November 23, 2024 08:10
Advertisement

-Advertisement-

ރެސްޓޯރެންޓުތަކުން ކެއުމުން ދިރިއުޅުމަށް އަންނަ ބަދަލު ފާހަގަވޭތަ؟

ރެސްޓޯރެންޓުތަކުން ކެއުން އަދި ކޮފީ ތަކަށް ދިއުންވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. ގިނަ މީހުން ރެސްޓޯރެންޓު ނުވަތަ ކެފޭ ތަކުން ކައިބޮއިހަދަނީ ބައެއް ކަހަލަ ސަބަބުތަކަކަށްޓަކައެވެ. އެއްބަޔަކު ގާތްމީހުންނާއެކު ހިތްހަމަޖައްސާލުމަށް ނުވަތަ އަނެއްބަޔަކު ތަފާތު މީރު ކެއުމެއް ކާލުމުގެ ބޭނުމުގައެވެ. މިކަހަލަ ސަބަބުތަކެއް ވާއިރު އަބަދު ރެސްޓޯރެންޓްތަކުން ކެއުމުން ހަށިގަނޑަށް ސިއްޙީގޮތުން ގެއްލުންތަކެއް ލިބޭފަހަރުވެސް އާދެއެވެ. މިކަމުގައި ކުރިމަތިވާ އުދަގޫތައް އެކި މީހުން މިނެކިރާނީ އެކި ވަރަށެވެ.

ރެސްޓޯރެންޓުތަކަށް ދިއުމުން ދިރިއުޅުމަށް ކުރެވޭ ނޭދެވޭ އަސަރުތައް

އާއްމުގޮތެއްގައި ރެސްޓޯރެންޓުތަކުން ކާނަމަ އެކުރެވެނީ ބޭކާރު ޚަރަދެކެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން އާއިލާއަށް ވަގުތު ދިނުމަށްވެސް ހުރަސް އެޅެއެވެ. ގޭގައި ކައްކައިގެން ކާނަމަ ރައްކާ ކުރެވެނީ ކިހާ ފައިސާއެއްތޯ ވިސްނާލީ ކިތައް މީހުންތޯއެވެ.

Advertisement

އެންމެ ފުރަތަމަ ކަމަކަށް އަނބިމީހާ އަމިއްލައަށް ކައްކާ އެއްޗެހި ކާނަމަ ދެމަފިރިންގެ ދެމެދުގައި ލޯތްބާއި ކުލުނު އުފެދިގެން ދެއެވެ. މީރުކޮށް ކައްކާނަމަ އެކަމަށް ތައުރީފު ކުރުމުގެ ފުރުސަތުވެސް ލިބެނީ މިކަން މިގޮތަށް ކުރެވިގެންކަން ޔަގީނެވެ.

ދެވަނަ ކަމަކަށް ގޭގައި ކައްކައިގެން ކާނަމަ ދަރިންނަށް އެދަސްކޮށްދެވެނީ ކިހާ ރީތި އާދައެއްތޯއެވެ. ކުޑަކުދިންނަކީ އަބަދުވެސް އެކުދިންނަށްވުރެ ބޮޑަށް ތިބޭ ބަޔަކު ނަމޫނާއަކަށް ބަލައިގެން ކަންކުރާ ކުދިންނެވެ. ގޭގައި ކައްކާއިރު ދަރިން ކައިރީގައި ބަހައްޓައިގެން ކެއްކުމަށް އަހުލުވެރިކުރުވާނަމަ އަންނަން އޮތް ޖީލަށް އެދަސްކޮށްދެވެނީ ރަނގަޅު އާދައެކެވެ.

މަސައްކަތް ނިންމާލުމަށްފަހު ކޮންމެ ދުވަހަކު ބޭރަށް ކާން ދިއުމުގެ ބަދަލުގައި ގޭގައި ކެއުމަށް އާދަކުރުން ވަރަށް މުހިއްމެވެ. ގޭގައި ކުދިންނާއި އާއިލާއާއި އެކު ހޭދަކުރަން އޮންނަ ވަގުތުކޮޅުގައި ރައްޓެހިންނާއެކު މަޖާކޮށް ކޮފީއެއް ނުވަތަ ކެއުންތަކަށް ދާނަމަ ކުދިންނާއެކު އޮންނަ ގާތްކަން ހީނަރުވެގެން ދެއެވެ.

ބައެއްފަހަރު ބޭރުން ކެއުމަށް އޯޑަރުދޭއިރު ހުންނަ ޕޯޝަންއަށް އެއްޗެހި ގެނައުމުން އެހުސްނުކުރެވިދެއެވެ. އެހިސާބުން އެކުރެވެނީ އިސްރާފެކެވެ. 

ސިއްޙީގޮތުން ކުރިމަތިވެދާނެ ގެއްލުންތައް

ރެސްޓޯރެންޓުތަކުގައި ކައްކާ އެއްޗިއްސަކީ ސިއްޙީގޮތުން އެންމެ ފުރިހަމަ އެއްޗަކަށް ކޮންމެފަހަރަކު ނުވެދާނެއެވެ. ބައެއް ފަހަރު ރެސްޓޯރެންޓުތަކުން ކެވޭ ކާނާގެ ސަބަބުން ބަނޑަށް އުދަގޫވެ ދަތިތަކާ ކުރިމަތިވެއެވެ. މާބޮޑަށް ކުޅިކޮށް އަދި ތެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާއެއްޗެހި ގިނައިން ކާނަމަ ގޭސްޓްރިކްޓުގެ މައްސަލަ ދިމާވެ ގޮހޮރަށް ގެއްލުންތައް ކުރިމަތިކުރުވާ ފަހަރުވެސް އާދެއެވެ. އާޓިފިޝަލް ފްލޭވަރ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާނާގެ ސަބަބުންވެސް ގެއްލުންތައް ކުރިމަތިވެއެވެ. އަދި މިގޮތަށް ކާ ކާއެއްޗިއްސަށް އެލާޖިކްވެގެން އެޑްމިޓްކުރާ ހިސާބަށްވެސް ބައެއް މީހުންގެ ހާލަތު ދެއެވެ. ވަރަށްފަހުން ވަނީ ކާނާ ވިހަވެގެން އެޑްމިޓްކޮށްގެން ފަރުވާދިން ޒުވާނަކު މަރުވެފައެވެ. އެއާއިލާއިން މައުލޫމާތު ދިންގޮތުގައި އެކުއްޖާ ރެސްޓޯރެންޓަކުން ކެއީ 'ސީފުޑް'ގެ ބާވަތެކެވެ. 

ރެސްޓޯރެންޓުތަކުން ކާލަން ގިނަ މީހުން ދަނީ ހިތްހަމަޖައްސާލާ ބުރަ ދިރިއުޅުމުން ވަގުތުކޮޅެއް ގާތްމީހުންނާއެކު ހޭދަކޮށްލުމަށެވެ. މިކަން އާދައަކަށް ހެދުމުގެ ބަދަލުގައި މިކަމަކީ މަހަކު 1 ފަހަރު ނުވަތަ 2 ފަހަރު ކުރާ ކަމެއްގެ ގޮތުގައި ހަދައިފިނަމަ މިއީ ބޭކާރު ކަމެއް ނޫނެވެ. ރެސްޓޯރެންޓުން ކޮންމެ ދުވަހަކު ކާނަމަ ކަންނެތްވެ އެއްގޮތަކަށްވެސް ކައްކަން ބޭނުން ނުވާ ފަހަރުވެސް އާދެއެވެ. ކެއްކުމުގެ އުކުޅުތައް ދަސްވުމުގެ ބަދަލުގައި އެކަންކަމުން ދުރުވެވެއެވެ.

ގޭގައި ކައްކައިގެން ކެއުމަކީ ފަހަށް ރައްކާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ހަށިގަނޑަށް ފައިދާހުރި ސިއްޙީގޮތުން ރަނގަޅު ކާނާ ކެއުމަށް ލޯބިކޮށް އިސްރާފުކުރުމާ ދުރުވެ ރަނގަޅު އާދަތަކާ އެއްގޮތަށް ދިރިއުޅުން ކުރިއަށް ގެންދަން ދަސްކުރުން މުހިއްމެވެ.

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް