November 23, 2024 16:38
Advertisement

-Advertisement-

ޒުވާނުންނަށް ވަޒީފާ ދޭންޖެހޭ މުހިންމު ސަބަބުތައް

ވަޒީފާ ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކިޔަވައިގެން އައިސް މަތީ ތައުލީމާއި ފާސްތައް ހުރެ ވަޒީފާއެއް ލިބުމުގެ އިންތިޒާރުގައި ތިބެނީ ކިތައް މީހުންތޯއެވެ. ވަޒީފާތައް މަދުވަނީތޯ ނުވަތަ އާބާދީ ގިނަވަނީތޯ މިއީ އުފެދޭ ސުވާލެކެވެ. ވަޒީފާ ނެތި ހުހަށް ތިބެންޖެހުމުން ދެން ދިމާވާ ކަންކަމުގެ ސަބަބުން މުޖުތަމައުއަށް ގެއްލުން ލިބިގެންދެއެވެ.

ތަފާތު ބޭނުންޖެހޭ މިންވަރު އިތުރުވެ ފައިސާ ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން މުޖުތަމައުގައި ކުރާނެކަމެއް ނެތިފައި ތިބޭ ޒުވާނުންގެ އަޚްލާގީ ފެންވަރު ދަށްވުމަކީވެސް ދިމާވާ ކަމެކެވެ. މާގިނައިން ހުސްވަގުތު ލިބެންފަށައިފިނަމަ ބޭކާރު ކަންތައް ކުރެއެވެ. ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުމާއި ބޭކާރު ޚަރަދުކުރަން ކޮންމެވެސް ގޮތަކަށް ލާރި ހޯދައެވެ. 

ޒުވާނުން މުޖުތަމައުގައި ބޭކާރުވެފައި ތިބުމުގެ ބަދަލުގައި އެމީހުން ކުރިއެރުވުމަށް މަގުތަކެއް ހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. ޒުވާނުންގެ މުސްތަގުބަލު އުޖާލާކޮށްދީ އެމީހުންގެ އަތުގައި ހުރި ތައުލީމާއި ޒަމާނީ ފަހުގެ ޓެކްނޮލޮޖީގެ ޢިލްމާއި ހުނަރު ބޭނުންކޮށްގެން މުޖުތަމައުގައި އެތައް ކަމެއް ރަނގަޅު ކުރެވިދާނެކަމަށް ފެނެއެވެ. ޒުވާނުންނަށް ޚާއްސަކޮށްގެން ވަޒީފާތައް އުފެއްދުމުން ލިބޭނެ އެތައް ފައިދާތަކެއްވެސް ހުރެއެވެ.

Advertisement

އައު ހިތްވަރަކާއެކު މަސައްކަތުގެ މާހައުލުގައި އުޅެން ބޭނުންވޭ:

އަލަށް މަސައްކަތަށް ނެރޭ ޒުވާނުން ކަންކަން ދަސްކުރަން ބޭނުންވެ ޓެކްނޮލޮޖީގެ ބޭނުން ހިފަން އެނގެއެވެ. އަމިއްލައަށް ކަންކަން ހޯދައި އެކަންކަން ތަޖުރިބާ ކުރުމުގެ ގާބިލުކަން ހުރެއެވެ. ޒަމާނީ ފަހުގެ ޓެކްނޮލޮޖީގެ ސަބަބުން އެނގޭ ކަންކަން ގިނަވެ ސިކުނޑި ތާޒާވެފައި ހޭލުންތެރިކަންވެސް ބޮޑެވެ. ޒުވާނުންގެ "މާކެޓް ނޮލެޖް" އެހެން މީހުންނާއި އަޅާބަލާއިރު ބޮޑެވެ. އަދި ޚާއްސަކޮށް ވަރުބަލިކަމެއްނެތި ގިނަވަގުތު މަސައްކަތުގައި އުޅުމުގެ ހަކަތަވެސް ހުރެއެވެ.

މަތީ ތައުލީމު ހާސިލުކޮށްގެން އަންނައިރު ލިބފައި ހުންނަ އިލްމު:

ކިޔަވައިގެން އަންނަގޮތަށް ވަޒީފާއަށް ވަންނަނަމަ އެމީހުންގެ ސިކުނޑީގައި ކިޔެވިއެއްޗެހި ހަރުލާފައި ހުރުމުގެ ސަބަބުން އޭގެ ބޭނުން ހިފަން ފަސޭހަވެގެންދެއެވެ. މޮޅަށް ކިޔަވައިގެން އަންނަ ޒުވާނުންނާއި ތަޢުލީމެއް ނެތި ތިބޭ މީހުން ފަންނީ ދާއިރާތަކުގައި ތަފާތެވެ. ޓެކްނޮލޮޖީއަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. އަބަދުވެސް ފަހުގެ ޓެކްނޮލޮޖީއަށް ބަރޯސާވެގެން ކަންކަން ނިންމަންޖެހޭއިރު އެ ޓެކްނޮލޮޖީއަށް އަހުލުވެރި މީހުންވެސް ވަޒީފާއަށް މުހިންމެވެ.

މަދު މުސާރައަކަށްވެސް ވަޒީފާ އަށް ވަނުމަށް އެއްބަސްވޭ:

އަލަށް ކިޔަވައިގެން އަންނަ އެއްވެސް ތަޖުރިބާއެއް ނެތް ޒުވާނުން މުސާރަ ކުޑަނަމަވެސް ވަޒީފާއަށް ނުކުންނަން އެއްބަސްވެއެވެ. މަދު މުސާރައެއްދީގެން މަސައްކަތްކުރުވައި އެކުދިންނަށް ކަންކަން ދަސްކޮށްދީ ހިތްވަރުދީގެން ގެންގުޅެން ފަސޭހަވެއެވެ. ވަޒީފާއެއް ނުލިބި ތިބޭ ކޮންމެ ޒުވާނަކީ އެއިރެއްގައި ކޮންމެ ވަޒީފާއެއް ލިބުނު ކަމުގައިވިޔަސް ގަބޫލުކޮށް އެކަމެއްގައި އުޅެން ބޭނުންވާ ބައެކެވެ. އެއީ އެމީހުންގެ އަމިއްލަކަންތައްތަކަށް ފައިސާ ބޭނުންވާ ގޮތަށް ޚަރަދު ކުރެވޭނީ ވަޒީފާ އަދާކޮށްގެން ކަމަށްވާތީއެވެ.  

މައުލޫމާތޫ: ޔުނިސެފް.އޯއާރ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް