November 23, 2024 04:20
Advertisement

-Advertisement-

މޫނުގައި ރޫޖެހުމުން ދުރުކޮށް ޒުވާންކަން އިތުރުކުރުމަށް ކުރެވިދާނެ ކަސްރަތުތައް

އުމުރުން ދުވަސްވާވަރަކަށް އިންސާނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އާދެއެވެ. އަބަދު ޒުވާންކަންމަތީ ހުންނާނެ ކަމަށް ނުވިސްނާށެވެ. ޒުވާންކޮށް ހުރުމަށް އަމިއްލައަށް މަސައްކަތް ނުކުރާނަމަ މީހާގެ އުމުރަށްވުރެވެސް މުސްކުޅި ކަމަށް ދައްކާ މީހުން ތިބެއެވެ.

އުމުރަށްވުރެ މުސްކުޅިކަމަށް ދައްކަނީ ހަށިގަނޑާމެދު ނުވިސްނައި އަޅާނުލާ ތިބޭނަމައެވެ. މީގެ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ރަނގަޅު ކާނާ އާއި ކެއުމުގެ މިންގަޑުތައް ބަހައްޓަންޖެހޭގޮތް ވަރަށް މުހިއްމެވެ.

ރީތިކޮށް ޒުވާންކަންމަތީ ހުންނަން ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ. މިކަމަށް ވިސްނާ ގޭގައިވެސް މިކަމަށް ވަގުތު ހުސްކުރާށެވެ. އެންމެ ފުރަތަމަ މީހާ އުމުރުން ދުވަސްވާކަން ފާހަގަވާން ފަށާނީ މޫނުންނެވެ. މޫނުގައި ރޫޖެހި މޫނުގެ ކުލަ ބަދަލުވާން ފަށައެވެ. މިގޮތުން ގޭގައި ކުރެވިދާނެ ބައެއް ކަސްރަތުތައް ހިމަނާލާނަމެވެ.

Advertisement

މޫނު މަސާޖުކުރުން

ނިތްކުރިމައްޗާއި ދިމާލުގައި އަތްހާކާލައިގެން މަޑުމަޑުން މަސާޖުކޮށްލާށެވެ. މިގޮތަށް މަސާޖުކުރުމުން މީހާ 'ރިލެކްސް' ވުމުގެ އިތުރުން ލޭހިގުމަށްވެސް އަސަރުކުރެއެވެ. މިގޮތަށް މަސާޖުކުރާނަމަ ހަންގަނޑުގައި ހުންނަ ބާރު ހިފަހައްޓައިދެއެވެ. ހަންގަނޑު ދޫނުވެ ހުރުމަށް ބާރުއަޅައެވެ. އިނގިލިތަކުން ނިތްކުރީގެ މައްޗަށްވާގޮތަށް މަޑުމަޑުން މަސާޖުކުރަމުންދާށެވެ. މިހެންގޮސް މަޑުމަޑުން ބޮލާއި ހަމައަށް ގެންދާށެވެ. އެއަށްފަހު ބޯވެސް މަޑުމަޑުން 'ސަރކިއުލަރ މޯޝަންއަށް' މަސާޖުކޮށްލާށެވެ. މިގޮތަށް މަސާޖުކުރުމުން ވަރަށް ލުއިވެސް ވާނެއެވެ. މިގޮތަށް 20 ފަހަރު ހަފުތާއަކު އެއްފަހަރު ނޫނީ ދެފަހަރު މަސާޖުކުރުމުން ނަތީޖާ ފެންނާނެއެވެ.

ކޮންޓްރާސްޓް މަސާޖު

މިއީ ކުޑަ ތުވާއްޔެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ކުރާ މަސާޖެކެވެ. މިއީ 'ޑަބަލް ޗިން' ކުޑަކޮށްލަން ވެސް ރަނގަޅު ކަސްރަތެކެވެ. ފިނިފެންފޮދަކާއި 1 ސައިސަމުސާ ލޮނުކޮޅަކާއި ކުޑަ ތުވާއްޔެއް ބޭނުންކޮށްލާށެވެ. ފިނިފެންފޮދުގެ ތެރެއަށް ލޮނުކޮޅު އަޅާލައިގެން ތުވާލި ފަތްޖަހާލުމަށްފަހު ކުޑަކޮށް ތެންމާލާށެވެ. އެއަށްފަހު ތުވާލީގެ ކޮޅުން ދަތްދޮޅިއާއި ދިމާލުން މަޑުމަޑުން މަސާޖުކޮށްލާށެވެ. މިގޮތަށް 10 ފަހަރު ކުރާށެވެ. ދެން ނިންމާލުމަށްފަހު ކުޑަ ތާފަނާފެންފޮދަކުން ތުވާލި ތެތްމާލުމަށްފަހު ނިންމާލާށެވެ. މިގޮތަށް ހަފުތާއަކު 2 ފަހަރު މަސާޖުކުރާށެވެ.

ދަ އަލްފަބެޓް

މިއީ މޫނުގައި ހުުންނަ މަސްތައް ތެދުކޮށްލުމަށް ކުރާ ކަސްރަތެކެވެ. ދަތްދޮޅިން ތިރީގައި އިނގިލިތައް ބެހެއްޓުމަށްފަހު މައްޗައްވާގޮތަށް މަޑުމަޑުން ދަމާލާށެވެ. މިކަސްރަތު ކުރަމުންދާއިރު އޭބީސީގެ އަކުރުތައް ކިޔަމުންދާށެވެ. މިގޮތަށް އަކުރުތައް ކިޔާއިރު "އޯ" އަދި "އެކްސް" ކިޔާލުމުން މޫނުގެ މަސްތައް ޓޯންވެގެންދެއެވެ. މިއީ 'އެންޓި އޭޖިން' މީހުން ކުރަން ވަރަށް މުހިއްމު ކަސްރަތެކެވެ. މިގޮތަށް ކުރުމުން މޫނު ރީތިކޮށް ހުރެއެވެ.

ފޭސް ޖިމްނާސްޓިކް

މިއީ ވަރަށް ތަފާތު ކަސްރަތެކެވެ. މިކަސްރަތު ކުރާއިރު ލޯމަރާލުމަށްފަހު ނިތްކުރިމަތީގައި އިނގިލިތަކުން މަސާޖުކޮށްލާށެވެ. އަދި ލޮލުގެ ބޮޑިން 'ކްލޮކް ވައިސް' ކޮށް ކަސްރަތުކުރާށެވެ. މިއީ ލޯކައިރީގައި ހުންނަ ރޫތައް މަދުކޮށް މޫނުމަތި ތާޒާކޮށް ބެހެއްޓުމަށްވެސް ވަރަށް މުހިއްމު ކަސްރަތެކެވެ.

މޫނުމަތިން ރުޅިވެރިކަން ނުދައްކައި އަބަދުވެސް ހިނިތުންވެފައި ހުންނަން އާދަކުރާށެވެ. އޭރުންވެސް މީހާ ޒުވާންކަމަށް ދައްކާނެއެވެ.   

+1
3
+1
6
+1
10
+1
5
+1
4
+1
2
+1
3

Advertisement

ގުޅުންހުރި ލިޔުންތައް