Advertisement
header ad
XeeTimesXeeTimes
އާދަމުގެ ދަރިޔާއަށް މައިކަށި ތެދަށް ބެހެއްޓޭވަރުގެ ކާއެތިކޮޅެއް ފުދޭ! ދީން

އާދަމުގެ ދަރިޔާއަށް މައިކަށި ތެދަށް ބެހެއްޓޭވަރުގެ ކާއެތިކޮޅެއް ފުދޭ!

ކެއުން ބުއިމުގެ އިސްލާމީ އަދަބުތަކާއި ގުޅޭގޮތުން މިއަދު ގެނެސްދިން ހުކުރު ޚުތުބާގައި ބުނެފައިވަނީ އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ތެދަށް ބެހެއްޓޭވަރުގެ ކާއެތިކޮޅަކުން ފުދޭ ކަމަށާއި، މަދުމިންވަރަކުން ނުފުދޭ މީހާ އޭނާގެ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި ތިންބައިކުޅަ އެއްބަޔަށް ފެންބޯށެވެ. އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓާށެވެ.

" ހަދީޘުން އެނގެނީ ކެއުން ބުއިން ގިނަކުރުމަކީ ރަނގަޅުކަމެއް ނޫންކަން. އަންގަވަނީ ތިބާ ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ވަރުގެ ހަކަތައެއް ލިބިގެންވާ މީހަކަށް ވާން. އެއަށްވުރެ އިތުރު ނުކުރުމަށް. ބަނޑުހައި ނުވަނީސް ނުކާން. އަދި ކާއިރު ބަނޑު ފުރެންދެން ނުކާން." ހުކުރު ޚުތުބާގައިވެއެވެ.

ކާނާ އަކީ އިންސާނާ އަށް ޟަރޫރީ އެއްޗަކަށް ވާތީ އިންސާނާއަށް ކާބޯތަކެއްޗާ ނުލައި މި ދުނިޔެއަކު ނުއުޅެވޭނެ ކަމަށާއި، އިންސާނުން ކާނާއާއި މެދު ދެކެންޖެހޭނީ އެއީ ދިރިހުރުމުގެ ވަސީލަތެއް ކަމުގައި ބުނެފައިވެއެވެ.

Article - in content
Advertisement

" ކާނާއިން މުސްލިމަކަށް ހާސިލުވާންޖެހޭ މަޤްސަދަކީ މާތްﷲ އަންގަވާފައިވާ ގޮތަށް މި ދުނިޔޭގައި އުޅެ އެކަލާންގެ ރުހިވޮޑިގަތުން ހާސިލުކުރުން. ރުހިވޮޑިގަތުން ލިބޭނީ މާތްﷲ އަންގަވާފައިވާ ގޮތަށް ކާބޯތަކެތި ހޯދައިގެން. އަދި ކައި އުޅޭތަކެތި ހަލާލު އެއްޗެހި ކަމުގައި ހަދައިގެން."

ކެއުން ބުއިމުގެ އަދަބުތަކުގެ ތެރޭގައި މާތް ﷲ ގެ އިސްމުފުޅުން ފެށުމާއި ކަނާތުން ކެއުމާއި ބުއިން ހިމެނެއެވެ. ކައިނިމިގެން މާތް ﷲ އަށް ޙަމްދު ކުރުމަކީ ވެސް ކެއިންބުއިމުގެ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުގެތެރޭގައި ކޮޅަށްހުރެ ނުކެއުމާއި، ފެން ބޯއިރު ލަސްލަހުން އެތިއެތިފޮދުން ދަމާލައިގެން ބުއިން ހިމެނޭކަމަށާއި، ތިން ނޭވާއިން އެއްޗެހި ބުއިމަށް އަންގަވާފައިވާ ކަމަށް ވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. އަދި ކާއިރު ތަށީގެ ކައިރި ފަރާތުން ކެއުމާއި ބޯއިރު ތަށީގައި ތުން ޖަހައިގެން ބުއިން ވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —