Advertisement
header ad
XeeTimesXeeTimes
ތުންފަތް ކަޅުވާނަމަ ދެވިދާނެ ފަރުވާއެއް ސިއްޙަތު

ތުންފަތް ކަޅުވާނަމަ ދެވިދާނެ ފަރުވާއެއް

ތުންފަތް ކަޅުވާނަމަ ގޭގައި ދެވިދާނެ ފަރުވާއެއްގެ އަޖުމަ ބަލާލަމާހިނގާށެވެ. ތުންފަތް ކަޅުވާތީ ވަރަށް ގިނަ މީހުން ކަންބޮޑުވާ ވާހަކައަކީ އާންމު ވާހަކައެކެވެ. ބައެއް މީހުންގެ ތުންފަތް ކަޅުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަމަށްވިޔަސް އާންމުގޮތެއްގައި ތުންފަތް ކަޅުވަނީ އަވީގެ ސަބަބުންނެވެ.

އަވީގައި ގިނައިރު އުޅޭނަމަ ވެސްލިން އަކީވެސް ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. ބައެއް ސިއްޙީ މާހިރުން ވިދާޅުވަނީ ކެވޭ ބޭހެއްގެ ސަބަބުންވެސް ތުންފަތް ކަޅުވާކަމަށެވެ.

ތިރީގައި މިހިމަނާލަނީ ގޭގައި ދެވިދާނެ ފަރުވާއެކެވެ.

Article - in content
Advertisement

ބޭނުންވާތަކެތި:

1 ސައިސަމުސާ ހަކުރު

1/2 ސަމުސާ މާމުއި

1 ފަޅި ލުނބޯ

އާދައިގެ ތައްޓަކަށް މިހުރިހާ އެއްޗެއް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ދަތްއުނގުޅާ ބުރުހަކުން ތުންފަތުގައި ހާކާލާށެވެ. 5 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ދޮވެލާނީއެވެ.

ހަފްތާއަކު 2 ފަހަރު ނުވަތަ 3 ފަހަރު މިގޮތަށް މިބާވަތްތައް ހޭކުމުން ތަފާތު ފެނިގެންދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —