ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު ގައުމުތަކުގަ ކުރަން ރަނގަޅު ނޫން ކަންތައްތަކާއި އެގައުމުތަކުގެ މީހުންގެ ދިރިއުޅުމުގެ އާދަތައް ހުންނަގޮތުގެ މައުލޫމާތު ހޯދުން މުހިންމެވެ.
ތިރީގައި މިވަނީ ބައެއް ގައުމުތަކުގައި ކުރުން ރަނގަޅު ނޫން ކަންކަމެވެ.
ޖަޕާނު މީހުން ދެކޭގޮތުގައި އެހާބޮޑަށް އަނގަ ހުޅުވައިގެން ހުނުމަކީ ވަރަށް ގޯސް އާދައެކެވެ. ޖަޕާނުގައި މީހަކު އެގޮތަށް ހޭނަމަ، އެކަހަލަ މީހުންގެ އަނގަމަތީގައި އަތް އަޅާކަަމަށް ބުނެވެއެވެ.
ބޮޑުވައި އިނގިލިން 'ތަމްބްސް އަޕް' ދިނުމަކީ ގްރީސް، ސައުތު އެމެރިކާ، ބައެއް މެދުއިރުމަތީގެ ގައުމުތަކުގައިވެސް ގޯސް އާދައެކެވެ. ބަރާބަރު ނުވަތަ ވަރަށް ރަނގަޅޭ ބުނުމަށްޓަކައި 'ތަމްބްސް އަޕް' ކުރުމުގެ ބަދަލުގައި ބޯޖަހާލުން ނުވަތަ ހީލުމުން ފުދެއެވެ. އޭރުން އެމާނަ ކުރެވުނީ ރަނގަޅު ކަމަށެވެ.
ފްރާންސް، އިޓަލީ، ސްޕެއިން، އަދި ޖަޕާނުގައި ރެސްޓޯރެންޓަކަށް ކެއުމަށް ދިއުމަށްފަހު ގެނެސްފައި ހުންނަ އެއްޗެހީގެ އިތުރު އެއްޗެހި ގެނެސްދޭށޭ ބުނުން އެއީ ރަނގަޅުކަމެއް ނޫނެވެ. މިސާލަކަށް ރަހަ މީރުކޮށްލުމަށް ސޯސް، ޕެޕަރ، މިރުސް ކަހަލަ އެއްޗެއް ވަކިން ގެނެސްދޭށޭ ބުނެފިނަމަ އެއީ އެމީހުންގެ ނަޒަރުގައި ގޯސް ކަމެކެވެ. ކާއެއްޗެހި ގެނެސްފައި ހުންނައިރު އެވަގުތު މޭޒުމަތީގައި އެއެއްޗެހި ހުރެއްޖެނަމަ ބޭނުން ކުރެވިދާނެއެވެ. ނޫންނަމަ އެއެއްޗެހި ބޭނުންނުކޮށް ކެއުން އެއީ އެންމެ ރަނގަޅު ގޮތެވެ.
އޮސްޓްރޭލިއާ، އަޔަރލެންޑް، ނިއުޒިލެންޑް، ސްކޮޓްލެންޑް އަދި ނެދަލެންޑްސް ކަހަލަ ގައުމުތަކުގައި ޓެކްސީއަކަށް އަރައިފިނަމަ ފަހަތުސީޓުގައި އިންނަން ނުވިސްނާށެވެ. އޭރުން އެދެކެވެނީ އެއީ ނޯކިރީއެއްގެ ގޮތަށެވެ. އެހާވެސް ދަށުދަރަޖައިގެ ކަމެއްކަމަށް ދެކެއެވެ.
ކައިގެން ތަށި ސާފުކޮށްފައި ބަހައްޓައިފިނަމަ ފިލިޕީންސް، ޗައިނާ ތައިލެންޑް އަދި ރަޝިއާގައި ދެކެނީ އެއީ ކާއެއްޗެހި ގެނެސްދިން ރެސްޓޯރެންޓުން އޭނާއަށް ބަނޑުފުރޭ ވަރަށް ކާން ނުލިބޭ ކަމަށެވެ. އަދި އެމީހަކު ބަނޑުހައިހޫނުކަން ނުފިލާ ކަމަށެވެ.
ބައެއް އަރަބި ގައުމުތަކާއި މުސްލިމް އަދި ބުޑިސްޓް ގައުމުތަކުގައި ފައިމައްޗަށް ނަގައިގެން އިނުމަކީ ވަރަށް ހުތުރު ކަމެކެވެ. އެއީ ތިމާގެ ފައިތިލަ އަކީ އެންމެ ހަޑިކޮށް ހުންނަތަން ކަމުގައިވާތީއެވެ.
ޗައިނާ ފްރާންސް، ޖަޕާން ސައުދިއަރަބިއާ އަދި ތުރުކީގައި ނޭފަތް ސާފުކޮށް އަރިދަފުސް ފޮޅުމަކީ ވަރަށް ހުތުރު ކަމެކެވެ.
ސައުތު ކޮރެއާ އަދި ތުރުކީގައި އެއްޖީބަށް އަތް ޖަހައިގެން ހުރެ މީހުންނާ މުޚާތަބު ކުރުމަކީ ވަރަށް ގޯސް އާދައެކެވެ. އަދި އެހާމެ އަދަބު އިހްތިރާމް ކުޑަ ކަމެކެވެ.
ކާން ތަނަކަށް ހޮސްފައި އަތްތިލަ މައްޗައް ނަގައިގެން ވެއިޓަރުންނަށް ގޮވުމަކީ ވަރަށް އަދަބު އިހްތިރާމް ކުޑަކަމެއްގެ ގޮތުގައި ދެކޭ މީހުންވެސް އުޅެއެވެ.