November 22, 2024 11:49
Advertisement

-Advertisement-

ދުޅަހެޔޮ ސިއްޙަތަކަށް ރަނގަޅު ފައިވާނެއް އިޚްތިޔާރު ކުރުން މުހިންމު

އަހަރެމެން އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ ކިހާ މުހިންމު އެއްޗެއްތޯއެވެ؟ މިކަމާމެދު ވިސްނާލަނީ ކިތައް މީހުންތޯއެވެ؟ ފައިތިލަ އަކީ އޭގެ މައްޗަށް ހަށިގަނޑުގެ ބަރުދަން ބަރޯސާވާ މުހިންމު ގުނަވަނެކެވެ. ދުވަހުގެ ގިނަ ވަގުތު އެގުނަވަނެއްގެ މައްޗަށް އެހީއަށް އެދެންޖެހިފައިވާ ގުނަވަނެކެވެ. ކަން މިހެން ހުރުމާއެކު އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ ރަނގަޅު އެއްޗަކަށްވުން ވަރަށް މުހިންމެވެ. ގިނައިރު އަރައިގެން އުޅޭ ބޫޓު ނުވަތަ ފައިވާނަކީ ފަޔަށް ފަސޭހައެއްޗަކަށް ނުވިޔަސް މާބޮޑު ފަރުވާލެއް ނުބަހައްޓާ އުޅޭ މީހުންވެސް މަދެއް ނޫނެވެ. ލޮލަށް ފެންނަ ފެނުމަށް ޗާލުވެފައި ރީތިވެއްޖެނަމަ އެއަށް އެރުމަށް ޝައުގުވެރިވެއެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ވިސްނާލުމެއް ނެތިއެވެ.

ފައިވާނެއް ނުވަތަ ބޫޓެއް ގަންނައިރު ވިސްނަންވީ ރީތި ކަމަށްވުރެ ބޮޑަށް ފަޔަށް ފަސޭހެވުމާއި އޭގެ ކޮލިޓީ އަށެވެ. ހަށިގަނޑުގެ ހުރިހާ ބާރެއް ހުންނަނީ ފައިތިލައަށް ބުރަވެފައެވެ. ކަމުނުދާ ފައިވާން ނުވަތަ ބޫޓުގެ ސަބަބުން މައިބަދައިގެ އެތައް މައްސަލަތަކެއް ދިމާވެ ދިގުމުއްދަތަކަށް އެކަމުގެ އަސަރު ކުރެއެވެ. އަގުބޮޑު ރަނގަޅު  ފައިވާނެއް ގަތުމުން އިންސާނާގެ ހަށިގަނޑުން ވަރަށް ގިނަ ސިއްޙީ މައްސަލަތަކަށް ހައްލު ލިބިގެންދެއެވެ. މިކަމަކީ އަމިއްލަ އަތުން ބޮޑު ޚަރަދު ދިޔަޔަސް ކުރަން ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ފައިވާނަކަށް އަރާނަމަ ބްލަޑް ސަރކިއުލޭޝަން ރަނގަޅުވެ ސްޓްރެސް ލެވެލް ދަށްވެގެންދާ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މާގިނަ ދުވަހު އެއް ފައިވާނަކަށް އަރައިގެން އުޅެ ފައިވާން ގޭނުމުން އެފައިވާނަކަށް އަރައިގެން އުޅުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ.

އާންމުގޮތެއްގައި 500 އާއި 650 މީޓަރަށް ހިނގައިފައިވާ ފައިވާން ނުވަތަ ބޫޓެއް ހުރެއްޖެނަމަ އެއީ އައު އެއްޗަކަށް ބަދަލު ކުރަންޖެހޭނެ އެއްޗިއްސެވެ. އަދި ހަމަ މިއާއިއެކު އުސްކޮށް ހުންނަ ކަށިލާފައި ހުންނަ ބޫޓަށް އަރައިގެން ހިނގާނަމަ މައިބަދައިގެ ބޮޑެތި ގެއްލުންތައް ލިބިގެންދެއެވެ. އެކަމުގެ ގެއްލުން ވަގުތުން ތިމާގެ ހަށިގަނޑުން ފެނިގެން ނުދިޔަނަމަވެސް އުމުރުން ދުވަސްވުމުން އެކަމުގެ ވޭނުގައި އުޅެންޖެހިދާނެ ކަމަށްވެސް ބައެއް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މިކަމަކީ ނޭނގި ނަމަވެސް ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

Advertisement

ފައިވާން ނުވަތަ ހީލްގެ ސައިޒު 1 އިންޗިއަށް ވުރެ ބޮޑުނޫން ފައިވާނެއް އިޚްތިޔާރު ކުރުން މުހިންމެވެ. އުސް އެއްޗަކަށް އަރާނަމަ ކުޑަ ވަގުތުކޮޅަކަށް އަރާލުމުން މާބޮޑު ގެއްލުމެއް ނުލިބިދާނެއެވެ. ގިނަ ވަގުތު އަރައިގެން ހިނގާނަމަ އެދެވިގެންވަނީ ފަޔަށް އެންމެ އެކަށީގެންވާ ރަނގަޅު ފައިވާނެއް ނުވަތަ ބޫޓެއް އިޚްތިޔާރު ކުރުމެވެ. ފައިތިލަ ނުވަތަ އުނަގަނޑުގައި ރިއްސާނަމަ، ޑޮކްޓަރުގެ ލަފާގެ މަތިން ރަނގަޅު ބްރޭންޑެއްގެ ފައިވާނެއް ހޯދައި އެފައިވާނަކަށް އަރަން ފަށައިފިނަމަ ހަށިގަނޑުގައި ހުންނަ ރިހުންތައް ފިލައިގޮސް އެކަމުގެ ވޭނުގައި އުޅެންޖެހިފައިވާ މީހުންނަށް ލުއި ލިބިގެން ދެއެވެ. ހަމަ މިގޮތަށް ގޭތެރޭގައި ހުސްފައިގައި އުޅޭނަމަ ލިބޭގެއްލުންތައް ވެސް ގިނައެވެ. ފަޔަށް ލިބޭ ގެއްލުމަކީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އެކަމުގެ އަސަރު ކުރުވާ ކަމެކެވެ.

ކަސްރަތު ކުރާއިރު ނުވަތަ ދުވާއިރުވެސް އާދައިގެ ބޫޓުގައި ދުވާނަމަ ފަޔަށް ވަރަށް ބޮޑަށް ތަދުވެ ކުދި ކުދި ޒަޚަމްތައް ލިބޭގޮތް މެދުވެރިވެއެވެ. ކަސްރަތު ކުރަންދާއިރު އެންމެ ފުރަތަމަވެސް ވިސްނަންވީ ފަޔަށް ހެޔޮވަރު ފަޔަށް އަރާމު ބޫޓެއް ގަތުމަށެވެ. ހެޔޮވަރު ނޫން ބޫޓަކަށް އަރައިގެން އުޅޭ ނަމަވެސް ފަޔަށް ގެއްލުން ލިބެއެވެ. ރަނގަޅު ސިއްޙަތެއްގައި ދިރިހުރުމަށްޓަކައި ފައިތިލަ އަކީ މުހިންމު އެއްޗެއްކަމުގައި ވިސްނައިގެން ކުރިއަށް ދިއުމަށް މަސައްކަތްކޮށްފިނަމަ ވަރަށްގިނަ ކަންކަން ރަނގަޅުވެގެންދާނެއެވެ.

+1
2
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް