September 19, 2024 23:36
Advertisement

-Advertisement-

ބަލާބެލުމަށް 80 އަހަރުހެން ހީވި އުމުރުން 10 އަހަރުގެ ކުރެހުންތެރިޔާ ނިޔާވެއްޖެ!

ފްރާންސްގައި ބާއްވާ އާރޓް އެގްޒިބިޝަންގައި ބައިވެރިވުމަށް ތައްޔާރުވަމުން އައި ޔޫކުރެއިންގެ އައިރީނާ ކިމިކް ނިޔާވެއްޖެއެވެ. އައިރީނާ އަކީ ޕްރޮޖީރިއާ ކިޔާ މުސްކުޅިބަލި ހުންނަ ކުއްޖެކެވެ. އައިރީނާ މަރުވެފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑަކީ 80 އަހަރުގެ މީހެއްގެ ހަށިގަނޑުހައި މުސްކުޅި ހަށިގަނޑެކެވެ.

އައިރީނާ ވަނީ އޭނާގެ ކުރެހުމުގެ ހުނަރު ބޭނުންކޮށްގެން ޕްރޮޖީރިއާ ބައްޔަށް ބޭސްކުރުމަށް ފައިސާ ހޯދައި ވަރަށް ގިނަ މީހުންނަށް މިސާލުދައްކާފައެވެ. މަރުވި އިރު އައިރީނާ އައީ ޕެރިސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އާރޓް އެގްޒިބިޝަންގައި އޭނާ ކުރަހާފައިވާ ކުރެހުންތައް ދައްކާލުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ވަގުތު މިވަނީ މި ތުއްތު ކުއްޖާއާއި މިކަމުގައި ނުބައްދަލުވެފައެވެ.

އައިރީނާގެ މަރުގެ ވާހަކަ ހާމަކޮށްފައިވަނީ އޭނާގެ މަންމަ ސޯޝަލް މީޑިއާގައެވެ. އޭނާ ލިޔެފައިވަނީ " އައިރީނާގެ ހިތް އިއްޔެ ވަނީ ހުއްޓިފައިކަމަށާއި، ލޯބިވާ ދަރިފުޅު ސަލާމަތްނުކުރެވުމުން މަޢާފަށް އެދޭކަމަށެވެ".

Advertisement

ޑޮކްޓަރުން ބުނާ ގޮތުންނަމަ ކޮންމެ އަހަރަކު އައިރީނާގެ ހަށިގަނޑު އައީ އޭނާގެ އުމުރަށްވުރެން 10 އަހަރު އިތުރުވަމުންކަމަށާއި، އޭނާ މަރުވެފައިމިވަނީ އެމެރިކާގެ ބޮސްޓަންއަށް ފަރުވާއަށް ދިއުމަށް ހަމަޖެހިފައިވަނިކޮށް ކަމަށެވެ.

ޔޫކުރެއިންގެ ވިޔަފާރިވެރިޔާ އަދި އައިރީނާއަށް މާލީ ގޮތުން އެހީވަމުން އައިސްފައިވާ އެންޑްރޭ ޒްޑެސެންކޯ ވަނީ ހިތާމައިން ފުރިފައިވާ ސްޓޭޓްމަންޓްއެއް ވެސް ނެރެފައެވެ.

ޕްރޮޖީރިއާ ނުވަތަ ހަޗިންސަން ގިލްފޯރޑް ސިންޑްރޯމްއަކީ، ވަރަށް މަދުން ކުޑަކުދިންގެ ގައިން ފެންނަ ޖެނެޓިކް ބައްޔެކެވެ. ޕްރޮޖީރިއާގެ އަލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފަށާނީ ކުއްޖާގެ އުމުރުން 1 އަހަރަށް ފަހުގައިކަމަށާއި، އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގައި ބޮލުގައި އިސްތަށި މަދުވުމާއި ހެދިބޮޑުވާ މިންވަރު ދަށްވާކަން ހިމެނެއެވެ. އަދި މިކަހަލަ ކުދިން މަރުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިތުގެ މައްސަލަތަކާއި ސްޓްރޯކްޖެހުން ހިމެނެއެވެ. މިކަހަލަ ކުދިން ދުނިޔޭގައި ހުންނާނެކަމަށް ބެލެވެނީ 13 އަހަރުކަމަށާއި ނަމަވެސް ބައެއް ކުދިން 20 އަހަރުގައިވެސް މަރުވެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިއީ މިހާތަނަށް އަދި އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ.

 

މައުލޫމާތު: ޑެއިލީމެއިލް

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
5

Advertisement

ގުޅުންހުރި ލިޔުންތައް