November 23, 2024 12:12
Advertisement

-Advertisement-

އިރުގެ އައްޔަށް އެލާޖިކްވާ ލޯބިލޯބި ދެކުދިންގެ ވާހަކަ

އުފަންވާ ހުރިހާ ކުދިންނަކީ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެ ނުވަތަ ބޭނުންވާ ހުރިހާ ކަމެއް މަގުފަހިވުމުގެ ނަސީބު ލިބޭނެ ބައެއް ނޫނެވެ. އެހެންނަމަވެސް އެކަހަލަ ކުދިންނަކީ ބާކީކޮށްލައި ބޭކާރު ބަޔަކަށް ހަދައިގެންވާނެ ކުދިންނެއްވެސް ނޫނެވެ. އެކުދިންނަށް ލިބިގެންވާ ހައްގު ހޯދައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މިގޮތުން އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން އެއްބަނޑުއެއްބަފާ ދެކުދިންނަކީ އާދަޔާ ޚިލާފު ބައްޔެއް ތަހައްމަލު ކުރަމުންދާ ދެކުދިންނެވެ. 'ނިކް' އަދި 'ވެޓީ'ގެ ދެމަފިރިންނަށް ލިބިފައިވާ އުމުރުން 8 އަހަރުގެ 'އެމިލިއާ' އަދި އެމިލިއާގެ ކޮއްކޮ އުމުރުން 3 އަހަރުގެ 'ތާޔާ' އަކީ އިރުގެ އަލީގެ ސަބަބުން އެލާޖިކްވާ ދެކުދިންނެވެ. އިރުގެ އަލީގެ ސަބަބުން ދިރިއުޅުމުގައި އެތައް ދަތިތަކެއް ކުރިމަތިވެ ދުވާލު ކުރަންޖެހޭ ބައެއް ކަންކަން ރޭގަނޑަށްވެސް ބަދަލުކުރަން ޖެހިފައިވެއެވެ. މިބައްޔަކީ މިލިއަނަކުން އެކަކަށް ޖެހޭ ބައްޔެއް ކަމުގައި އޮސްޓްރޭލިއާގެ ޑޮކްޓަރުންގެ ފަރާތުން އެނގުނެވެ. މިއީ އަލްޓްރާ ވައިލެޓްގެ ލޭސްއިން ހަންގަނޑު ހަލާކުކޮށްލާ ބައްޔެކެވެ.

މިކުދިންގެ މަންމަ ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަވެސް އެމިލިއާ ބޭރަށް ކުޅެން ގެންގޮސް ގެއަށް ގެނައުމުން ހަންގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ހަންގަނޑު ވަރަށްބޮޑަށް އަނދައިގެންގޮސް ހަލާކުވާން ފެށިއެވެ. އެކަންތައް ދިމާވާކަމަށް ބޮޑަށް ފާހަނގަވާންފެށީ ދުވާލު ގަޑީގައި ކުޅެ ކަންތައް ކުރަން ބޭރަށް ނެރުމުންނެވެ. ކުދިންނަށްޓަކައި މައެއްގެ އުންމީދު ފުނޑުނފުޑުކޮށްލި މި ބަލީގެ ސަބަބުން ލިބުނު މާޔޫސްކަން ވަރަށްވެސް ބޮޑެވެ. އިރުގެ އަލީގައި މިދެކުދިން ގެންގުޅެން ޖެހުނީ ފޭސް މާސްކު އަޅުވައި އަތަށް ސްޓާކީން ލައްވައި އަވި ނުޖެހޭގޮތަށް ހެދުން އަޅުވައިގެންނެވެ. ކުދިން ސުކޫލަށް ގެންދަން ބޭރަށް ނެރޭއިރު ތޮފި އަޅުވައި ވަރަށް ގިނައިން ސަންސްކްރީން އުނގުޅައި މުޅި ހަށިގަނޑު އެއްކޮށް އަވިން ރައްކާތެރިކުރުމަށް މަސައްކަތްކުރެއެވެ. ކުދިން ގޮވައިގެން ބޭރަށްދާއިރު ޔޫވީ ލައިޓް ޑިޓެކްޓަރއެއް އަބަދުވެސް ގެންގުޅެއެވެ. ފުރަތަމަ ދުވަސްކޮޅު ކޮންކަހަލަ ބައްޔެއްކަން ޔަގީންވުމުން އިތުރަށް މާޔޫސްވިއެވެ. ގިނަ އުފާތަކުން މިކުދިން މަހްރޫމްވެގެންދާ މަންޒަރު ބަލަން ހިތަށް ކެތްނުވާވަރުވެ މިދެމަރިފިން ފެންކަޅިވެއެވެ.

މިދެމަފިރިން ބޭނުންވަނީ މިބަލީގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަކުރާށެވެ. 'ޒެރޮޑާމާ ޕިގްމެންޓޮސަމް' ނުވަތަ ކުރުކޮށް ކިޔާނަމަ 'އެކްސް ޕީ' އަކީ މިބަލީގެ އަސްލު ނަމެވެ. މިބަލީގެ ސަބަބުން ހަންގަނޑު ހަލާކުވުމަށްފަހު ކުރިން ހުރިގޮތަށް އެބައި ރަނގަޅު ނުވެ ހުރެއެވެ. މިބަލި ހުންނަ މީހުންނަކީ ކެންސަރު ބަލިތަކަށް ހުށަހެޅޭ ބަޔަކަށް ވެގެންދެއެވެ. ޚާއްސަކޮށް ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

Advertisement

އެމިލިއާއަށް ވަމުންދާގޮތް އެނގުނު ކަމުގައިވިޔަސް އެކުއްޖާއަށް ހަރަކާތްތެރި ކަމާއެކު ނޫޅެވި ބޭނުންވާ ކުޅިވަރުތައް ނުކުޅެވުމުން ރުޅިގަދަވާ ފަހަރު އާދެއެވެ. ބައެއްފަހަރު ހިތްފަޅައިގެންދާހާ ދެރަވެ ރޮވޭ ފަހަރުތައް އަންނަ ކަމުގައި އެމިލިއާ މަންމަ ކިޔައިދިނެވެ. އެމިލިއާ އަކީ މޫދަށްގޮސް އަތިރިމަތީގައި ކުޅެ އަދި ސޮކާވެސް ކުޅޭހިތްވާ ކުއްޖެކެވެ. އަތިރިމައްޗަށް ގޮސްލުމުގެ އުފާ ހޯދައިދިނުމަށްޓަކައި ރޭގަނޑު އަތިރިމައްޗަށް ގެންގޮސްދޭ ކަމުގައި އެމިލިއާގެ މަންމަ ކިޔާދިނެވެ. "ކީއްވެގެންތަ އެހެންކުދިން ލާކަހަލަ ރީތި ހެދުންލައިގެން ނޫޅެވެނީ" އެމިލިއާ ރޮވިފަހުރެ މަންމަކައިރިން އަހާލުމުން އެމިލިއާގެ މަންމައަށް ރޮވުނެވެ. އެމިލިއާގެ ބައްޕަ ކިޔާދިންގޮތުގައި ހާލަތު އެނގުމުން ސުކޫލުން އެމިލިއާ އަށް ބަހައްޓާ ގާތްކަމާއި ކަންކުރާގޮތާމެދު ވަރަށް ހިތްހަމަޖެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ ޑޮކްޓަރ 'މިން' ބެއްލެވުމަށްފަހު ކިޔާދިންގޮތުގައި އޮސްޓްރޭލިއާގައި 5 ނުވަތަ 6 މީހުން މިބަލި ތަހައްމަލު ކުރެއެވެ. އެމިލިއާގެ މަންމައާއި ބައްޕަ އެމިލިއާއަށް މިބަލި ޖެހިފައިވާ ކަން ޔަގީންވުމުން މިކަމަށް ތައްޔާރުވާން ފެށިއެވެ. އަދި މިކަމަށް ކުރިމަތިލައި މިކަމުން ދަރިފުޅު ސަލާމަތްކުރުމުގެ މަގެއް އޮތްތޯ ބެލުމަށް ދިރާސާ ކުރަން ފެށިއެވެ. ގޭގެ ބެކްޔާޑްގައި 'ސޯލާ ފޯޓްރެސް' އެއް ހަރުކުރުމަށްފަހު ދެކުދިންވެސް ކުޅެލާ ހިތްހަމަޖައްސާލެވޭނެ މާހައުލެއް ގާއިމްކޮށްދީފައިވެއެވެ. އެކުދިންގެ އުންމީދުތަކުގައި ކުލަޖައްސައިދީ އެކުދިންނަށް އުފާވެރި މާހައުލެއްގައި ކުޅެލެވޭނެ ގޮތް ހޯދައިދިނެވެ.

މައުލޫމާތު: ޑެއިލީ މެއިލް

+1
2
+1
5
+1
2
+1
5
+1
1
+1
0
+1
30

Advertisement

ގުޅުންހުރި ލިޔުންތައް