Advertisement
header ad
XeeTimesXeeTimes
އާއިލާއެއްގެ 11 މީހުންގެ ތެރެއިން 9 މީހުންނަކީ އުފެދުމުގައި ތަފާތުބައެއް! ހާދިސާ

އާއިލާއެއްގެ 11 މީހުންގެ ތެރެއިން 9 މީހުންނަކީ އުފެދުމުގައި ތަފާތުބައެއް!

ދުނިޔޭގައި އެކި މީހުންނަށް ދިމާވަނީ އެކިގޮތްކަން މިއީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ހަގީގަތެކެވެ. މިއީވެސް އުފެދުމުގައި ތަފާތު ބައެކެވެ. އެކަމަކު ހިތްވަރު ދޫނުކޮށް ދިރިއުޅުމައިގެން ކުރިއަށްދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ހައިދަރުއާބާދަށް އުފަން ރާޖު ނަމަކަށް ކިޔާ މި މީހާގެ އިތުރުން އެއާއިލާގެ 11 މެންބަރުންގެތެރެއިން 9 މީހުންނަކީ އުފެދުމުގައި "ޑްވާފިޒަމް" ނަމަކަށްކިޔާ ކޮންޑިޝަންއެއް ކުރިމަތި ވުމުގެ ސަބަބުން އިސްކޮޅުން ކުރުކޮށް ތިބޭބައެކެވެ. އެވްރެޖްކޮށް މިފަދަ މީހުންގެ އިސްކޮޅުގައި އެންމެ ދިގުވެގެން ހުންނަނީ 4 ފޫޓް 10 އިންޗި ނުވަތަ 122 އިންޗިއެވެ.

މީހުން އެމީހުންނާއި ގުޅޭގޮތުން ތަފާތު ދޮގު ވާހަކަ ދައްކާތީ ވަރަށް ދެރަވާކަމަށާއި، މިގޮތަށް ހުރުމުން މީހުން ހީ މަލާމާތްކޮށް ހަދާނެ ކަމަށާއި، އެހެންނަމަވެސް އެއިން މީހަކަށް ހިތްބުރަކަމެއް ނުބޭއްވުމަށް ބައްޕަ ބުނެފައިވާކަމަށް ރާޖު ވަނީ ފާހަގަކޮށްފައެވެ.

Article - in content
Advertisement

" އަހަރެން ނުދެކެން މިއީ އެއްވެސް މައްސަލައެއް ކަމަކަށް. މީހުން އަހާފާނެ ކީއްވެހޭ ތިހާކުރުކޮށް ތިހުންނަނީ؟ ކޮންހިސާބަކުން އައި މީހެއްހޭތީ؟ ކީއްވެހޭ ތިހެންވީ؟ މިބާވަތުގެ ޖަވާބުދޭން އުދަގޫ އެތަކެއް ސުވާލުތަކެއް ކޮންމެ ދުވަހަކުވެސް އަހަރެންނާއި އަންނަނީ ކުރިމަތިވަމުން." ކައިވެނި ހަފްލާތަކަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔާމީހެއްގެ ވަޒީފާ އަދާކުރާ ރާޖު ބުނެފައިވެއެވެ.

ރާޖް، އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި އެކު

އޭނާ އަދާކުރާ ވަޒީފާ އަކީ އެގޮތަށް ކުރުކޮށްތިބޭ ފިރިހެނުންނަށް އަދާކުރަން ފަސޭހަ ވަޒީފާއެއް ކަމުގައިވިޔަސް އަންހެނުންނަށް އަދާކުރަން ވަރަށް އުދަގޫ ވަޒީފާއެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިފަދަ މީހުންނަށް ވަޒީފާދޭންވެސް ބައެއް މީހުން ދެކޮޅުހަދައެވެ. މިހުރިހާ ގޮންޖެހުންތަކާއެކުވެސް މި އާއިލާ އެންމެން މަސައްކަތްކުރަނީ ގަދައަޅާ ދިރިއުޅުން ކާމިޔާބު ކުރުމުގެ ރޫހުގައެވެ.

"އަހަރެމެން އެހެން މީހުންނާއި ތަފާތު ގޮތަކަށް ތިބުމަކީ އެއްގޮތަކަށްވެސް ދެރަވާންޖެހޭ ކަމެއްކަމުގައި ނުދެކެން" ރާޖް ބުނެފައިވެއެވެ.

މިއާއިލާގެ އިތުރު އަންހެން މެންބަރަކު ފާހަގަކުރިގޮތުގައި އޭނާ ބޭނުންވަނީ އެކައުންޓެންޓަކަށް ވާށެވެ. "އެކައުންޓެންޓަކަށް ވުމުގެ ހުވަފެން ހަގީގަތަކަށްވެވޭނީ އަހަރެމެން ކަހަލަ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން. އަހަރެން އިސްކޮޅުން ކުރުވީމަ ވަޒީފާއެއް ނުލިބޭ." އޭނާ ބުނެފައިވެއެވެ.  

ބޭރުފުށުން މީހާ ފެންނަން ހުންނަގޮތަށް ފާޑުކިޔާ، އެފަދަ މީހުންނާމެދު ތަފާތުކުރުމުގެ ބަދަލުގައި ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމާތޯއެވެ.  

މަސްދަރު: ޑެއިލީމެއިލް، ނިއުސްފްލެއަރ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —