Advertisement
header ad
XeeTimesXeeTimes
ޖޯކު: ހައްވަ އާއި ބޭންކް ހާދިސާ

ޖޯކު: ހައްވަ އާއި ބޭންކް

ހައްވަ ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ގޮވާލަން ގޮސް އެމީހާއަށް ދޭން ހަދިޔާއެއް ގަންނާނަމޭ ހިތާ ހޮސްޕިޓަލުގެ ގިފްޓް ޝޮޕަށް ވަދެ ފުރުޓް ބާސްކެޓެއް ނަގާފައި ރުފިޔާ ދައްކަން ކޭޝްކާޑް ދިއްކޮށްލިއެވެ.

ކޭޝިއަރަކަށް އިން ކުއްޖާ: މިއަދު ކޭޝްކާރޑް މެޝިނަށް މައްސަލައެއް ޖެހިފައި ހުރީ. ދައްތަ އަތުގައި ލާރި އެބަހުރިތަ؟

ހައްވަ: ކާރޑް އޮތީމަ ރުފިޔާ ނުގެންނަން. ދެން ކިހިނެއް ހަދާނީ؟

Article - in content
Advertisement

ކޭޝިއަރު: ބޭންކަށް ދާންވީނު ރުފިޔާ ނަގަން.

ހައްވަ: އާނ މާދުރަކަށް ދާކަށް ނުޖެހޭނެއެއްނު. މިތަނަށް ވަދެގެން އައިއިރު ފެނުނޭ ބްލަޑް ބޭންކް ކިޔާ ބޭންކެއް.

ކޭޝިއަރު: ހައްވައްތަ. އެތަނުން ރުފިޔާ ނުނެގޭނެ. އެއީ ލޭ ރައްކާކުރާ ބޭންކެކޭ.

ހައްވަ: ނޭނގޭނެއްނު ހަބީބު ބޭންކް، ސްޓޭޓް ބޭންކް، ބްލަޑް ބޭންކް، ކޮންމެވެސް ނަމެއް ކިޔާފައި ބޭންކެކޭ ވިއްޔާ މިކިޔަނީ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —