November 22, 2024 22:53
Advertisement

-Advertisement-

ހަށިގަނޑަށް ފެން ލިބިދޭ ފައިދާހުރި މޭވާ

އިންސާނާގެ ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ބޭނުންވެއެވެ. ފެން މަދުވުމުގެ ސަބަބުން ވަރަށް ގިނަ އުދަގޫތައް ތަހައްމަލު ކުރަންޖެހެއެވެ. އާއްމުގޮތެއްގައި ހޫނު މޫސުމެއްނަމަ ފެން ބޭނުންކުރާ މިންވަރު އިތުރުވެގެންދެއެވެ. ފެން މަދުވުމުގެ ސަބަބުން ބައެއް ބަލިތައް ޖެހުން އަވަސްވެއެވެ. ޚާއްސަކޮށް ރަމަޟާން މަހުގައި ފެން ބޮވޭ މިންވަރު މަދުވެއްޖެނަމަ ވަރަށް ބޮޑަށް ހަށިގަނޑުގެ ހަކަތަ ގެއްލެއެވެ. ބޮލުގައި ރިހުމާއި އަނބުރައިގަތުން ކަހަލަ ކަންކަން ދިމާވެއެވެ. ހަށިގަނޑުގެ ހައިޑްރޭޝަން ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ފެން ލިބިދޭ ފައިދާހުރި ކާނާ ކެއުން ވަރަށް މުހިންމެވެ. ބައެއްފަހަރު މާގިނައިން އެއްފަހަރާ ފެންބުއިމުން ބަނޑަށް އުދަގޫވާ ފަހަރުވެސް އާދެއެވެ.

ހަށިގަނޑުގައި ފެނުގެބައި އިތުރުކޮށްދޭ ފައިދާހުރި މޭވާ އާއި ގުޅޭ މައުލޫމާތު ހިމަނާލާނަމެވެ.

ކަރާ:

Advertisement

ކަރާއަކީ އާދަޔާޚިލާފަށް ފެނުގެ މިންވަރު ވަރަށް ބޮޑަށް އެކުލެވިގެންވާ މޭވާއެކެވެ. 1 ޖޯޑު ކަރާގައި 1/2 ޖޯޑު ފެން އެކުލެވިގެންވެއެވެ. އަދި މީގެ އިތުރުން ފައިބަރ، ނިއުޓްރިޝަން، ވިޓަމިން ސީ، ވިޓަމިން އޭ އަދި މެގްނީޒިއަމްގެ މާއްދާވެސް އެކުލެވިގެންވެއެވެ. ކަރަލުގައި ހިމެނޭ ފައިދާވެސް އެހާމެ ގިނަގުނައެވެ. ކެއުމުގައި ކަރާ ބޭނުން ކުރުން މުހިންމުވަނީ މިސަބަބުތަކަށްޓަކައެވެ. އަދި ހަމަ މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ކަރައަކީ ކެލޮރީސް މަދު ޑައެޓް ކުރާ މީހުންގެ މެދުގައިވެސް މަގުބޫލު މޭވާއެކެވެ.

ސްޓްރޯބެރީ:

މިއީވެސް ފުދޭވަރަކަށް ފެން އެކުލެވިގެންވާ މޭވާއެކެވެ. މިމޭވާގެ ބަރުދަނުގެ 91 ޕަސެންޓަކީ ފެނެވެ. ސްޓްރޯބެރީއަކީވެސް ވަރަށް ގިނަ ސިއްޙީ އިތުރު ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. ފައިބަރ، ވިޓަމިންސް އާއި މިނަރަލްސްގެ މާއްދާ ހިމެނިގެންވާ މިމޭވާ ކެއުމުން ހަށިގަނޑަށް ތާޒާކަން ގެނެސްދެއެވެ. މީގެ އިތުރުން މިމޭވާ ކެއުމުން ހިތުގެބަލި، ހަކުރު ބަލި އަދި ތަފާތު ވައްތަރުގެ ކެންސަރުންވެސް ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

މެލަން

މިމޭވާއަކީ ވަރަށް ބޮޑަށް ނިއުޓްރިޝަންގެ މާއްދާ އެކުލެވިގެންވާ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ. 1 ޖޯޑް މެލަން އިން 90 އިންސައްތަ ފެން ހަށިގަނޑަށް ފޯރުކޮށްދެއެވެ. އަދި ވަރަށް ބޮޑަށް ބަނޑު ފުރިފައިހުރިކަން އިހްސާސްކޮށްލަދެއެވެ. މިކަމުގެ ސަބަބުން ކާހިތްމަދުވެ ހަށިގަނޑު ލުއިކޮށްދެއެވެ. ރޯދަ މަހު ރޯދަ ވީއްލާ ގަޑީގައި ކެއުމަށް ބޭނުންކުރަން މިއީ ވަރަށް މުހިންމު މޭވާއެކެވެ. މިމޭވާގައި ވިޓަމިންއޭގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ.

ޕީޗް:

މިމޭވާއަކީވެސް ހަމަ އާދަޔާޚިލާފަށް ފެނުގެ މާއްދާ ހަށިގަނޑަށް ފޯރުކޮށްދިނުމުގައި އެހީވެދޭ ފައިދާހުރި ރަނގަޅު މޭވާއެކެވެ. މިމޭވާގައިވެސް ވިޓަމިންގެ ވަރަށް ގިނަ މާއްދާ އެކުލެވިގެންވެއެވެ. ޕޮޓޭސިއަމްގެ މާއްދާވެސް ލިބިދޭ މިފައިދާހުރި މޭވާއަކީ ކެއުމުގައި އެކިގޮތްގޮތަށް ބޭނުންކުރެވިދާނެ މޭވާއެކެވެ.

އޮރެންޖް

އޮރެންޖަކީވެސް ފެނުގެ މާއްދާ ލިބިދޭ މީރު މޭވާއެކެވެ. ރޯގާ ޖެހުމުންވެސް އާއްމުގޮތެއްގައި ބޭނުންކުރާ މިމޭވާއަކީ ވަރަށް ގިނަގުނަ ފައިދާ ލިބިދޭ މޭވާއެކެވެ. އޮރެންޖް ބޭނުންކުރުމުގެ ސަބަބުން ކިޑްނީގައި އުފެދޭ ހިލަ ނައްތާލުމަށް އެހީތެރިވެދެއެވެ.

 

މައުލޫމާތު: ހެލްތްލައިން

+1
1
+1
0
+1
4
+1
0
+1
1
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް