January 19, 2025 21:58
Advertisement

-Advertisement-

މޫނުގެ އުޖާލާކަން ދެމެހެއްޓުމަށް ގޭގައި ތައްޔާރު ކުރެވިދާނެ ވިޓަމިންސީ ސިރަމް

މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވިޓަމިންސީ ކުޅެދޭ ރޯލު ވަރަށް ބޮޑެވެ. މޫނު އަލިކޮށް ބަހައްޓަދީ ޒުވާންކަންމަތީ ދެމިހުރުމަށްވެސް ވިޓަމިންސީ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަވީގެ ސަބަބުން ހަންގަނޑު ހަލާކުވުމުން ދުރުކޮށްދެއެވެ.

އޮރެންޖަކީ ވިޓަމިންސީ އެކުލެވިގެންވާ އަދި ހަންގަނޑުގައި ރޫ ޖެހުމުން ރައްކާތެރިކޮށް ދިނުމަށްވެސް އެހީވެދޭ މޭވާއެކެވެ. މިގޮތުން އޮރެންޖު ބޭނުންކޮށްގެން ގޭގައި ވިޓަމިންސީ ތައްޔާރު ކުރެވިދާނެއެވެ. އޮރެންޖު ބޭނުންކުރުމުން ހަންގަނޑު މަޑުކޮށްދީ އޮމާންވެސް ކޮށްދެއެވެ.

އޮރެންޖު ތޮށި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ވިޓަމިންސީ ސިރަމް

Advertisement

ބޭނުންވާތަކެތި:

1 އޮރެންޖުގެ ތޮށި

2 މޭޒުމަތީ ސަމުސާ ރޯސް ވޯޓަރ

3 ގުޅަ ވިޓަމިން އީ

½ ސައިސަމުސާ ގްލެސަރިން

1 މޭޒުމަތީ ސަމުސާ އެލޯވެރާ ޖެލް

ފުރަތަމަ އޮރެންޖުގެ ތޮށި ރަނގަޅަށް މަށާލުމަށްފަހު އަވިން މިލުވާލާށެވެ. އެއަށްފަހު 2 މޭޒުމަތީ ސަމުސާ ރޯސް ވޯޓަރ އަޅާށެވެ. އެއަށްފަހު ½ ސައިސަމުސާ ގްލެސަރިން އަޅާށެވެ. އެއަށްފަހު ވިޓަމިން އީ ގެ 3 ގުޅަ އަޅާލާށެވެ. ދެން މަތި ބަންދުކޮށްފަ 6 ގަޑި އިރުވަންދެން ބަހައްޓާށެވެ. 6 ގަޑިއިރު ފަހުން މިކްސްޗަރުގައި ހިމުން ކޮށްލާށެވެ. އޭގެ ފަހުން ފުރާނާލުމަށްފަހު 1 މޭޒުމަތީ ސަމުސާ އެލޯވެރާ ޖެލް އެޅުމަށްފަހު ރަނގަޅަށް އެއްކޮލާށެވެ. އޭރުން އެތައްޔާރު ކުރެވުނީ ވިޓަމިންސީ ސިރަމްއެވެ.

ފުޅިއަކަށް އެޅުމަށްފަހު 5 ނުވަތަ 6 މަސް ވަންދެން ބޭނުން ކުރެވިދާނެއެވެ. މިއީ ވަރަށް ރަނގަޅު އަދި ވަރަށް ފަސޭހައިން ނަތީޖާ ފެނިގެންދާނެ އެއްޗެކެވެ. މިބޭނުންކުރާނީ ދުވާލަކު 2 އިރެވެ. ސިރަމް އުނގުޅުމަށްފަހު މޮއިސްޗަރައިޒަރ ހާކަން ވާނެއެވެ.

+1
3
+1
10
+1
4
+1
10
+1
2
+1
2
+1
5

Advertisement

ގުޅުންހުރި ލިޔުންތައް