައިގަންނަން".

ސ: ވާހަކަ ލިޔުމުގެ ދާއިރާއިން މިހާ ހިސާބަށް އާދެވުނު އިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

ޒެލް: "އަޅުގަނޑުގެ ފުރަތަމަ ސީރީސް އާ ހިސާބުން ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކުރިއަށް ދާން. އެކަމަކު ފާޑު ކިޔުންތައް ހެޔޮގޮތުގައި ބަލައިގަނެ، އެތައް ފޭނުންނެއްގެ ސަޕޯޓާއެކު މިހިސާބަށް މިއާދެވުނީ. މިހާރު ވެސް ލިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާން ދުވަހަކުވެސް އުންމީދުނުކުރާ ގޮންޖެހުން ތަކަކީ ކުރިއަރަން ލިބޭ އިތުރު މަގެއް ކަމަށް އަޅުގަނޑު ބަލަނީ".

ސ: މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

ޒެލް: "ހިތްވަރާއެކު ކުރިއަށްދާށޭ. އެންމެ ކުރިއަށް ވާސިލްވާން މަސައްކަތް ކުރާށޭ. ކުރިއަރާ ވަރަކަށް އެކަމާ ހަސަދަވެރިވާނެ މީހުން ތިބޭނެކަން ވިސްނައްޗޭ. ތިމާގެ އަގުވައްޓާލަންވެސް އުޅޭނޭ. އެކަމަކު އެމީހުންގެ ކުރިމަތީގަ އެންމެ އުހަށް ވާސިލްވާށޭ ހިތްވަރާއެކު".

އިންޓަވިއު ނިންމާލަމުން ވަނީ ވާހަކަ ލިޔުމުގެ ދާއިރާއިން ކުރިއަށް ދާން ހިތްވަރުދޭ މީހުންގެ އިތުރުން ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Zaib 01ޖުލައި2021

Viber community group share kohla dheeba 12

ނަތާޝާ އަލީ 30ޖޫން2021

ސާބަހޭ ޒެލް. ކޮން އިރަކުން ބަޑި ސީޒަން2 ނެރެނީ 19

މަރީ 30ޖޫން2021

އައްޗި. ހާދަ ޖޭ އެއްތިވީ? 😃 18

ޒެލްގެ ބިގް ފޭން 30ޖޫން2021

ފޭން ބޭސް ނުގަނެވޭނެ, ޕޯސްޓު ބޫސްޓު ކުރިޔަސް 😀 ވަރަށް ތާކުން ތާކު ނުޖެހޭ ކޮމެންޓެއްމީ. ޒެލް ޕޭ ކޮށްގެން ގަތް ފޭނެއް ނަމަ އަންގާލާ. މަވެސް ބޭނުން ޕެއިޑް ފޭނަކަށް ވާން. ތިވެސް ތީ ލިޔުމުގަ އޮތް ކަހަލަ ހަސަދަ ކުއްޖެއްބާ. ހައްހައްހާ. 23 1

ކައިލީން 29ޖޫން2021

މައި ފެވެރިޓް ރައިޓާރ 😍 ޒެލްގެ އާރޓިކަލްތައް ވެސް ވަރަށް ރީތި. ހާއްސަކޮށް ވާހަކަ. އެދެނީ ކުރިއެރުން 30 1

ހަސީބާ ޖައުފަރު 29ޖޫން2021

މީނަމީ ލިޔުންތެރިއެއްނަމަ ދެން ދިވެހިރާއްޖޭގަ އުޅެނީ ހުސްވެސް ލިޔުންތެރީން. އަދި އުޅޭނެ މާފޭން ބޭސް ބޮޑު މީހަކަށް ވެގެން. ބަލަ މިޒަމާނުގަ ބޫސްޓުކުރަންޖާ މިލިއަނުންވެސް ފޮލޮވާސްއާ ލައިކްސް ހޯދިދާނެ. ހަގީގަތަކީ ފައިސާއިން ފޭންބޭސް ގަނެގެން އުޅެނީ. މީ ހަގީގަތްވީމަ މިކޮމެންޓު ނުޖަހާނަން ދޯ. އެންމެންގެ ލޮލަކު އަނދުނެއް ނޭޅުވޭނެ. 4 38

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —