January 19, 2025 19:31
Advertisement

-Advertisement-

ތާޒާ ކުކުޅުމަސް ވަކިކުރާނެ ގޮތް

ތާޒާމަހާއި ތާޒާކުކުޅުމަސް ކާން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް ތާޒާކަމާއެކު ކާން މަސް ލިބެނީ މަދު ފަހަރެއްގައެވެ.

ރަށްރަށުގައި ތާޒާމަސް ލިބުމަކީ މާލެ ކަހަލަ ސިޓީއެއްގައި ދިރިއުޅޭ މީހުންނަށް ވުރެ ފަސޭހަކަމަކަށް ވެގެންދެއެވެ. 

ކުކުޅުމަސް ގަންނައިރު ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިހާރައަށް ކުކުޅުމަސް ގަންނަން ދާއިރު އެއީ ތާޒާކޮށް ހުރި ކުކުޅުމަސްތޯ ބަލާލެވޭނެ ގޮތްތަކެއް ހުރެއެވެ.

Advertisement

1. ކުކުޅުމަހުގެ ހަމުގެ ކުލަ ބަދަލުވެފައި ހުރުން

ކުކުޅުފައި ގަންނައިރު ތާޒާއެއްޗެހި އާއްމުގޮތެއްގައި ހުންނާނީ ފިޔާތޮށި ކުލައިގައެވެ. ކުކުޅުގެ ކުލަ މާބޮޑަށް 'ޓްރާންސްޕޭރެންޓް' ނުވަތަ މަޑުއަޅި ކުލައަކަށް ގޮސްފައި ހުރިނަމަ އެއީ ތަންކޮޅެއް ގިނަ ދުވަހު  ޕެކްކޮށްފައި ހުރުމުގެސަބަބުން ތާޒާކަން ކެނޑިފައިހުރުމެވެ.

2. ކުކުޅުމަހުގެ ބައްޓަން ގެއްލިފައި ހުރުން

ކުކުޅުފައި ނުވަތަ ކުކުޅުގެ އެހެންބައެއްގައި ނަމަވެސް އަތްލުމުން ހަރުކޮށް ހުރެއްޖެނަމަ އެއީ ތާޒާމަހެވެ. މާބޮޑަށް މަޑުވެ އޭގެ ބައްޓަން ގެއްލިފަ ހުރެއްޖެނަމަ އެއީ ގިނަ ދުވަސްވެފައިވާ ކުކުޅު މަހެވެ. 

3. އެއްވެސްކަހަލަ ތަފާތު ވަހެއް ހުރުން

ކުކުޅުމަހުގައި އާންމުކޮށް ދުވާވަސް ނޫން އެހެންވަހެއް ހުރެއްޖެނަމަ އެއީ ތާޒާ ކުކުޅުމަސް ކަމަކަށް ނުބެލެވޭނެއެވެ. ކުކުޅުމަހުގެ ވަސް ބަލާލުމުން އެކަން އެގިގެންދާނެއެވެ. ގިނަ ދުވަސްވެފައި ހުންނަ ކުކުޅުމަހުގައި ހުންނަކަހަލަ ތަފާތުވަހެއް ހުރުމުން އެކަން ފާހަގަވެގެން ދާނެއެވެ. ނުބައިވަހެއް ދުވާނަމަ އެންމެރަނގަޅު ގޮތަކީ ނުގަތުމެވެ.

4. ކުކުޅުމަހުގެ ވަކިކުރެވިފައި ހުންނަ ހިސާބުގައި ލޭ ހުރުން

ކުކުޅުގެ ބައިތައް ވަކިކޮށްފަ ހުންނަ ހިސާބުގައި ލޭ ހުރެއްޖެނަމަ އެއީ ގަނޑުކޮށްފައި ނަގާފަ ގިނައިރުވެފައިވާ ކުކުޅުމަސް ކަމުގައި ފާހަގަވެގެންދާނެއެވެ. އެއީ ތާޒާކުކުޅުމަހުގެ ގޮތުގައި ނުބެލެވޭނެއެވެ. އެގޮތަށް ހުންނަ ކުކުޅުމަސް ފެނިއްޖެނަމަ އެއްވެސް ވަރަކަށް ނުގަންނާށެވެ. އޭގެ ސަބަބުން ޖަރާސީމު އުފެދެން މަގުފަހިވެގެންދެއެވެ. އެއީ ސިއްހީގޮތުން ބަލާއިރު ރައްކާތެރިކަމަކަށް ނުވާތީއެވެ. 

ކުކުޅުމަސް ނޫނީ އެހެންވައްތަރެއްގެ މަސް ކަމުގައިވިއަސް ގަނޑު ފިލުވައިގެން ދެވަނަ ފަހަރަށް ބޭނުންކުރާނަމަ ޖަރާސީމު އުފެދެއެވެ. ގަނޑުކޮށްފައި ހުންނަ ކުކުޅު ގަނެގެން އަންނައިރުވެސް ގެއަށް އައިސް ވީހާވެސް އަވަހަކަށް ފްރީޒަރަށް ލުމަށް ސަމާލުކަން ދޭންޖެހެއެވެ. ބާޒާރަށް ދާއިރުވެސް އެހެން ކާނާ ގަތުމަށްފަހު އެންމެފަހު އެއްޗަކަށް ކުކުޅުމަސް ގަންނަން އާދާކުރާށެވެ. ނޫންނަމަ އޭގެ ފިނިކަންދާނެއެވެ.

+1
3
+1
4
+1
13
+1
1
+1
9
+1
3
+1
2

Advertisement

ގުޅުންހުރި ލިޔުންތައް