ބޭނުންވާ ތަކެތި:
1 ބިސް (ހުދުބައި ވަކިކޮށްފައި)
½ ލުނބޯ (ޖޫސް)
Advertisement
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ބިހުގެ ހުދުބައި ވަކިކޮށްލުމަށްފަހު ތައްޓަކަށް އަޅައިގެން ފޮނުއަރަންދެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް ލުނބޯ ޖޫސް އެޅުމަށްފަހު ރަނގަޅަށް އެކުވަންދެން ގިރާލާށެވެ. މިހާރު އެހުރީ މާސްކް ތައްޔާރު ކުރެވިފައެވެ.
މޫނު ރަނގަޅަށް ދޮވެލުމަށްފަހު ހިއްކާލާށެވެ. އަދި ފިއްސެއް ބޭނުންކޮށްގެން މޫނުގައި ހާކާށެވެ.
15 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު އައިސް ފެންފޮދަކުން މޫނު ދޮވެލާށެވެ. އެއަށްފަހު މޮއިސްޗަރައިޒާއެއް ހާކާލާށެވެ. މިގޮތަށް ހަފްތާއަކު ދެފަހަރު މި މާސްކް ބޭނުންކޮށްލުމުން މޫނުމަތީގައި ހުންނަ 'ޕޯރސް' ތައް ބެދެން ފަށާނެއެވެ. އަދި މޫނުގެ ހަންގަނޑު ކުރިއަށްވުރެ އޮމާންވެފަ ރީތިކަމަށް އިހުސާސް ކުރެވޭނެއެވެ.










