Advertisement
header ad
XeeTimesXeeTimes
އުފާވެރި ދިރިއުޅުމަކަށް ބާއްޖަވެރިކަމުގެ ދެ އަސާސު އަދާކުރުމަށް އަވަސްވެގަނޭ! ދީން

އުފާވެރި ދިރިއުޅުމަކަށް ބާއްޖަވެރިކަމުގެ ދެ އަސާސު އަދާކުރުމަށް އަވަސްވެގަނޭ!

އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސު ކަމުގައިވާ އީމާންކަމާއި، މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭޙަތްތެރިވެ ވަޞިއްޔަތްކޮށްފައެވެ.

" މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދު. ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނެއް؟ މި މަތިވެރިކަމާއި ބާއްޖަވެރިކަން ޙާޞިލުކުރުމަށްޓަކައި ނަމާދަށް ފަރުވާތެރިވަނީ ކިތައް މީހުން؟ ވަޒީފާއަށް ދިއުމަށްޓަކައި ހެނދުނު ހެނދުނާ ތެދުވާއިރު ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރަނީ ކިތައް މީހުން؟. " ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން ބުނަން ނޭނގޭހާ ހިތްހަމަޖެހުމާއި، އުފާވެރިކަން އިޙްސާސް ކުރެވޭއިރު، ﷲ ތަޢާލާއާ ތިބާއާ ދެމެދު އެ ޤާއިމު ކުރެވުނީ މަތިވެރި މުޤައްދަސް ގުޅުމެކެވެ.

Article - in content
Advertisement

" އެއީ ތިބާގެ އަމާޒަކީ، އަދި ޙަޔާތުގެ މަޤްސަދަކީ ވެސް ﷲ ތަޢާލާގެ ރުއްސެވުން ލިބިގަތުން ކަމުގައި ވާތީ. ތިބާއަށް އެ އަމާޒަށް ވާސިލުވެވިއްޖެނަމަ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނީ. އެ އުފަލާއި ހިތްހަމަޖެހުމަކީ މަޤާމަކުން މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނެ އެއްޗެއް ނޫން." ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށާއި، އެމީހެއްގެ ހުރިހާ ވިސްނުމަކާއި ފިކުރެއް، އާޚިރަތް ޙާޞިލުކުރުމަށް ހުސްކޮށްފި މީހާގެ ހިތުގައި ފުދުންތެރިކަން ލައްވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އެމީހެއްގެ ހުރިހާވެސް ވިސްނުމަކާއި ފިކުރަކީ ދުނިޔެ ޙާޞިލުކުރުން ކަމުގައި ހަދައިފި މީހާގެ ބޭނުންތައް ނުފުދިފައިވާތަން ﷲ ތަޢާލާ އޭނާއަށް ދައްކަވާނެކަމަށް ވެއެވެ.

މާތް ﷲ އަށް އީމާންވުމުގެ މާނައަކީ، އެކަލާންގެއީ އެއްކައުވަންތަ އިލާހު ކަމާއި، ބައްލަވައިވޮޑިގަންނަވާ، އައްސަވައިވޮޑިގަންނަވާ ރަސްކަލާންގެ ކަމާއި، އެކަލާންގެ މެނުވީ، ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަން ހިތުން ތެދުކޮށް، ކަށަވަރުކޮށް، ޤަބޫލުކުރުމެވެ. އޭރުން އެމީހަކަށް ހަމަޖެހުމާއި، އުފާވެރިކަން އިހުސާސް ކުރެވޭނެ ކަމަށް ޚުތުބާގައި ވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —