September 19, 2024 12:47
Advertisement

-Advertisement-

އެންމެ ރީތި ސާމަރާ ދޫނީގެ މައުލޫމާތު: ފިޔަގަނޑު ރީތީ ފިރިހެން ދޫނީގެ!

އެންމެ ރީތި ފިޔަގަނޑުލީ ދޫނިތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައި ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ސާމަރާ ދޫނި ނުވަތަ ޕީކޮކުގެ ފިޔަގަނޑު ރީތިކޮށް ހުންނަނީ އޭގެ ފިރިހެން ދޫނީގައެވެ. ޕީކޮކް ކިޔަނީވެސް ފިރިހެން ދޫންޏަށެވެ. އަންހެން ދޫންޏަށް ކިޔަނީ ޕީހެން އެވެ.

ސާމަރާއި ދޫންޏާއި ގުޅޭގޮތުން އާންމުންނަށް ނޭނގޭ ގިނަ މައުލޫމާތުތަކެއް މިރިޕޯޓުގައި ހިމަނާލާނަމެވެ.

ސާމަރާ ދޫނީގެ އަންހެން ނުވަތަ ފިރިހެން ދޫނި ވަކިކުރަން ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، އޭގެ ފިޔަގަނޑު ފަހަތަށް ދިގުކޮށް ފެހި ކުލައިގެ ފަތްތައް މި ހުންނަނީ އޭގެ ފިރިހެން ދޫނީގައެވެ. އަންހެން ދޫނީގެ ފިޔަގަނޑު ކުޑަވެފައި ފިޔަތަކުގައި ހުންނަނީ ފެހި އަދި ޗޮކްލެޓް ކުލައެކެވެ.

Advertisement

ސާމަރާ ދޫނީގެ ބިސް ފާވެ ފިޔޮއް ނިކުންނައިރު އޭގައި ހުންނަނީ އާދައިގެ ޗޮކްލެޓް ކުލައެކެވެ. އަދި 3 މަސް ވާއިރު އަންހެން ފިޔޮކާއި ފިރިހެން ފިޔޮއް ވެސް އިންނަނީ ދާދި އެއްގޮތަކަށެވެ. އަދި 3 އަހަރުގެ ތެރޭގައި ފިޔަތައް ދިގުވާން ފަށައި އެޔަށް ކުލަ އަރައެވެ.

ސާމަރާ ދޫނީގެ ފިޔަތައް ކޮންމެ އަހަރަކު އޭތި އަމިއްލައަށް ކޮށާ ރީތިކުރެއެވެ. އާންމުކޮށް އަހަރުގައި އެ ދޫނި ދަރިމައިވާ ދުވަސްވަރުގައި ފަތްތައް މިގޮތަށް އަމިއްލައަށް ކޮށައެވެ.

ސާމަރާ ދޫނީގެ ފިރިހެން ދޫނި ފިޔަގަނޑު ހުޅުވާލުމުން ގިނަ އިންސާނުން އެކަމާއުފާކޮށް އެ ރީތި މަންޒަރު ފޮޓޯނަގާ ހަދާއިރު، އަސްލު ފިރިހެން ދޫނި ފިޔަގަނޑު ހުޅުވާލަނީ އޭގެ އަންހެން ދޫންޏަށް ދެއްކުމަށް ކަމަށް ދޫންޏާއި ބެހޭ ދިރާސާ ކުރާ ސައިންސްވެރިން ބުނެއެވެ.

އަދި ސާމަރާ ފިރިހެން ދޫނި ފިޔަގަނޑު ހުޅުވާލާ އަޑުލައްވާ ހަދަނީ އެމީހުންގެ ބައިވެރި އަންހެން ސާމަރާ ދޫންޏެއް ހޯދުމަށްކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

ކޮންމެ ސާމަރާ ދޫންޏެއްގެވެސް ބޮލުގައި ދިގަށް ކުދި ކުދި ފިޔަތަކެއްލާފައި ހުރެއެވެ. މިއީ އެމީހުންގެ އެންޓަނާތަކެވެ. ވަށައިގެންވާ މާހައުލުގައި ހިނގާކަންކަން ދިރާސާކޮށް ސަމާލުވެތިބުމަށް މި އެންޓަނާތަކުން މި ދޫންޏަށް އެހީވެދެއެވެ. ފިރިހެން ސާމަރާ ދޫނި ފިޔަގަނޑު ހުޅުވާލާ ފިޔަގަނޑު ތަޅުވާލުމުން އަންހެން ސާމަރާ ދޫނިތަކަށް އޭގެ ސިގްނަލް ލިބެނީ މި އެންޓަނާތަކުންނެވެ.

އިނގިރޭސިންނާއި އޮސްޓްރޭލިއާ މީހުންގެ ޒަމާންވީ ކައްކާ ފޮތްތަކުން އެނގޭ ގޮތުގައި ސާމަރާ ދޫނީގެ މަސް ކުރިން ކައި އުޅުނުކަމަށް ދައްކައެވެ. އޭރުގެ މީހުން ބުނާގޮތުން ނަމަ، ކުކުޅުމަސް، ހާ، ސާމަރާ ދޫނީގެ މަސް މީރު ނޫންކަމަށާއި އޭގެ މަހުގެ ރަހަ ވެސް އެހާ މީރު ނޫންކަމަށް ބުނެއެވެ. ގިނަ ގައުމުތަކެއްގައި މިހާރު ވަނީ ސާމަރާ ދޫނި ހިމާޔަތްކޮށްފައެވެ. އިންޑިއާގެ ގައުމީ ދޫންޏަކީވެސް ސާމަރާ ދޫންޏެވެ.

ޖަނަވާރުންގެ ތެރޭގައިވެސް އެއް ބާވަތެއްގައި ތަފާތު ކުލަ ހުންނަ ފަހަރު އާދެއެވެ. އެގޮތުން ބައްޔެއްގެ ސަބަބުން އެއް ބާވަތެއްގެ ޖަނަވާރުތަކުގެ ތެރެއިން ދެ ތިން އެއްޗެއްގެ ކުލަ ތަފާތުވެއެވެ. ސާމަރާ ދޫނީގައި ފެހި އަދި ނޫ ކުލައިގެ ފަތްތަކެއް ހުންނައިރު، އެއްކޮށް ހުދުކޮށް ހުންނަ ސާމަރާ ދޫންޏެއްވެސް ހުރެއެވެ. މިއީ އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން އޭގެ ކުލަ ތަފާތުވަނީ ކަމަށް ސައިންސްވެރިން ބުނެއެވެ.

މާ އުހަށް ނުއުދުހެވުނު ނަމަވެސް އެއްގަހުން އަނެއް ގަހަށް ސާމަރާ ދޫނި އުދުހި އުޅެއެވެ. މިއީ ޝިކާރަވެރިންނާއި ބޮޑެތި ޖަނަވާރުންގެ ކިބައިން ސަލާމަތްވުމަށެވެ.

+1
7
+1
8
+1
1
+1
0
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް