ބޮލުން ހަންފޮޅުމަކީ ވަރަށް އާއްމުކަމެކެވެ. މިކަމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާ ކަމެއްވެސްމެއެވެ. ހަންފޮޅުމުގެ ސަބަބުން ބޯހިރުވާގޮތްވެއެވެ. މިހެން ދިމާވަނީ ބޮލުގެ ހަންގަނޑު ހިކުމުގެ ސަބަބުންނެވެ. ފިނިތަނެއްގައި އުޅޭނަމަ މިހެން ދިމާވާލެއް އަވަސްވެދާނެއެވެ. އެހެންނަމަވެސް އެކި މީހުންގެ ހަންގަނޑު ތަފާތުވެފައި މިކަން ދިމާވުމުގައި ތަފާތު މައްސަލައެއްވެސް ހުރެދާނެއެވެ. އެކި ކަހަލަ ޝޭމްޕޫތައް ބޭނުންކޮށްގެންވެސް މިކަމަށް ހައްލު ނުލިބި އެބަހުއްޓެވެ.
ތިރީގައި މިވަނީ ގޭގައި އަމިއްލައަށް ދެވިދާނެ ފަރުވާތަކެކެވެ.
ހިތިފަތުގައި ފެނުކައްކައިގެން އެފެނުން ބޯ ރަނގަޅަށް ދޮވެލާށެވެ. ހިތިފަތް ކައްކާނީ ފަތުގައި ހުންނަ ކުލަ ނުކުންނަ ވަރަށެވެ. 15 ނުވަތަ 20 މިނިޓަށް ކައްކާށެވެ. ފެނުން ބޯދޮވެލުމަށްފަހު ފަތްތަކުގެ ތެރެއަށް ކާރޑް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު އެބައި ބޮލުގައި އުނގުޅާލާށެވެ. އުނގުޅާލުމަށްފަހު 15 ނުވަތަ 20 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ތާފަނާ ފެނުން ބޯދޮވެލާށެވެ. މިގޮތަށް ހަފްތާއަކު އެއްފަހަރު އަޖުމަ ބަލާލާށެވެ. ނަތީޖާ ފެނިގެންދާނެއެވެ.
ދެވަނަ ފަރުވާއެއްގެ ގޮތުގައި 2 މޭޒުމަތީ ސަމުސަލުގެ ކާށިތެޔޮ ހޫނުކުރުމަށްފަހު އޭގެތެރެއަށް 1 މޭޒުމަތީ ސަމުސަލުގެ ލުނބޯ ފެލާލުމަށްފަހު އަޅާލާށެވެ. މިދެބައި ރަނގަޅަށް އެކުވުމުން ބޮލުގައި ތެޔޮލާ އުސޫލުން ތެޔޮލާށެވެ. މިގޮތަށް ތެޔޮލާއިރު ހަންގަނޑުގެ އެތެރޭގައި ހާކާށެވެ. ރޭގަނޑު ނިދާއިރު ހާކާލުމަށްފަހު ހެނދުނު ތެދުވެ ބޯދޮވެލާށެވެ. ނުވަތަ ބޯދޮވުމުގެ 2 ގަޑިއިރު ކުރިން އުނގުޅާލުމަށްފަހު ދޮވެލާށެވެ. މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ. މިގޮތަށް ގަވާއިދުން ހަފްތާއަކު 2 ފަހަރު މި ފަރުވާ ދިނުމުން ވަރަށް އަވަހަށް ތަފާތު ފެނިގެންދާނެއެވެ.
ތިންވަނަ ފަރުވާއެއްގެ ގޮތުގައި 1 ޖޯޑު އެލޯވެރާ ޖެލްގެ ތެރެއަށް 2 މޭޒުމަތީ ސަމުސަލުގެ 'ކާސްޓްރޯ އޮއިލް' އެޅުމަށްފަހު ބޮލުގައި ހާކާލާށެވެ. މިގޮތަށް ހާކާލުމަށްފަހު ރޭގަނޑު ބޯނުދޮވެ ހުރެ ހެނދުނު ހޭލުމަށްފަހު ބޯދޮވެލާށެވެ. ނުވަތަ 2 ގަޑިއިރު ބެހެއްޓުމަށްފަހު ބޯދޮވެލާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެނިގެންދާނެއެވެ.
މައުލޫމާތު: ޑޮކްޓަރ ހަންސާޖީ
ކިޔުންތެރިންގެ ހިޔާލު
ހިތި ފަތުގެ ތެރެއަށް ކަރޑް އަޅާނީ ފަތް މުގުރާފައިތޯ؟
ކޮމެންޓްސް ބަންދުކުރެވިފައި