November 22, 2024 18:27
Advertisement

-Advertisement-

ސައުދީގެ ފިނިފެންމާ ފެކްޓަރީގައި ޒީޓައިމްސްގެ ލިޔުންތެރިޔާ އަށް ކުރެވުނު ތަޖުރިބާ

ސައުދީ އަރަބިއްޔާގެ ޠާއިފުގައި ހުންނަ ފިނިފެންމާ ފެކްޓަރީ އަކީ އަގުބޮޑު ސެންޓް އުފެއްދުމަށް ކުރިއަރާފައިވާ ތަނެކެވެ. ޠާއިފުގެ ދަނޑުތަކުގައި ހައްދާ ފިނިފެންމަލުން އުފައްދާ ސެންޓަކީ ވަރަށް މަޝްހޫރު އެއްޗެކެވެ. "ކިންގްޑަމް އޮފް ޕާފިއުމް"ގެ ނަމުން މަޝްހޫރުވެފައިވާ ފެކްޓަރީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުމުން އެ މަސައްކަތާއި ގުޅޭގޮތުން އެތަނުގައި މަސައްކަތްކުރާ މީހުންނާއި ސުވާލު ކުރީމެވެ.

ފިނިފެންމާ ފެކްޓަރީގެ ފޮޓޯ: މަމްދޫދާ/ ޒީޓައިމްސް

މި މަލަކީ އާދަޔާޚިލާފަށް ވަސްގަދަ މަލެކެވެ. ފެކްޓަރީއަށް ޒިޔާރަތް ކުރިއިރު މުޅިތަން އޮތީ މި މަލުގެ ހިތްގައިމު ވަހުން ފުރިފައެވެ. ފިނިފެންމާތައް ބިނދެފައި ބަހައްޓާފަ ހުރިއިރު ބަލާލަންވެސް އެހާމެ ރީއްޗެވެ. އަދި އެއިން ކޮންމެ މަލަކީ އެހާމެ އަގުބޮޑު މަލެކެވެ.

ސައުދީގައި ހައްދާފަ ހުރި ފިނިފެންމާތަކެއް/ ފޮޓޯ: އަލްފަރީދްއޮއުޑް

އާދައިގެ ފިނިފެންމަލަށްވުރެ 3 ގުނަ އަގުބޮޑުކޮށް ވިއްކާ މިމަލަކީ ޠާއިފަށް ވަރަށް މަޝްހޫރު މަލެކެވެ. އަހަރަކު 700 ޓަނުގެ ރޯސްވޯޓަރ އުފައްދައެވެ. އަދި ފިނިފެންމާ ކައްކައިގެން ސެންޓު އުފައްދައެވެ. މީގެ ފުޅިއެއްގެ އަގަކީ 445 ޑޮލަރެވެ.

Advertisement
އުމްރާ އަށް ދިޔަ ދިވެހިންތަކެއް ފިނިފެންމާގަސް ހައްދާފަ ހުރި ސަރަހައްދެއްގައި/ ފޮޓޯ: މަމްދޫދާ

މި ފިނިފެންމާ ދަނޑުތައް ހައްދައި އެތަން ތަރައްގީކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރމެންޓުން މަސައްކަތް ކުރެއެވެ. އެމީހުންގެ މަގުސަދަކީ އަހަރަކު 2 ބިލިއަން ފިނިފެންމާ ހެއްދުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފިނިފެންމާ ކެއްކުމަށްފަހު އޭގެ ފެން ފުޅިތަކަށް އަޅާފަ/ ފޮޓޯ: މަމްދޫދާ

ފިނިފެންމާ ފެކްޓަރީގައި ސެންޓު އުފެއްދުމަށް ކުރާ ބުރަ މަސައްކަތަކީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކުރާ ކަންކަމެވެ. އެއިން ކޮންމެ މަލެއް ކައްކަނީ ވަކި ގޮތަކަށް ވަކި ވަގުތުތަކަށް ވިސްނާފައެވެ. ކައްކާ ޕޮޓު ތަކުގައި 10 ގަޑިއިރާއި 12 ގަޑިއިރާ ހަމައަށް މަޑު ގިނީގައި ބަހައްޓައިގެން ކައްކައެވެ.

ފިނިފެންމާ ކެއްކުމަށް ތައްޔާރުކޮށްފަ ހުރި ޕޮޓުތަކެއް/ ފޮޓޯ: މަމްދޫދާ

މި ފިނިފެންމަލުން 40 ވައްތަރުގެ އެއްޗެހި އުފައްދާ ކަމަށްވެއެވެ. އެއީ ރީތިވުމަށާއި ކެއްކުމަށް ބޭނުންކުރުމަށެވެ.

ފިނިފެންމަލުން އުފައްދާ ސެންޓު އަދި ރޯސްވޯޓަރ

މިތަނުގައި ކޮންމެ އަހަރަކުވެސް މާރޗް އިން ފެށިގެން މެއިމަހާ ހަމައަށް ފެސްޓިވަލް އޮވެއެވެ. މިދުވަސްކޮޅު ވިޔަފާރި ވަރަށް ރަނގަޅުވެ އެތައް ބައެއްގެ މެދުގައި މިތަން މަގުބޫލުވެގެންދެއެވެ. އަދި ޚާއްސަކޮށް ސްކޫލު ކުދިންނަށް މިކަހަލަ ފިނިފެންމާ ހައްދާނެ ގޮތާއި ދަނޑުތައް ގެންގުޅެންވީ ގޮތް ދަސްކޮށްދެއެވެ.

+1
2
+1
10
+1
0
+1
1
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް