November 22, 2024 18:17
Advertisement

-Advertisement-

ލޮލަށް އެންމެ ރަނގަޅީ ކޮންކަހަލަ އައްޔެއް؟

ސްމާޓް ފޯނާއި ސްމާޓް ލައިޓުގެ އަލިން ނޭނގި ނަމަވެސް ސިއްހަތަށް ނޭދެވޭ އަސަރު ކުރެއެވެ. ޒަމާނާއި އެއްގޮތަށް ކަންކަން ފަސޭހަވުމާއި ކަންކަމަށް އައި ބަދަލާއި ޓެކްނޮލޮޖީއަށް ބަލާއިރު ހުރި ފަސޭހަތަކުން ލިބޭ ގެއްލުންތައްވެސް އެހާމެ ގިނައެވެ. މިހުރިހާ ކަމެއް މިހެން ހުރި ކަމުގައިވިޔަސް މިކަންކަމާމެދު ވިސްނާ ފިކުރުކުރާ ބަޔަކު ވަރަށް މަދެވެ. ކިތަންމެ އަލި މަޑުކޮށްގެން ހުރި ކަމުގައިވިޔަސް މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ލިބޭ ގެއްލުން ވަރަށްވެސް ބޮޑެވެ.

ލޮލަށް މިކަމުން އަސަރުކުރަނީ ކިހިނެއް؟

އެހާ ގިނައިރު އައްޔަށް ބަލަހައްޓައިގެން އިނުމުގެ ސަބަބުން ލޯ ހަލާކުވެ ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. ކިތަންމެ އަލި މަޑުކޮށް ހުރި ނަމަވެސް އެއަލީގެ ސަބަބުން ނޭނގި ނަމަވެސް ލޮލަށް އެލިބެނީ ވަރަށް ބޮޑު ގެއްލުމެކެވެ. ސްކްރީން ޓައިމް މަދުކޮށް މިކަންކަމުން ދުރުވެގެން އުޅުން ބުއްދިވެރިއެވެ.

Advertisement

އަލީގެ ސަބަބުން ސައިކޮލޮޖިކަލީ އަސަރު ކުރަނީ ކިހިނެއް؟

ގުދުރަތީގޮތުން ލިބޭ އަލީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ލިބިދޭ ފައިދާތައް ގިނައެވެ. ދުވާލު ނިދާފައި ރޭގަނޑު ހޭލާ ތިބޭ މީހުންނަކީ ދުވާލުގެ އަލި ނުލިބި ރޭގަނޑުގެ އަލީގައި ދިރިއުޅޭ ބައެކެވެ. އެގޮތަށް އުޅޭ މީހުން ރޭގަނޑުގެ "ޑިމް" ލައިޓުގެ އަލީގައި އަބަދު ތިބެންވެއްޖެނަމަ ޑިޕްރެޝަންއަށް މަގުފަހިވެއެވެ. އަދި ޚާއްސަކޮށް ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނަށް ދުވާލުގެ އަލި ނުލިބޭނަމަ ޑިޕްރެޝަންގެ އަސަރު ބޮޑުވެގެންދެއެވެ. ގޭތެރޭގައި ހުންނަ "ވާރމް ލައިޓް" ސަބަބުން މީހާގެ މޫޑް ރަނގަޅުކޮށްދެއެވެ. "ސޮފްޓް ލައިޓް" ގެ ސަބަބުން އަރާމުކޮށްލާ ހަށިގަނޑު 'ރިލެކްސް' ކޮށްލަން ފަސޭހަވެއެވެ.

އާއްމުކޮށް ގަދަ އަލި ހުންނަނީ އޮފީސް އޮފީހުގައި އަދި ސްކޫލުތަކުގައެވެ. އެހާ ގަދަ އަލި ތަކަކީ ގޭތެރޭގެ މާހައުލާ ގުޅޭ އައްޔެއް ނޫނެވެ. މާއަލިގަދަ ނަމަ ބައެއް މީހުންނަށް އެއަލީގެ ސަބަބުން ބޮލުގައި ރިއްސާ ގޮތްވެއެވެ. ޚާއްސަކޮށް މައިގްރޭން ހުންނަ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެވެ. ދިއްލާފައި ހުންނަ އެކި ކުލަކުލައިގެ އަލީގެ ސަބަބުން އެނބުރުން އަރާގޮތްވެއެވެ. ހަމަ މިއާއެކު އަލި މާބޮޑަށް މަޑުނަމަ މާބޮޑަށް މީހާ ކަންނެތްވެ ވަރުބަލިވާހެންވެސް ހީވެއެވެ. އަލިގަދަ ނަމަވެސް އެހާ ފާޅުކަން ގަދަ ނޫން އަލީގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިބެއެވެ.

ބެޑްރޫމްގައި ހުންނަން އެންމެ ރަނގަޅީ ކޮންކަހަލަ އައްޔެއް؟
"ވާރމް ޔެލޯ" އަލީގެ ސަބަބުން ކޮޓަރިތެރޭގައި އަރާމުކަމެއް ހުންނަކަން އިހްސާސްވެއެވެ. އަދި ވަރަށް އުޅޭ ހިތްވާ ކަހަލަ އިހްސާސެއް ގެނެސްދެއެވެ. "ބުލޫ ލައިޓް" ނޫ އަލިން ކޮޓަރިތެރެ ބޮޑުކަމަށް ދައްކައެވެ. އެކި މީހުންނަށް ކަމުދާނީ އެކި ކަހަލަ އައްޔެވެ. އެމީހަކު ކުރާ މަސައްކަތަކާ ގުޅުވައިގެންވެސް ކޮޓަރީގައި އަލި ބަހައްޓާ މީހުން އުޅެއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް