November 23, 2024 07:48
Advertisement

-Advertisement-

ހިނިތުންވުމުން މަހްރޫމުވެފައިވާ ކުއްޖަކަށްޓަކައި މައިންބަފައިންގެ އުދާސްތައް

ދުނިޔޭގައި އުޅޭއިރު އެކި މީހުންނަށް ދިމާވަނީ އެކި ކަންކަމެވެ. ބައެއް މީހުންނަށް ފަސޭހައިން ދަރިން ލިބެއެވެ. އެހެންނަމަވެސް ދަރިން ހޯދަން އުޅެ އެކަމުން ކާމިޔާބު ނުވެ، އަބަދުވެސް ދަރިއަކު ލިބޭތޯ މަސައްކަތް ކުރަމުންދާ މީހުންނަކީވެސް ވަރަށް ގިނަ ބައެކެވެ. ފަހަކަށް އައިސް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ، ނުވަތަ އެކި ގޮތްގޮތުން ބަލި ކުދިން ލިބޭ މިންވަރުވެސް މިވަނީ ގިނަވެފައެވެ.

ލިބުނު ދަރިފުޅަކީ ކޮންމެކަހަލަ ކުއްޖެއް ކަމުގައިވީނަމަވެސް އެއީ ހަމަ ލޮލުގެ ކޮއިފަދައިން ބަލާ ބޮޑުކުރާނެ ދަރިއެކެވެ. އެކުއްޖާއަކީ ނުކުޅެދޭ ކުއްޖެއް ކަމުގައިވީނަމަވެސް ފަރުވާ ހޯދައިގެން ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރާ ދެމަފިރިން އުޅެއެވެ.

ބުރިޓެއިންގެ ދެމަފިރިއެއް ކަމަށްވާ 'އީސްޓްވެލް' އަދި 'ތަލަން ޖޭމްސް' އަށް ލިބިފައިވާ 'ކޯޑީ ޖޭމްސް' އަކީ އުމުރުން އެންމެ 13 މަސް ފުރިފައިވާ ލޯބި ކުއްޖެކެވެ. ކޯޑީ ޖޭމްސް އަކީ އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން ހުނުން، ރުއިން ފަދަ އެއްވެސް 'ފޭޝިއަލް އެކްސްޕްރެޝަން' އެއް ނެތް ކުއްޖެކެވެ. މިބައްޔަކީ 'މޮއެބިއަސް' ކިޔާ ސިންޑްރޯމެކެވެ. މިބަލި ޖެހޭ މީހުންގެ އަދަދަކީ މިލިއަނަކުން ދޭކެވެ. އެހާ މަދުން ފެންނަ މިބަލީގެ ސަބަބުން މިކުޑަ ބޭބީއަށް ހީލާ މަޖާކޮށްލުމުގެ ނަސީބުވެސް ލިބިފައި ނުވުމުން މިކަންވީ މިކުއްޖާގެ މައިންބަފައިންނަށް ބަރުދާސްތު ކުރަން އުދަގޫ ކަމަކަށެވެ.

Advertisement

މިކުއްޖާގެ މަންމަ ބުނާގޮތުގައި ހީލާ މަޖާކޮށް އުޅޭތަން ފެނުމުގެ ނަސީބުން މަހުރޫމުވެފައިވައިވިއަސް މިކުއްޖާއަކީ ވަރަށް ވިސްނުންތޫނު އަދި އެހާމެ ލޯބި ކުއްޖެކެވެ. ކޯޑީ ވިހޭ ދުވަހު އެއްވެސް ވަރަކަށް ނުރޯތީ މިކަމާ މިދެފަރިން ވަރަށް ކަންބޮޑުވި ކަމުގައިވެސް ބުންޏެވެ.

"އެއްވެސް އަޑެއް ނުނިކުމޭ، ވިހާ ކޮޓަރި އޮތީ ހަމަހިމޭންކޮށް" ބޭބީގެ މަންމަ އީސްޓްވެލް ހިތާމައާއި އެކު ކިޔައިދިނެވެ.

އަދި މިކަމާ ވަރަށް ބޮޑަށް ހައިރާންވެ ވީގޮތެއް ބަލަން އަވަސްވެގަތެވެ. މޫނުގެ އެއްވެސް ހަރަކާތެއް ފެންނަން ނެތުމުން މިކަމާ ވަރަށް ބޮޑަށް ދެރަވެ މިކަމަކީ ކިހިނެއްވީ ކަމެއްތޯ ބަލައި އޮޅުން ފިލުވިއެވެ. "އަހަންނަށް އަޑުއިވޭ އެހެން ކުދިން ރޯއަޑު. އެކަމަކު އަހަރެންގެ ދަރިފުޅު ނުރޯތީ ވަރަށް ހިތްދަތިވި". ވަރަށް އަސަރާއެކު އީސްޓްވެލް ކިޔައިދިނެވެ. އެކަމާހުރެ އީސްޓްވެލް އަށް ވަރަށް ބާރަށް ރޮވުނެވެ. ރުއިމަށްފަހު ނިދޭތޯ މަސައްކަތް ކުރިއެވެ.
ޑޮކްޓަރ ވިދާޅުވެފައިވަނީ މިއީ ބައެއް ނާރުތައް ހަލާކުވުމުގެ ސަބަބުން ކުއްޖާއަށް ދިމާވެފައިވާ ކަމެއްކަމަށެވެ. ދުވަސްކޮޅަކަށްފަހު މަޑުމަޑުން ކޮންމެވެސް ވަރަކަށް ރަނގަޅު ވާނެ ކަމަށް ޑޮކްޓަރ ލަފާދެއްވިއެވެ.

ކޯޑީ އަށް ދިމާވެފައިވާ ބައްޔަކީ ޑައުންސިންޑްރޯމްގެ ތަފާތު ވައްތަރެކެވެ. ހިނުތުންވެ ރޯލުމުން މަހުރޫމުވިއަސް ކޯޑީ ފެންނަނީ ބަލާބެލުމަށް ބަލި ނޫން އާދައިގެ ކުއްޖެއްގެ ގޮތަށެވެ. މިއާއިލާއަށް މިދިމާވިގޮތުން މިދެފަރިން ބޭނުންވީ މިބަލި ޖެހޭ ކުދިންނަށް އެހީވުމަށް ފަންޑެއް ހުޅުވައި ދިނުމަށެވެ.

 

މައުލޫމާތު: ޑެއިލީ މެއިލް

+1
0
+1
4
+1
0
+1
0
+1
0
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް