November 23, 2024 07:56
Advertisement

-Advertisement-

ކުޅިކޮށް ކެއުން މާބޮޑުކަމަކަށް ނުވާ ސަބަބުތައް

ކުޅިކޮށް ކެއުމަށް ބައެއް މީހުން ބޭނުންވާއިރު އަނެއްބަޔަކު މިރުސްކޮޅެއް ފެނުނަސް ކާން ބިރުގަނެއެވެ. ކުޅިކޮށް ކާމީހުންނަށް މިރުސް އެއީ އެމީހުންގެ ހިތްހަމަޖެހުމެވެ. މިރުހެއް ފެންނަން ނެތިއްޔާ ކެއުމަކަށް ނުވާ މީހުންވެސް އުޅެއެވެ. ކެއުމުގައި ތަފާތު ގޮތްތައް ގެންގުޅޭ މީހުން އުޅޭއިރު، ގައިން ހިއްލައި ދާހެލި ފޮހެލުމަށްފަހުވެސް ކުޅިކޮށް ކާމީހުން އެގޮތަށް ކާން އެހާ ގަޔާވަނީ ކީއްވެބާއޭ ހިތަށް އަރައެވެ.

ކެއުމަކަށް ގޮސް އޯޑަރު ކުރާ އެއްޗެއްގައި ކުޅިރަހަ މަޑުވެއްޖެނަމަ ވަކިން މިރުސް ގެނެސްގެން ކާމީހުން އުޅެއެވެ. އޯޑަރު ކުރާ ކާއެއްޗެހި މާކުޅިވެއްޖެނަމަ އެއެއްޗެއް ނުކައި އިސްރާފުކުރާ މީހުންވެސް އުޅެއެވެ.

ކުޅިކޮށް ކާމީހުން ކުޅިކޮށް ކެއުމަށް ލޯބިކުރަނީ ވަކި ސަބަބުތަކެއް ހުރެގެން ނޫން ކަމުގައިވެސް ވެދާނެއެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަންތައްތަކެއް ހުރެއެވެ.

Advertisement

އާއިލީގޮތުން ވާރުތަވެފައި ހުރުން ނުވަތަ އާދަވެފައި ހުންނަ ކަމަކަށް ވުން

'ކެޕްސެއިސިން' ކިޔާ މާއްދާއެއް މިރުހުގައި ހުރެއެވެ. ބައެއް މީހުންނަށް ކުޅިވާ މިންވަރު ބޮޑުވިއަސް ކުޅިކޮށް ކާލުމަކީ މާ އުދަގޫ ކަމަކަށް ނުވެއެވެ. ހަށިގަނޑަށް އެރަހަ ނަގައިގަނެވޭ މިންވަރު އަވަސްވާ މީހުންނަށްވެސް ކުޅިކޮށް ކާލުމަކީ ވަރަށް ފަސޭހަކަމަކަށް ވެގެންދެއެވެ. 'ޓީއާރުޕީވީ 1' ކިޔާ މާއްދާއެއްގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނަގައިގަންނަ ގޮތް އަވަސްވެއެވެ. އެކަހަލަ މީހުންނަކީ އުފެދުމުގައިވެސް ކުޅިއެއްޗެހި ކާން އާދަވެފައިވާ ބައެކެވެ. ކުޅިކޮށް ކެއުމުން އެލާޖިކް ނުވާ މީހުންވެސް ދުނިޔޭގައި އުޅެއެވެ.

އަވަސްއަވަހަށް ކުޅިކޮށް ކާމީހުން

އަބަދު އަބަދު ކުޅިކޮށް ކާމީހުން ތިބެނީ އެކަމަށް އާދަވެފައެވެ. އެކަހަލަ މީހުން ކުޅިކޮށް ކެއުމުގެ ކެތްތެރިކަން ހުރެއެވެ. އެގޮތަށް ކާލުމުން އެމީހުންގެ ހިއްސުތައް އެގޮތަށް އާދަވާން ފަށައެވެ. ރިސާޗަރުން ބުނާގޮތުގައި ދުނިޔޭގައި އެންމެ ކުޅިކޮށް ކާން އާދަވެފައިވާ މީހުން އުޅެނީ މެކްސިކޯ އަދި އިންޑިއާގައެވެ. އެމީހުންނަކީ ފެށުނީއްސުރެވެސް ކުޅިކޮށް ކާން އާދަވެ އަދި އެންމެ ކުޑައިރުއްސުރެވެސް ކުޅިއެއްޗެހި ކާންދީގެން އުޅޭ ބަޔަކަށްވާތީއެވެ.

ބައެއް މީހުންގެ ތަބީއަތް ނުވަތަ ހިތްހަމަޖެހުން

ބައެއް ރިޗާސަރުން ބުނާގޮތުގައި ބައެއް މީހުންނަކީ އާތަޖުރިބާތައް ކޮށްލަން ބޭނުންވާ މީހުންނެވެ. މިގޮތުން މިސާލަކަށް ރޯލަރ ކޯސްޓަރ ކަހަލަ އެއްޗެހި ދުއްވާލާ ނުވަތަ ކާރު ރޭހުގައި ބައިވެރިވާ މީހުން އުޅެއެވެ. އެއީ އެމީހުންނަކީ އެކަންކަމަށް އާދަވާން ބޭނުންވެ ނުވަތަ ހިތްހަމަޖައްސާލުމަށް ކުރާ ކަމެކެވެ. އެއީ އެމީހުންގެ ތަބީއަތުގައި ހުންނަ ކަމެކެވެ. ކުޅިކޮށް ކާލުމަކީ ވެސް ބައެއްފަހަރު ހިތްހަމަޖެހުމަށް ބައެއް މީހުން ކުރާ ކަމެކެވެ. 

ކުޅިކޮށް ކާން ބޭނުންވާނަމަ މަޑުމަޑުން ކުޅިއެއްޗެހި ކާން އާދަކުރާށެވެ. އޭރުން ހަށިގަނޑު އެކަމަށް ހޭނެމުން ދާނެއެވެ. 

+1
0
+1
1
+1
0
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް