November 22, 2024 11:07
Advertisement

-Advertisement-

ޒުވާންކަން އިތުރުކޮށްދީ ސިއްޙީ ގިނަ ފައިދާތަކެއް ލިބިދޭ މޭވާއެއް!

މެންގޯސްޓީން އަކީ "ކްއީން އޮފް ފްރުޓް"ގެ ނަންވެސް ދެވިފައިވާ މޭވާއެކެވެ. މިމޭވާއަކީ ހުތްފޮނި ރަހައެއްލާ ވަރަށް މީރު މޭވާއެކެވެ. މީގެ ގަސް އާއްމުގޮތެއްގައި ހެދެނީ 31 ފޫޓަށެވެ. މިގަހުގެ ފަތަކީ ވަރަށް ބޯކޮށް ހުންނަ ފެހިކުލައިގެ ދަޅައެއްއަޅާ ފަތެކެވެ. ފަތުގެ ބޮޑުމިނަކީ ގާތްގަޑަކަށް 15 ނޫނީ 25 ސެންޓިމީޓަރ ދިގުމިނެވެ.

މިގަހުގައި ރޯސްޕިންކް ކުލައިގެ މަލެއް އަޅާއިރު، މިމޭވާ ހުންނަނީ ކުދި އޮރެންޖުގެ ސައިޒަށެވެ. ބޭރުގައި ދަބުކުލައިގެ ވަރަށް ހަރު ތޮއްޓެއް އިންނަ މިމޭވާ ފަޅާލާއިރު އެތެރޭގައި އިންނަ ހުދުކުލައިގެ މަޑުބައިގެ އެތެރޭގައި އޮށެއް އިދެއެވެ. މި އޮށަކީ އަލްމަންޑް ގޮތަށް އަދި ހަމަ އެސައިޒަށް އިންނަ އޮށެކެވެ. މިގަހުގައި އޮށް އެޅުމަށް 8 އަހަރާއި 15 އަހަރުގެ މުއްދަތެއް ނަގައެވެ. ސައިންޓިފިކް ނަމަކަށް ކިޔަނީ "ގާސިނިއާ މެންގޮސްޓާނާ" އެވެ.

މިމޭވާ އާއްމުކޮށް ހެދެނީ ސައުތުއީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޯރ ފަދަ ގައުމުތަކުގައެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައިވެސް ކޮންމެވެސް ވަރަކަށް މިމޭވާ ހެދެއެވެ. މިމޭވާ އަކީ ތައިލެންޑްގެ ގައުމީ މޭވާއެއްގެ ގޮތުގައި ހިމެނިފައިވާ މޭވާއެކެވެ. ޖޫސް ގިރައިގެން އަދި ދަޅުކާނާގެ ގޮތުގައި ބަންދުކޮށްގެންވެސް މިމޭވާ ލިބެންހުރެއެވެ. ބޮޑަށް މެންގޯސްޓީން އަކީ ތާޒާކޮށް ބޭނުންކުރާ މޭވާއެކެވެ.

Advertisement

މެންގޯސްޓީން ގަހުން ހަކީމީ ބޭސްވެރިކަމަށް ބޭނުންކޮށް އުޅެއެވެ. އަދި ޚާއްސަކޮށް ކެންސަރު ބަލީގެ ފަރުވާއަށްވެސް މިމޭވާއަޅާ ގަހުން ބޭސް ހަދައެވެ. މިމޭވާއަކީ މޫސުމީ މޭވާއަކަށް ވާތީ އަހަރުގެ ހުރިހާ ދުވަހެއްގައި މިމޭވާ ލިބެން ނުހުރެއެވެ.

މިމޭވާއިން ލިބިދޭ ފައިދާތަކުގެ ތެރޭގައި:

1 ނިޔުޓްރިޝަންގެ މާއްދާ ވަރަށްމަތި މޭވާއަކަށްވާއިރު މީގައި ކެލޮރީސް ވަރަށް މަދެވެ. ވިޓަމިންސް އަދި ޚާއްސަކޮށް ވިޓަމިންސީ އަދި މިނަރަލްސްވެސް އެކުލެވިގެންވާ މޭވާއެކެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް އެކުލެވޭ މިމޭވާއަކީ ތަފާތު ގިނަ ފައިދާއެކުލެވިގެންވާ މޭވާއެކެވެ.

2 އެންޓިއޮކްސިޑެންޓް ވަރަށްބޮޑަށް އެކުލެވިގެންވާ މިމޭވާ ގިނަ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ. މިއީ ކެންސަރ އަދި ހަކުރުބަލި ފަދަ ބަލިތަކުންވެސް ރައްކާތެރިކޮށްދޭ މޭވާއެކެވެ.

3 ބަރުދަން ލުއިކުރުމަށްވެސް އެހީވެދިނުމުގެ އިތުރަށް ބްލަޑް ޝުގަރ ކޮންޓްރޯލް ކުރުމަށްވެސް އެހީތެރިވެދެއެވެ.

4 މެންގޯސްޓީންގެ ގަހުގެ މުލުން އަންހެނުންގެ މައްސަރު ކަންތަކަށް ފަރުވާކުރުމަށް އިންޑޮނޭޝިއާގައި ބޭނުންކުރެއެވެ. ގަވާއިދުން ޕީރިއަޑް ވުމަށް އެހީވެދޭކަމަށް ހޯދުންތަކުން ހޯދިފައިވާ މިފަރުވާއަކީ އިންޑޮނޭޝިއާގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ބޭހެކެވެ.

 

5 މިމޭވާ ބޭނުންކުރުމުން ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފެހެއްޓުމާއި، ހާރޓްރޭޓް އާދައިގެވަރެއްގައި ހިފެހެއްޓުމަށްވެސް އެހީތެރިވެދެއެވެ. މީގެ ސަބަބުން ހާރޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

6 މިމޭވާގެ ސަބަބުން ޒުވާންކަން އިތުރުކޮށްދީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް އެހީތެރިވެދެއެވެ. މޫނުގައި ޖެހޭ ރޫތަށް ޖެހުން ލަސްކޮށްދީ ހަދައެވެ.

7 ބަނޑުގެ އެކިކަހަލަ ބަލިތަކަށްވެސް އެހީތެރިވެދީ ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ މިމޭވާއަކީ ކޮންމެހެން ނުކާދޫކޮށްލެވޭނެ މޭވާއެއް ނޫނެވެ.

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ ހެލްތްލައިން / އޯގަނިކްފެކްޓްސް

+1
0
+1
5
+1
2
+1
0
+1
0
+1
0
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. އެއީ ‘ އަލްމަންޑް ‘ އެއްނޫން.
    އެލް އަކުރު ސައިލަންޓު ވާނެ.
    ކިޔާނީ ‘ އާމަންޑް ‘.

    1
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް