November 24, 2024 04:18
Advertisement

-Advertisement-

އެމީހުން ބޭނުންވި މަންޒިލަށް އަހަރެމެން ގެންގޮސްފި!

އަހަރެމެން ދިވެހިން އަބަދުވެސް ދަޢުވާކުރަނީ މިތަނުގައި އަމިއްލަ ސަޤާފަތަކާއި ބަހެއް އޮންނަ ކަމަށެވެ. އަހަރެމެންގެ ދީނަކީ އިސްލާމް ދީން ކަމަށެވެ. އަހަރެމެންހާ ހިތްހެޔޮ އޯގާތެރި އެކަކު އަނެކަކަށް އަޅާލާ ދެވަނަ ބަޔަކު ނޫޅޭ ކަމަށެވެ. ޤާނޫނުތަކުގައި ލިޔެ އެކަށައަޅާފައިވަނީވެސް މިބީދައިންނެވެ. ދުނިޔޭގެ އެތަން މިތަނުގައި މިޤައުމު އަހަރެމެން މަޝްހޫރު ކުރަނީ އަހަރެމެންނަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ޗާލުކަމުގެ ވާހަކަތައް ދައްކައިގެންނެވެ. މަންޒަރުތައް ވިއްކައިގެންނެވެ. މިއީ ދުނިޔެމަތީގައި އެފަދަ ދެވަނައެއް ނުވާ އެންމެ ހިތްގައިމު އެންމެ އަމާން މަންޒިލް ކަމުގައި ބުނަމުންނެވެ.

އެހެންނަމަވެސް އަދުގެ ޙަޤީޤަތަށް ވާޞިލްވަމާތޯއެވެ. ފަހަރުގައި ބައެއް ބޭފުޅުން އަޅުގަނޑާ ދެބަސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މި ލިޔުން ފައްޓަމުން އަޅުގަނޑު އަލިއަޅުވާލި ކަންކަމަކީ އިރެއްގައި ހަމަ ތެދު ޙަޤީޤަތެކެވެ. އެހެންނަމަވެސް މިކަންކަމުގެ ތެރެއިން އައިސް މިއަދުގެ މަންޒަރު ހުޅުވާލާ އަސްލަށް އެއްޗެއް ބުނަމާތޯއެވެ.

އެނގޭހެއްޔެވެ. މިއަދު އަހަރެމެންނަށް މި ތިބެވެނީ ބަޔަކު ފެށި ވަރުގަދަ ރޭވުމެއްގެ ތެރޭގައި ފިތި، ނިކުންނާނެ ގޮތެއް ނޭނގި ތާށިވެފައެވެ. އެބަޔަކު ރާވާފައި އޮތީ ދުރުރާސްތާ ޕްލޭނެކެވެ. އޭގެ އެންމެ ބޮޑު އަމާޒަކީ ދުނިޔެ އެމީހުންގެ މުށުތެރެއަށް ލުމަށް ކުރަމުން އަންނަ މަސައްކަތް އެހެން މީހުންނަށް ނާންގާ ކޮށް ނިންމާލުމެވެ. މިއީ ވަރަށް ކުރީއްސުރެ ހިނގަމުން އަންނަ ކަމެކެވެ. މިމަސައްކަތުގައި އެބައިމީހުން ހޯދި އެންމެ ބޮޑު ކުރިއެރުމަކީ އަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއެވެ. ޓެކްނޮލޮޖީއިން ފައިދާތަކެއް ލިބުނަސް ލިބޭ ގެއްލުންތައް އެބަހުއްޓެވެ. 

Advertisement

މިކަންކަން ފެށިގެންއައީ ޔަހޫދީންގެ ވިސްނުން ތަކެއްގެ ތެރެއިންނެވެ. އެބައިމީހުން އެންމެ ފުރަތަމަ ކުރި ކަމަކީ ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ ފައިސާ ގެންގުޅެން މަޖުބޫރު ކުރުވުމެވެ. ފައިސާގެ ނިޒާމުގެ ތެރެއަށް ރަނގަޅަށްވެސް އަތްބޭނީއެވެ. އޭގެފަހުން ދުނިޔޭގެ ބޭންކިންގް ސިސްޓަމް ފުނޑާލީއެވެ. އަދި ބޮޑެތިވަމުން އަންނަ ކުދިން ބިޒީކޮށްލާނެ ގޮތެއް ހޯދީއެވެ. ދުނިޔެމަތީ ހިނގާ ނުހިނގާ ނޭނގޭވަރަށް އެކުދިން ބިޒީ ކޮށްލީއެވެ. އެމަސައްކަތުގެ ތެރެއިން ޓީވީއާއި ކޮމްޕިޔުޓަރާއި ފޯނާއި މިނޫންވެސް އެތައް އެތައް ވަޞީލަތެއް ވުޖޫދުކުރި ދަނޑިވަޅުބަލާ އޭގެ ބޭނުން ވަރަށް ރަނގަޅަށް އެމީހުން ހިފިއެވެ. އެ އެއްޗެހީގެ އަވާގައި އަދުގެ ޅަ ޖީލްތައް ޖެއްސީއެވެ. އެކަންކަމުގައި ކުދިން އުޅެން ފެއްޓުމުން ދުނިޔޭގައި ހިނގާ އެހެންކަމަކަށް ލޯ ހުޅުވާލާނެ ވަގުތެއްނުވެއެވެ. ފިލްމާއި ކާޓޫނާއި ގޭމާއި މިނޫންވެސް ޝައުޤުވެރިވާނޭ އެތައް އެތައް އެއްޗެއް އުފައްދާ އޭގެ އަވައިގައި ޖެއްސިއެވެ.

ޤައުމުތަކުގެ ވެރިކަންކުރާ ނިޒާމްތައް އެކިޤައުމުގައި އެކިގޮތައް ހިނގަން ފެއްޓީވެސް މިބުނާ ދުވަސްވަރުން ފެއްޓިގެންނެވެ. ސިޔާސީ ގޮތުން ޤައުމުތައް ހަލަބޮލި ކުރުވާ ހެޔޮވިސްނޭ ބޮޑެތި މީހުންވެސް ވިސްނާ ފިކުރުކުރާނޭ އެހެން މަގެއް އެމީހުން ދެއްކިއެވެ. އެކަމުގެ އަވާގައި ޖެހުނު މީހުން މިއަދުވެސް އުޅެނީ އެކަމުގައެވެ. އެބައިމީހުން ހިންގާ ޖަރީމާތަކަށް ކުޑަކޮށްވެސް ނަޒަރު ހިންގާލާނެ ވަގުތެއް މިދަންނަވާ ހެޔޮވިސްނޭ ބޮޑެތި މީހުންނަށްވެސް ނުލިބެއެވެ. ދީނީގޮތުން ފުށުއަރާނޭ އެތައް ކަމެއް އެބައިމީހުން ވުޖޫދުކުރިއެވެ. އޭގެތެރެއިން ބައެއް ޤާނޫނުތަކާއި ޤަވާއިދުތަކަކީ މުޅި ދުނިޔެއަށް ހިންގޭނެ ޤާނޫނުތަކަކާއި ޤަވާއިދު ތަކެއްގެ ގޮތުގައި އެކަށައެޅިއެވެ. އެބައިމީހުން އެކުލެވޭހެން އެތައް ބައިވަރު ޖަމްޢިއްޔާ ޖަމާޢަތްތަކެއް އުފެއްދިއެވެ.

މިހުރިހާކަމަކަށް ވިސްނާލުމަށްފަހު މި ޤައުމަށް ވަމުން މިއަންނަ ގޮތާމެދު ދެން އެއްޗެއް ވިދާޅުވާށެވެ. ލިޔުމުގެ އެންމެ ފުރަތަމަ ބައިގައި އަޅުގަނޑު ދެންނެވި ކަންކަމަށް ނަޒަރު ހިންގަވާލައްވާށެވެ. އެކަންކަން މިއަދު އޮތީ ކޮން ޙާލަތެއްގައިތޯ ވިސްނަވާލައްވާށެވެ. ހަމަގައިމުވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ހަމަނުޖެހުމާއި، ދެބަސްވުމާއި، ނަފްރަތާއި، ފުރައްސާރައާއި، ވައްކަމާއި ފޭރުމާއި، އަޅުވެތިވުމާއި، އިންސާފުން އެއްކިބާވުމާއި މިފަދަ ނޭއްގާނީ އެތައްކަމެއް ފެށިގެން އަންނަނީ މި ދެންނެވި ކަންމުގެ ތެރެއިންނެވެ. އެބައި މީހުންގެ ވަރުގަދަ ރޭވުންތަކުގެ ތެރެއިންނެވެ. ތަފާތު ފިކުރުތަކާއި އާޚިޔާލުތަކާއި ވިސްނުންތައް ގެނެސް އިންސާނުންގެ ސިކުނޑިތައް އެބައިމީހުން ބޭނުންވި ވަރަށް ދޮވެލައިފިއެވެ.

ރަނގަޅަށް ހަމަނޭވާއެއް ލުމަށްފަހު އަޅުގަނޑު މި ދަންނަވާލި މަދު ކަންކަމާމެދު ފިކުރު ހިންގަވާ ބައްލަވާށެވެ. މިއީ އަދި ވަރަށް މަދު މިންވަރެކެވެ. މިފަދަ އެތައް އެތައްކަމެއް އަދިވެސް ކިޔައިދޭން އެބަހުއްޓެވެ. އެނގޭހާވެސް ޙަޤީޤަތަކީ މިއިން ކޮންމެ މަޅިއެއްގައިވެސް އަހަރެމެން ދިވެހިން ޖެހި ސަލާމަތްނުވާ ދަރަޖައަށް ގޮސްފައިވާ ކަމެވެ. އެމީހުން އުފެއްދި ޕްލޭނަށް، އެމީހުން ބޭނުންވި މަންޒިލަށް އަހަރެމެން ނޭނގިތިބެ ދީލާލާފައިވާ ކަމެވެ.

+1
0
+1
0
+1
6
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް