July 1, 2024 09:37
Advertisement

-Advertisement-

ތައިރޮއިޑްގެ މައްސަލަ ހުންނަނަމަ ސަމާލުކަންދޭންވީ ކަންތައްތަކާއި ކުރަންވީ ކަންކަން

ތައިރޮއިޑުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ތައިރޮއިޑުގެ އުދަގޫ ދިމާވާ މީހުން މިހާރަކަށް އައިސް ވަރަށް ގިނައެވެ. ދިމާވާ އުދަގޫތައް ދެނެގަންނާނީ ކިހިނެއްކަން އެނގެންޖެހެއެވެ. ތައިރޮއިޑު ގްލޭންޑް އުފެދިފައި އިންނަނީ ކޮކާލެއްގެ ބައްޓަމަށެވެ. މިގްލޭންޑަކީ ސިއްހީގޮތުން ވަރަށް މުހިއްމު އަދި އެހާމެ ފަރުވާތެރިވާންޖެހޭ ގުނަވަނެކެވެ. ބައެއްފަހަރު ދިރިއުޅުން ހުންނަ ގޮތުން ކަންކަމާއި އަޅާނުލެވި ފަރުވާ ކުޑަކޮށްލެވުމުން މިކަމުގެ ނޭދެވޭ އަސަރުކުރެއެވެ.

ތައިރޮއިޑުގެ ދެވައްތަރެއް ހުރެއެވެ. އެއީ ހައިޕޯ ތައިރޮއިޑާއި ހައިޕަރ ތައިރޮއިޑެވެ.

ހައިޕޯ ތައިރޮއިޑުގެ ސަބަބުން މީހާ ވަރަށް ވަރުބަލިކޮށްލައެވެ. އަދި ކަންކަމުގައި މަޑުޖެހި ލަސްވެއެވެ. ކަރުގެ ތިރިން ދުޅަވެފައި ހުންނަހެން ފެންނަން ހުރެއެވެ. އަދި ހަމައެހެންމެ ހަށިގަނޑުގެ ބަރުދަން އިތުރުވެ ކަންނެތްކޮށްލައެވެ.

Advertisement

ހައިޕަރ ތައިރޮއިޑުގެ ސަބަބުން މީހާ ވަރަށް ހަރަކާތްތެރިވެ ހަށިގަނޑުގެ ބަރުދަން ލުއިވެއެވެ. ކަންކަމުގައި އަވަސްވެ މީހާ ވަރަށް އެކްޓިވްވެގެންދެއެވެ.

މީގެ ތެރެއިން އާއްމުކޮށް ގިނަމީހުންނަށް ޖެހޭ ތައިރޮއިޑަކީ ހައިޕޯ ތައިރޮއިޑެވެ. މިވައްތަރުގެ ތައިރޮއިޑު ހުންނަ މީހުން ކެއުމުގައި ވިސްނަންޖެހޭ ބައެއް ކަންކަން ހުރެއެވެ. ކެއުމުގައި އެއްކޮށް ދޫކޮށްލަންޖެހޭ ބައެއް ކާނާ ޑޮކްޓަރ ހަންސާޖީ އިރުޝާދުދެއްވައެވެ، އެއީ ގޮއިޓްރޯޖަން އެކުލެވިގެންވާ ބައެއް ކާނާއެވެ. އޭގެތެރޭގައި ކައްޓަލަ، ސޯޔާ ބީންސް، ކެބެޖު، ކޯލީ ފްލާވަރ، ބްރޮކޮލީ، ޕީޗް، ސްޓޯރބެރީ އަދި ޕީނަޓްސް ހިމެނެއެވެ.

މީގެތެރެއިން ހައިޕޯ ތައިރޮއިޑު ހުންނަ މީހުން ކޮންމެހެން ކާންޖެހޭ ކާނާތަކެއްވެސް ޑޮކްޓަރ ހަންސާޖީ އިރުޝާދުދެއްވައެވެ. އޭގެތެރޭގައި އައިޑިން ހިމެނޭ ބާވަތްތަކެވެ. އައިޑިން މަދުވުމުން ހައިޕޯ ތައިރޮއިޑުގެ މައްސަލަ ދިމާވާ ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. މިގޮތުން ކިރު، ސަންފްލާވަރ ސީޑްސް، ބުރައުން ރައިސް، ޔޯގަޓް ހިމެނެއެވެ. މިބާވަތްތަކަކީ ސެލީނިއަމްގެ މާއްދާ ވަރަށް ބޮޑަށް ހިމެނިގެންވާ ބާވަތްތަކެކެވެ. މިވއްތަރުގެ ތައިރޮއިޑު ހުންނަނަމަ ދުވާލަކު 4 ފަހަރު ކެއުމަށްވެސް ޑޮކްޓަރ އިރުޝާދުދެއްވައެވެ. އަދި ހަމައެހެންމެ ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ޑޮކްޓަރ ލަފާދެއްވައެވެ.

ނިދުމުގައި އާއްމުކޮށް 7 ނުވަތަ 8 ގަޑިއިރު ނިދާނަމަ އެއީ އެންމެ ރަނގަޅު ވަރެކެވެ. އެއިރުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގުފަހިވެއެވެ. 

ކަސްރަތުކުރުން

ގަވާއިދުން ކަސްރަތުކޮށް ހެނދުނު ހޭލައިގެން ގުދުރަތީ ހަމަހިމޭން މާހައުލުން ޖާގައެއް ހޯދާލުމުން ހިތަށް ލިބޭ ފިނިކަމާއި ތާޒާކަމުންވެސް މީހާގެ ހަށިގަނޑަށް ލިބިގެންދާ ލުއިތައް ވަރަށް ގިނައެވެ. ސްޓްރެސް ފިލުވާލައި މީހާ ހަމަޖެހިގެން އުޅޭނަމަ މިކަންކަމުން ދުރުވެގެންދެއެވެ. އަދި އެހެންމެ އަބަދުވެސް ހަރަކާތްތެރިކަމާއެކު މަސައްކަތުގައި އުޅެ އުފާވެރިކަން ގެނުވާނަމަ މިކަންކަމަށް ހައްލު ލިބި މީހާގެ ދިރިއުޅުމުގެ އެތައްކަމެއް ބަދަލުވެގެންދެއެވެ.

+1
3
+1
8
+1
17
+1
0
+1
2
+1
2
+1
10

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް