November 22, 2024 13:05
Advertisement

-Advertisement-

ދަތުރަކަށް ތައްޔާރުވާއިރު ގެންދިއުން މުހިންމު ބޭސް

ދަތުރަކަށް ތައްޔާރުވާނަމަ ވާންޖެހޭ ތައްޔާރީތަކާއި ކުރަންޖެހޭ ކަންކަން ހުރެއެވެ. އެންމެ ފުރަތަމަ ކަމަކަށް މީހާގެ ސިކުނޑި އެކަމަށް ތައްޔާރުވާންޖެހެއެވެ. ބައެއް މީހުންނަކީ ތަންތަނަށް ދާންޖެހުމުން ހާސްވެ އެދަތުރާއި ގުޅޭގޮތުން މާބޮޑަށް ވިސްނާ މީހުންނެވެ. އެއަށް ކިޔަނީ "ޕެނިކް އެޓޭކް" އައުމެވެ. ހިތްއަވަސްވުމާއި އަވަސްއަވަހަށް ފާޚާނާއަށް ދާންޖެހުން ކަހަލަ ކަންކަންވެސް ދިމާވެއެވެ. ދަތުރެއް ދާނަމަ އުޅޭ ތަން ބަދަލުވާންޖެހޭތީ އެކަމާ އުދަގޫވާ މީހުންވެސް ތިބެއެވެ. މިފަހަކަށްއައިސް ދަތުރުފަތުރުކޮށް އުޅުމަކީ އެހާ އުދަގޫކަމެއް ނޫނެވެ. މާބޮޑެތި ތަކުލީފުތަކެއް އުފުލަން ނުޖެހިވެސް ކުރު ދަތުރެއް ކޮށްލެވިދާނެއެވެ. ރާއްޖޭގެ ރަށަކަށް ދިޔަ ކަމުގައިވިޔަސް އަދި ރާއްޖެއިން ބޭރަށް ދިޔަ ކަމުގައިވިޔަސް ކޮންމެހެން ގެންދަންޖެހޭ މުހިންމު އެއްޗެހި ހުރެއެވެ. އޭގެތެރޭގައި "ފަސްޓްއެއިޑް" އަށް ބޭނުންވާ ބޭހަކީ ގެންދިއުން ވަރަށް މުހިންމު އެއްޗެކެވެ. 

އިމޯޑިއަމް

މިއީ ބޭރަށް ހިންގާނަމަ އާންމުކޮށް ބޭނުންކުރާ ބޭހެކެވެ. އައުތަނަކަށް ނުވަތަ އައު ގައުމަކަށްދާނަމަ ކާއެއްޗެހީގެ ސަބަބުންވެސް ފާޚާނާއަށް މާގިނައިން ދެވެއެވެ. އެތަނެއްގެ ކެއުމާއި ތިމާގެ ހަށިގަނޑާއި ނުގުޅިދާނެއެވެ. "ފުޑް ޕޮއިޒަން" ވެއްޖެނަމަ ދަތުރުގައި އުޅޭއިރު އަބަދު ފާޚާނާއަށް ދިއުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މިކަންކަމުން ސަލާމަތްވުމަށް ދަތުރުކުރާއިރު އެކަމަށް ޚާއްސަ ބޭހެއް އަތުގައި ގެންގުޅުން މުހިންމެވެ. 

Advertisement

އެންޓެސިޑް ޓަމްސް ނުވަތަ ޕެޕްސިޑް

ތަނަކަށްދާނަމަ އަބަދުވެސް ކާއެއްޗެހީގެ ސަބަބުން ހަށިގަނޑަށް އަތުވެދާނެ ބަދަލަކަށް ވިސްނަންވާނެއެވެ. މެއިން ދިލަނަގާކަހަލަ ކަމެއް ދިމާވެގެން މުޅި ދަތުރު ހަރާބުވެދިއުމަށްވުރެ އެކަމަށް ތައްޔާރުވެގެން ދިއުން ބުއްދިވެރިވާނެއެވެ. ކޮންމެ ކަމެއްވެސް ދިމާވެދާނެ ކަމަށް ވިސްނައި ދުރާލާ ކަންކަމަށް ވިސްނަންވާނެއެވެ. އަދި ބޭސްނުކައި ނުވެއްޖެނަމަ ފަސޭހައިން ބޭސް ލިބޭގޮތަށް އަތުގައި ބެހެއްޓިދާނެއެވެ. 

އެންޓި ހިސްޓަމިން، ކްލެރިޓިން

މިއީ އެލާޖީއަށް ބޭނުންކުރާ ބޭހެކެވެ. އެހެން ގައުމަކަށްދާނަމަ މާހައުލު ބަދަލުވުމުންވެސް ހަށިގަނޑަށް ބަދަލުތައް އާދެއެވެ. ބައެއްފަހަރު ފިނިވުމުން ނުވަތަ ހިރަފުސްވެ ވައި ނުސާފުވުމުން ނޭފަތް ބެދި ކިބިހި އެޅުން ކަހަލަ ކަންކަން ދިމާވެއެވެ. މިކަންކަމަށްވެސް ތައްޔާރުވެ ބޭސް ގެންދެވިދާނެއެވެ.

ޕެނަޑޯލް

ދަތުރުކުރާއިރު ބައެއްފަހަރު މާހައުލު ބަދަލުވުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތައް އާދެއެވެ. ފިނި ގައުމަކަށް ގޮސްފިނަމަ ހުންއައުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރެމެންނަކީ ފިނީގައި އުޅެން އާދަވެފައިވާ ބަޔަކަށް ނުވާއިރު އެގޮތަށް ހަށިގަނޑު ހޭނިފައިވެސް ނުތިބެއެވެ. އެހެންވުމުން އަވަހަށް ހުންއައުމަކީވެސް ވެދާނެކަމެކެވެ. އެހެންވެއްޖެނަމަ އެންމެ އަވަހަށް ބޭނުންވާނީ ޕެނަޑޯލްގުޅައެއް ކާލައިގެން ނިދާލާށެވެ. ނުވަތަ މާބޮޑަށް ވަރުބަލިވެ ދަތުރު ވަރުބަލިވެއްޖެ ހާލަތެއްގައި ބޮލުގައި ރިއްސާނަމަވެސް ޕެނަޑޯލް ގުޅައެއްގެ ބޭނުންޖެހިދާނެއެވެ. 

ސްޓްރެޕްސިލް

ދަތުރުކުރާއިރު ބޯޓުތެރޭގައި ވައިބަންދުވުމުގެ ސަބަބުންވެސް ކަރުތެރެއަށް އުދަގޫވެދާނެއެވެ. އެހެންކަމަށްވާނަމަ އެކަމުގައި އަވަހަށް ފަރުވާ ހޯދާލާށެވެ. ކަރުތެރެ ހިރުވައި ގޮތްގޮތް ވާނަމަ ބޮޑުވަރުވުމުގެ ކުރިން އެކަމަށް ސަމާލުވެލާށެވެ. އެހެންނޫނީ މާބޮޑަށް ރޯގާޖެހި އުދަގޫވެދާނެއެވެ. ސްޓްރެޕްސިލް ނުވަތަ ވިޓަމިންސީ އަކީ ވަރަށް މުހިއްމު އެއްޗެކެވެ.

މޯޝަން ސިކްނަސް

ބައެއް މީހުންނަކީ ބޯޓުގައި ދަތުރުކުރާއިރު އަދި ފްލައިޓްގައި ދަތުރުކުރާއިރުވެސް ބޯއަނބުރާ މީހުންނެވެ. މާބޮޑަށް ބޯއަނބުރާނަމަ ދާންވާ މަންޒިލަކަށްދާއިރު މީހާ އިންނާނީ ވަރަށް ބޮޑަށް ވަރުބަލިވެ ހޮޑުލެވޭގޮތް ވެފައެވެ. އެއިރުން ދަތުރުގެ ހުރިހާ މަޖަލެއް ގެއްލި އޮށޯވެ އޮންނަންޖެހިދާނެއެވެ. 

ޕީރިއަޑް ބޭސް

ދަތުރުކުރާއިރު ބައެއްފަހަރު ޕީރިއަޑްވާން އޮންނަ ދުވަހަށްވުރެ އަވަހަށް ނުވަތަ ލަހުންވެސް ޕީރިއަޑް ވެދާނެއެވެ. އެގޮތަށް ވިސްނުމަށްފަހު ޕީރިއަޑް ވެއްޖެނަމަ ތަދުވެ އެތަދަށް ކެތްނުކުރެވޭ މީހުންވެސް ތިބެދާނެއެވެ. އެހެންކަމަށްވާނަމަ ދުރާލާ އެކަމަށް ތައްޔާރުވާންޖެހެއެވެ. ތަދުކެޑުވުމަށް ބޭހެއް ބޭނުންކުރެވިދާނެއެވެ. 

ނޯޓް: ތަފާތު ބަލިތަކަށް ބޭނުންކުރާ ބޭހުގެ ނަންތައް އެނގުނު ކަމުގައިވިއަސް އެބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އެއީ ބައެއްބޭސްތައް ބޭނުންކުރުމުން އެލާޖިކްވާ މީހުންވެސް އުޅޭތީއެވެ. ފަސްޓްއެއިޑްބޮކްސް ގެންދާއިރު ތިމާއާއި ގުޅޭ ރަނގަޅު ބޭސް ޚިޔާރުކުރުން މުހިންމެވެ. އެއިރުން އެދާޤައުމަކުން ފަސޭހައިން ޑޮކްޓަރަށް ނުދެއްކުނަސް ކުދިކުދި ބަލިތަކަށް އަތުގައި ހުރި ބޭސް ބޭނުންކުރެވިދާނެއެވެ. 

މައުލޫމާތު: ޔޫއެސްއޭ ޓްޑޭ ޑޮޓްކޮމް

+1
6
+1
4
+1
0
+1
0
+1
0
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް